ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ނޫސްވެރިޔާ ޖަމާލް ޚަޝޯޤީ މަރާލުމުގެ ކުށް ސާބިތުވި ފަސް މީހުންނަށް މަރުގެ ހުކުމް އިއްވައިފިއެވެ.

ހަޝޯގީ މަރާލުމުގައި ބައިވެރިވި އެންމެނަށް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ. އޭގެ ތެރެއިން ފަސް މީހަކަށް މަރުގެ ހުކުމް ކުރިއިރު، އިތުރު ތިން މީހަކަށް 24 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ.

ނޫސްވެރިޔާ ހަޝޯގީ މާރާލުމުގެ މުގުލުގައި ހުރި މީހެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެއީ ސައުދީގެ ވަލީއުލް އަހުތު މުގުލުގައި ހުރެގެން ކޮށްފައިވާ ކަމެއް ކަމަށްވެސް ބައެއް ފަރާތަތަކުން ދަނީ އަދިވެސް ބުނަމުންނެވެ.

ހަޝޯގީ މަރާލި މަންޒަރު ފެންނަ ވީޑިއޯއެއް އަދި އޭނާގެ އަޑު އަރާފައިވާ އޯޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.

އެންމެ ފުރަތަމަ، ސައުދީ ކޮންސިއުލޭޓު ތެރޭގައި ޚަޝޯގީ މަރާލި ކަމަށް ހަބަރު ފެތުރުމުން ސައުދީން އެކަން ދޮގުކުރި ނަމަވެސް ފަހުން އެގައުމުން ވަނީ ހަޝޯގީ މަރާލީ ވެރިންގެ އަމުރަކާ ނުލައި، އަމިއްލައަށް މަސައްކަތް ކުރި ބަޔަކު ކަމަށްވެސް ބުނެފައެވެ.

މި ކަމާ ގުޅޭ ގޮތުން، އެމެރިކާގެ ސީއައިއޭ އިން ނިންމާފައި ވަނީ ހަޝޯގީ މަރާލުމުގެ އޯޑަރު ދިން ކަމަށް ބެލެވެނީ ވަލީއަހުދު ކަމަށެވެ. ވަލީއަހުދުގެ ނަން ނުސީދާ ގޮތަށް ގެނެވިފައިވީި ނަމަވެސް، މި ކަމުގައި ސައުދީ ސަރުކާރުގެ ބޭފުޅުން ބައިވެރިވެ މަގާމުގެ ނުފޫޒް ބޭނުންކޮށްފައިވާކަމަށް ތުރުކީއިން ވަނީ ތުހުމަތު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަށޯގީ ކަތިލާލާފަ،

    އެންމެ މަތީގަހުރި ވެރިޔާ، 5 މީހުން ލައްވާ ހަށޯގީ ކަތިލާލާފަ، ދެން އެ5 މީހުން ދަންޖެއްސީމަ ހުރިހާކަމެއްނިމުނީބާ؟