އިސްރާއީލަށް އަމާޒުކޮށް ޣައްޒާގެ މުޖާހިދުން އިއްޔެ ދިން ރޮކެޓް ހަމަލާއަކުން ސަލާމަތްވާ އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބިންގަރާހަކަށް ވަދެ ހިމާޔަތް ހޯދައިފިއެވެ. މިކަން އިސްރާއީލްގެ އަސްކަރިއްޔާ އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ޣައްޒާގެ މުޖާހިދުން މިސައިލް ފޮނުވާލީ އިއްޔެ ނަތަންޔާހޫ ބައިވެރިވަމުން ދިޔަ ޖަލްސާއެއް އޮތް ސަރަހައްދަކަށެވެ. ރޮކެޓް އަންނަން ފެށިއިރު ނަތަންޔާހޫ ހުރިކަމަށް ވަނީ ސްޓޭޖްގައި ވާހަކަ ދައްކާށެވެ. ނަމަވެސް އިސްރާއީލްގެ މިސައިލުން ދިފާޢުވާ ނިޒާމުން ވަނީ މިސައިލް އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލާފައެވެ.

ރޮކެޓް އަންނަ ކަމުގެ އިންޒާރު ލިބުމާއި އެކު ނަތަންޔާހޫ ވަނީ ދުވެފައި ސްޓޭޖުން ފައިބައިގެން ގޮސް އެސަރަހައްދުގައި ހުރި ބިންގަރާހަކަށް ވަދެފައި ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

މިސައިލުން ދިފާޢުވާ ނިޒާމުން ރޮކެޓް ވައްޓާލިތާ އިރުކޮޅެއް ފަހުން ނަޔަންޔާހޫ ވަނީ ބިންގަރާހުން ނިކުމެ އަނެއްކާ ވެސް ޖަލްސާގައި ބައިވެރިވެފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ނަތަންޔާހޫ ބައިވެރިވަމުންދިޔަ ޖަލްސާ އޮތް ސަރަހައްދަށް ރޮކެޓް ހަމަލާއެއް ދިނީ ހަމާސް އިންނެވެ. ރައްދުގައި ހަމާސްގެ ބައެއް އަމާޒުތަކަށް އިއްޔެ އިސްރާއީލުން ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ.

ފަހަކަށް އައިސް ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުން އަސްކަރީ ގޮތުން ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާ، ރޮކެޓްތަކުގެ ފެންވަރު ރަނގަޅު ކޮށްފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެއެވެ. މީގެ ކުރިން އިސްރާއީލަށް މުޖާހިދުން ފޮނުވާލާ ރޮކެޓްތަކަށް ވުރެ މިހާރު ފޮނުވާލާ ރޮކެޓްތަކުގެ ބާރު މާގަދަވެފައި އަމާޒަށް ވާސިލްވާ މިންވަރު ވެސް އިތުރެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝޭޚްރުޝްދީ

    މަރު ބަލާ އައިމަ ބިންގަރާހަށް ވަދެވޭނެބާ؟

    44
    2
  2. Anonymous

    أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ۗ وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا هَٰذِهِ مِنْ عِندِ اللَّهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا هَٰذِهِ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ عِندِ اللَّهِ ۖ فَمَالِ هَٰؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا (78) ނިސާ
    އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ. އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، اللَّه ގެ حضرة ން އައިކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުންގެ ފަރާތުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަަމަކީވެސް، اللَّه ގެ حضرة ން އަންނަ ކަމެކެވެ. ފަހެ، މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟ (78 ނިސާ

    39
    2
  3. އަހުމަދު

    ކަލޯ މަރައްފިލަން ކޮންމެތާކައް ފިލަންގޮސް ވަނަސް މަރަކައް ނުފިލޭނެެ ان شاء اللهތިޔަ ނުލަފާ ޖައްބާރު ޔަހޫދީކަލޭގެ މަރު ދިރިތިބީންނައް އިބުރަތަކައް ވާހާލު ތިޔަކަލޭގެ މަރުހިއްޕަވާށި اَمِين يَا رَبَّ الْعَالَمِيْن

    26
    2
  4. ކާޕެޓް ވަގު

    ތިޔަ ނުލަފާ ޖައްބާރު ކަލޭގެ ޢިބުރަތުން ފުރިގެންވާ ވޭން ދެނިވި ގޮތެއްގައި ހިއްޕަވާންދޭވެ... އާމިން

    27
    2
  5. ނިންނި

    މަލަކައުމައުތު ފުރާނަ ހިޕަވަން ފައިބާ ވަޑައިގަތީމަ ވެސް ބިންގަރާހަށް ވަދެފިލާފިނަމަ ގަދަ

    18
    2
  6. ބަގުޑި

    ތިހެންވިއްޔާ ނިކަން ރަނގަޅަށް ތައްޔާރުވެ ތިބޭ.

    12