އުމުރުން 13 އަހަރުގެ ކުއްޖަކު ޑްރޯންއެއް އުފައްދައިފިއެވެ.
އިންޑިއާގެ ލޫދިއާނާ ސްޓޭޓުގެ އަރިޔަމަން ވަރްމާ އުފެއްދި ޑްރީންއަކީ 70 ފޫޓް މަތިން އުދުހުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެކެވެ.
އުމުރުން 13 އަހަރުގެ އަރިޔަމަންގެ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅާ ބެހޭ މައުލޫމާތު މިހާރު ވަނީ ގިނިސް ވޯލްޑް ރިކޯޑަށް ފޮނުވައިފަ އެވެ.
"އަހަރެން ވަރަށް ކުރިންސުރެން އުންމީދު ކުރި ކަމެއް ދުނިޔޭގެ ޑްރޯންއެއް އުފެއްދި އެންމެ ހަގު ކުއްޖާގެ ގޮތުގައި އަރިޔަމަންގެ ނަން ދުނިޔޭގެ ރެކޯޑް ފޮތަށް އެރުން އެއީ،" އޭނާގެ މަންމަ ބުންޏެވެ.
https://m.youtube.com/watch?v=f_PFnBTdfzo
އަރިޔަމަން އަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާކުރަން ބޭނުންވާ ކުއްޖެއް ކަމަށާއި ޑްރޯނެއް އީޖާދުކުރުމާ ހަމައަށް އޭނާގެ ވިސްނުން ފޯރީ އެއްޗެހި ރޫޅައިގެން ހަދުމުގެ ތެރެއިން ކަމަށް އޭނާގެ މަންމަ ބުންޏެވެ.
"އަރިޔަމަންގެ ކަމަކީ އަބަދުވެސް ކޮންމެ ވެސް އިލެކްޓްރިކް އެއްޗެއް ރޫޅާލައިގެން، އާ އެއްޗެއް ހެދޭތޯ މަސައްކަތް ކުރުން،" އޭނާގެ މަންމަ ބުންޏެވެ.
އަރިޔަމަން ވަރްމާ އުފެއްދި އިންޑިއާގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާއިރު މިހާރު އަންނަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދަން މަސައްކަތް ކުރަމުންނެވެ.
ތި ޑޮރޯން ބޭނުން ކޮއްގެން ހޯދާނީ ރޭޕު ކުރާނެ މުސްކުޅި އަންހެނުން ނާއި ބާލީޢް ނުވާ ކުޑަކުދިންނާއި މާބަނޑު އަންހެނުން ތޯއްޗެ!؟
ރޭޕް އިންޑިއާ.
.ހެޔޮނުވާނެ ދަރިޔާ އިންޑިޔާގަ ރޭޕްކުރުން ހުއްޓުވޭނެ އެއްޗެއް އުފައްދަދީބަލަ.?