ފިލިޕީންސްގެ ލަގްޒަރީ ރިސޯޓެއްގައި ކުލަގަދަ ގޮތެއްގައި ކްރިސްމަސް ފާހަގަކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް އެރި ނަގޫރޯޅިއެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މެދުތެރޭ ފިލިޕީންސްގެ ރަށެއްގައި ހިންގަމުން ދިޔަ ރިސޯޓެއް ކަމަށްވާ ބޮރަކޭ އައިލޭންޑުގައި ގިނަ ބަޔަކު މަސްތުވެ، ކްރިސްމަސް ފާހަގަކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ފިލިޕީންސްގެ އިދާރާތަކުން ބުނެފައިވާ ގޮތުގައި މި ނަގޫރޯޅީގައި ގަޑިއަކު 200 ކިލޯމީޓަރަށް ވަނީ ވައިގަދަވެފައެވެ. މިކަމުގެ ސަބަބުން އެ ރިސޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، "ސުންނާފަތި" ވެފައެވެ.

މި ހާދިސާ ހިނގި ސަރަޙައްދާއި ކައިރީގެ ބައެއް ޖަޒީރާ ރަށްތަކަށްވެސް ހާދިސާ ހިނގި ވަގުތު އާދަޔާއި ޚިލާފަށް ވައިގަދަވެ ހިނގި ހާދިސާތަކުގައި ގެތައް ބިމާއި ހަމަވެފައިވާއިރު، 16 މީހަކު މަރުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އަދި މި ޢަދަދު އިތުރުވެދާނެ ކަމަށްވެސް ވަނީ ބެލެވިފައެވެ.

ބޮރަކޭ އައިލޭންޑަކީ ޔޫރަޕްގެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ރިސޯޓެކެވެ. ރޭގެ ވަގުތެއްގައި މި ރިސޯޓަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބޭރުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ހާލުގައި ޖެހިފައިވާ ކަމަށް ވެއެވެ. ނަމަވެސް އެމީހުން ނިސްބަތްވާ ޤައުމުތަކެއް އަދި އިދާރާތަކުން ހާމައެއް ނުކުރެއެވެ.

މި ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ކަމާއި ބެހޭ އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ގުރޭ

  ސުބްހާނަﷲ ... ހުރި ބިރުވެރި ކަމެއްގެ ބޮޑު ކަމާއެ... އަޅަމެން ރައް ކާތެރި ކުރައްވާށި... ބަޔަަ ކު ކުރާ ނަބައި އަމަލެއްގެ ސަޒާ އެންމެނައް ނުދައް ކަވާށި

  34
  4
 2. މިތުރު

  ކިޔާނެ އެއްޗެއް ނޭގިގެން ބޯ ވީދަމުން ދަނިކޮށް، ކަމަކާދިމާވީމަ އަވަހަށް ފޮނި ކާފޫރުތޮޅި ލައި މީރުކޮށް އެވާހަކަ ކޮވަން ފެށީ ދޯ؟ މީގަ 14 ވަރަކަށް އަހަރު ކުރީން ރާއްޖެއަށް އެރި ސުނާމީ އެރީވެސް ކްރިސްމަސް ދުވަހުގެ ފަހުދުވަހު. ވީމަ ހަމަ ތިޔަކަހަލަ އެއްޗެތި ލިޔެ އޯގާވަންތަ ﷲ ގެ ފުރިހަމަ ކަމަށް އުނި އިތުރު އަންނަކަހަލަ ވާހަކަ ނުލިޔަވެންޏާ ތިކަން ހުއްޓާލާފަ އެނގޭކަހަލަ ކަމެއް ކުރަން އުޅެންވީނުން.

  3
  1