ބައިނަލް އަޤުވާމީ ކްރިމިނަލް ކޯޓް (އައިސީސީ) ގެ ކުރިމައްޗަށް، ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީން ގަދަކަމުންވެސް ކުޑަކަކޫ ޖައްސުވަން ޖެހޭނެ ކަމަށާއި އެވަގުތު ޖެހިއްޖެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު، މަހާތީރު ބިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަހާތީރު މިގޮތަށް ވިދާޅުވެފައި ވަނީ، ފަލަސްތީނުގައި އިސްރާއިލް އިން ހިންގަމުންދާ ޖަރީމާތައް ބަލަން އައިސީސީ އިން ނިންމުމާއި ގުޅިގެން އެކަމަށް މަރުޙަބާ ދަންނަވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިހާތަނަށްވެސް ބައިނަލްއަޤުވާމީ ބޮޑެތި ޖަމިއްޔާތަކާއި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ގޮވާލުންތަކަށް ބީރު ކަންފަތެއްދީ، އެމެރިކާގެ މަދަދާއި އެކު ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައްވަމުން މަހާތީރު ވިދާޅުވެފައި ވަނީ އިސްރާއިލް އަށް ހައްޤު އަދަބު ލިބެން ޖެހޭ ކަމަށެވެ.

މަހާތީރު ވިދާޅުވީ، ހައްޤަކާއި ނުލާ ފަލަސްތީނުގެ ކުށެއްނެތް އެތައް މުސްލިމުންނެއް ޝަހީދުކޮށް، ފަލަސްތީނު ރައްޔިތުންގެ ބިން ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންދާ ދިއުމަކީ އިސްރާއިލްގެ ޖަރީމާތައް މުޅި ދުނިޔެއަށް ހާމަވާ ކަންކަން ކަމަށެވެ. ނަމަވެސް ދުނިޔެއަށް އިސްރާއިލް މައިތިރި ކުރެވޭނެ ގޮތެއް ނެތި ނިންމާލައިގެން ނުވާނެ ކަމަށް މަހާތީރު ވަނީ ވިދާޅުވެފައެވެ.

މަހާތީރު ވިދާޅުވިގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ އެހީތެރިކަމާއި އެނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތި މެލޭޝިއާއިން ފަލަސްތީނަށް ގެންދިއުމަށް ފޮނުވާލި ބޯޓު އިސްރާއިލް ސިފައިން ހުއްޓުވާފައިވާ ކަމަށެވެ. އެ ބޯޓު ހުއްޓުވައި އިސްރާއިލް ސިފައިންގެ ބެލުމުގެ ދަށުން، އިސްރާއިލްގެ ބަނދަރަކަށް ކައިރި ކުރުވުމަށްފަހު ބޯޓުން ތަކެތި ބޭލީ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށް ބުނެ ކަމަށް މަހާތީރު ވިދާޅުވިއެވެ. ނަމަވެސް އެތަކެތި ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިންކަމެއް މިއަދާއި ހަމައަށްވެސް ނޭނގޭ ކަމަށް މަހާތީރު ވަނީ ވިދާޅުވެފައެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޖަރީމާތައް ކުރެއްވެރިކޮށް މަހާތީރު އިތުރަށް ވިދާޅުވެފައި ވަނީ އެޤައުމުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ނުފެންނަ ޤައުމެއް ދުނިޔޭގައި ނެތް ކަމަށެވެ. އެހެން ނަމަވެސް ބައެއް ޤައުމުތަކުން އެއީ ނުފެންނަ ކަމަކަށް ހަދައި، ފަލަސްތީނު މުސްލިމުންގެ ވޭނީ ކެކުޅުމަށް ބީރު ކަންފަތެއް ދެމުންދާކަން މަހާތީރު ވަނީ ފާހަގަކުރައްވާފައެވެ.

މަހާތިރަކީ އިސްރާއިލް އިންފަލަސްތީނުގެ މުސްލިމުންނަށް ދެމުންދާ އަނިޔާއާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވާ އެއް މުސްލިމް ލީޑަރެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ބަސް ވިދާޅުވުމުގެ އިތުރުން، އިންޑިއާގެ ސަރުކާރުން އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައްވެސް މަހާތީރު ދާދިފަހުން ވަނީ ކުއްވެރި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާާާޢަލީ

    އަ ސް ލުވެ ސް ހަމަ ތެދެއް ތިބުނީ....

    41
  2. ޢަންސާރު

    ހައްގު އަދަބު ދެއްވާނީ ﷲ ....ﷲ ގެ ނަސްރު ވަނީ ދާދި ގާތުގައި

    29
  3. ހައްގު އިންސާފު؟

    މިއީ ގަޓުހުރި މުސްލިމުންގެ ހައްގުގައި ވާހަކަ ދައްކާ ވެރިއެއް. ވަﷲ އަޢްލަމް

    33
  4. ހައްގުބަސް

    މުސްލި މު ގައު މުތަކުގެ ވެރިންގެތެރޭގައިވެސް ތިބޭނެ ދައްޖާލުން އެދައްޖާލުންނަކަށް ނުފެންނާނެ ﷲހަރާންކުރައްވާފައިވާ އެއްވެސްކަ މެއް މީތިވަރައްސާފު ދެއްތޯ

    20
  5. ށަޒަން

    ޔަހޫދީންނަކީ ދުނިޔެއަށް ޖެހިފައިވާ ބޮޑުވެގެންވާ މުސީބާތެއް ! މިބައިގަނޑުގެ ނުބައިކަމުން އެންމެހާ މުސްލިމުން ސަލާމަތްކުރައްވާފާނދޭ އާމީން....

    32
  6. ޢަބުޅޮ

    ޢުލިގާ މުސްލިމުންގެ ވާަހަކަ ކީއްވެ ޔާމިން ނުދެއްކީ ؟