ސައުދީ އަރަބިއްޔާގައި، 18 އަހަރު ނުފުރޭ ކުދިން ކައިވެނި ކުރުން މަނާކޮށްފިއެވެ.
މިކަން ހާމަކޮށް ސައުދީގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، 18 އަހަރު ނުވަނީސް ސައުދީގައި ކައިވެނި ކުރުން މަނާކޮށްފައި ވަނީ، އެޤައުމުގެ ސުޕްރީމް ޖުޑިޝަލް ކައުންސިލްގެ ޗެއާމަންގެ މަޤާމުގައި ހުންނެވި، ސައުދީގެ މިނިސްޓަރ އޮފް ޖަސްޓިސް، ޑރ. ވަލީދު އަލް ސަލްމާނީ އެޤައުމުގެ ކޯޓުތަކަށް ނެރުނު ސާކިއުލާއެއްގައެވެ.
ޑރ. ވަލީދު ސަލްމާނީ ސައުދީގެ ކޯޓުތަކަށް މި ސާކިއުލާ ނެރެފައި ވަނީ، އެޤައުމުގައި 15 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުން މަނާކޮށް 18 އަހަރު ނުފުރޭ ކުދިން ކައިވެނި ކުރުމުގެ ކަންކަން ހަރުދަނާކޮށް ބަދަލު ގެނެސްފައި ވަނިކޮށެވެ.
ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމުގެ މި ނިންމުމާއެކު މިހާރު އެޤައުމުގައި 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރަން އެދިއްޖެ ހާލަތެއްގައި އެކަން ކޯޓަށް ފޮނުވައިގެން ބަލަން ޖެހޭނެއެވެ.
ސައުދީ އަރަބިއްޔާގައި ޒަމާންވީ ބައެއް ޤާނޫނުތަކަށް ފަހަކަށް އައިސް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ސައުދީގައި އަންހެނުން އުޅަނދު ދުއްވުން މަނާކޮށްފައި ވަނިކޮށް، އަންހެނުންނަށް އެ ފުރުސަތު އަލުން ލިބިދިން ހުއްދަ ފާހަގަކޮށްލެވެއެވެ.
އިނގިރޭސި ވިލާތުން މިކަމަށް ވަރަށް ތައުރީފްކުރާނެ.
އަދި ސީދާ އަޅުގަނޑުވެސް މިކަން ވަރަށްބޮޑަށް ބަލައިގަންނަން.
ނަމަވެސް އިނގިރޭސިވިލާތުގައި 11 އަހަރު ކުޑަކުދިން ބައްޕަ/މައްމައިންނަށް ވިޔަސް އޯކޭ. އެމީހުން އިންނަންޖެހޭނީ 18 އަހަރުވީމާ. އަޅެ އަޖައިބެއްނޫންތަ ؟
ސައުދީގައި ކުރީގައި 9 އަހަރުގެ ކުދީންނާ ކުރި ކާވެނި އޯކޭތަ؟