ފައްޅިއެއްގައި 8 އަހަރުގެ ޢާސިފާ ރޭޕްކޮށް މަރައިލި މައްސަލަ އިންޑިއާ ގުޑުވާލައިފައިވާއިރު އާސިފާ ރޭޕް ކޮށް މަރާލި ޚަބަރު އިންޑިއާގެ މީޑިއާ ތަކުން ސިއްރު ކުރީ ކީއްވެ ހެއްޔެވެ؟

މިކަމުގައި އެތަކެއް ގިނަ ސުވާލުތަކެއް ހުރި އިރު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އާސިފާ ރޭޕް ކޮށް މަރާލި ޚަބަރު އިންޑިއާގެ މީޑިއާ ތަކުން ސިއްރު ކުރީ އެއީ ކަޝްމީރުގެ ހިނގި ކަމަކަށް ވުމާއެކު ކަޝިމީރުގެ ހިނގާ ކަންކަން އިންޑިއާގެ މީޑިއާތަކުން ގެނެސް ދެނީ ވަކި އަތަކަށް ބުރަވެގެން ކަމަށް ވާތީއެވެ. މި މައްސަލަ އެހެން ގައުމުތަކުގެ މީޑިއާތަކުގެ ސަމާލުކަމަށް އައީ މިހާދިސާ އާއި ގުޅިގެން ކަޝްމީރުގެ މުސްލިމުނާއި ހިންދޫއިންގެ ދެމެދުގައި ހަމަ ނުޖެހުން ހިނގަން ފެށި ހިސާބުނެވެ.

އިންޑިއާގައި ރަހުމު ކުޑަ ގޮތަކަށް ތުއްތު އާސިފާ ރޭޕް ކޮށްލާފައި މިވަނީ އިންޑިއާގައި ހިނގަމުންދާ ރޭޕްގެ މައްސަލަތަށް ބަލަމުން ނުދާކަމަށް ބުނެ އެތަށް ބަޔަކު އަޑު އުލަމުން ދިޔަ ދަޑިވަޅެއްގައެވެ.

މި މައްސަލާގައި އިންޑިއާގެ ބޮޑު ވަޒީރުވެސް އެއްޗެށް ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު ޓުވީޓެއްގެ ޒަރީއާއިންނެވެ. ބޮޑުވަޒީ މޯޑީ ވަނީ މި މައްސަލާގައި އާސިފާއަށް އިންސާފު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ސޯޝިއަލް ސައިންޓިސްޓެއް ކަމަށްވާ ސްރީ ވިސްނަވަތަން ވިދާޅުވީ މި މައްސަލަ އިންޑިއާގެ މީޑިއާ އާއި ހަމަޔަށް ނުގެނެސް ލަސްވާން ދިމާވީ އިންޑިއާގައި ރޭޕް ކުރުމުގެ ސަގާފަތް އަށަގަނެ ރޭޕް ކުރުމާއި އަނިޔާކުރުން އެއީ މީހާރު އާންމު ކަމަކަށް ވެ މީޑިއާތަށް އެކަން ކަން ރިޕޯޓު ކުރަން މިހާރު ފޫހިވެ ވަރުބަލި ވެފައިވާތީއެވެ.

އާސިފާ ބާނޯ ގޭންގަކުން ރޭޕްކޮށް، މަރާލުމާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ދިފާއުގައި ބޭއްވި އެއްވުމެއްގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ދެ މިނިސްޓަރަކު ވަނީ ބައިވެރި ވެފައެވެ.

އާސިފާ ބާނޯ ރޭޕް ކޮށް މަރާލުމާއި ގުޅިގެން 8 މީހަކު ހައްޔަރު ކޮއްފައިވާއިރު އެ މީހުން ހައްޔަރު ކުރުމާ ގުޅިގެން ސަރުކާރު ފަޅީގެ ގްރޫޕްތަކުން ހަމަނުޖެހުން ހިންގަން ފެށިއެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އާސިފާގެ މަރުގެ ތުހުމަތުގަ އެވެ. ހައްޔަރު ކުރި އަށް މީހުންގެ ތެރޭގައި ފުލުހުންގެ ހަތަރު މީހުންނާއި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ.

ކަޝްމީރުގެ ސިޓީއަކަށް ނިސްބަތްވާ އާސިފާ ބާނޯ މަރާލާފައި އޮއްވާ ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު 17 ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ނޫސްތަކުގެ ސަމާލުކަމަށް އައިސްފައި ވަނީ މި ހަފުތާގަ އެވެ.

އިންޑިއާގައި ގޭންގް ރޭޕުގެ މައްސަލަތަކަށް ދޭ ސަމާލުކަން ބޮޑުވީ 2012 ވަނަ އަހަރު ދިއްލީގައި، ބަހެއްގެ ތެރޭގައި ދަރިވަރަކު ރޭޕް ކުރުމާ ގުޅިގެންނެވެ. އެ ކުއްޖާ އަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

އިންޑިއާގައި ކުޑަކުދިން ރޭޕްކުރި ނިސްބަތް މިދިޔަ އަހަރު ވަނީ ވަރަށް މައްޗަށް ޖެހިފަ އެވެ. ނޭޝަނަލް ކްރައިމްސް ރެކޯޑް ބިއުރޯ އިން ބުނި ގޮތުގައި 2015 ވަނަ އަހަރު 8800 ކުދިން ރޭޕްކުރި އިރު މިދިޔަ އަހަރު ވަނީ 19920 ކުދިން ރޭޕްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މ

    ޜޭޕިސްތާން..ނޮޓް ހިންދުސްތާން..

  2. ޖިންނި

    އެއީ އިންޑިއާއަކީ އިޒްރޭލް ގެ ބައިވެރިއަކަށް ވާތީ !

  3. ޙުސައިން މ. މުލި

    އެވަރުންވެސް ބަލާނީ އަންނިއަށް ކަމެއް ކުރޭތޯ

  4. ހަސަން

    އިންޑިޔާއެބަޖެހޭ ބައިބައިކޮއްލަން މިމީހުންނަކީ މުސްލިމުންނަ އަނިޔާވެރިބައެއް.