އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ލީޑަރަކު ފުލުހަކަށް ކުޑަކަމުދާ ތަކެތި ބޯންދޭން މަސައްކަތް ކޮށްފިއެވެ. ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީގެ ލީޑަރެއް ކަމަށްވާ އުއްތަރަ ޕްރަދޭޝް ދާއިރާގެ ކިޝާން ލާލް ރަޖްޕޫތު ފުލުހަކަށް ކުޑަކަމުދާ ތަކެތި ބޯންދޭން މަސައްކަތް ކުރީ އޭނާގެ ސަޕޯޓަރުންތަކަކާއި އެކު ގޮސް ފުލުސް މީހާ އަށް ހަމަލާ ދިނުމަށް ފަހު އެވެ.

މޯހިތު ގުޖުރާތު ނަމަކަށް ކިޔާ ފުލުހުންގެ ކޮންސްޓަބަލަކަށް ލާލް އާއި އޭނާގެ ސަޕޯޓަރުން ހަމަލާ ދިނީ ފުލުސް މީހާ ބެލި މައްސަލައެއް ލާލްގެ އާއިލާ މީހަކާއި ދެކޮޅަށް ނިންމުމުންނެވެ.

މައްސަލަ އުފެދުނީ ލާލްގެ އާއިލާ މެންބަރު މީހެއްގެ އަތުން ގަތްކަމަށް ބުނާ ސައިކަލް އަލުން ސައިކަލް ވިއްކި މީހާ އާއި ހަވާލުކޮށް ސައިކަލް ވިއްކި އަގުކަމަށްވާ 50000 ރުޕީސް ހޯދަން މަސައްކަތް ކުރުމުންނެވެ. ސައިކަލް ވިއްކި ކަމުގެ އެއްވެސް ލިޔުމެއް ނެތުމުން އަދި އެއްވެސް ހެއްކެތް ވެސް ނެތުމުން ސައިކަލް ވިއްކި މީހާ އާއި ސައިކަލް ހަވާލުކޮށް ފައިސާ އޭނާ އަތުން ހޯދޭނެ ގޮތެއް ނެތް ކަމަށް ފުލުސް މީހާ ބުނުމުން ލާލް ވަނީ ފުލުސް މީހާ އަށް ހަމަލާ ދީފައެވެ.

ފުލުސް މީހާ ބުނާ ގޮތުގައި ލާލް އާއި އޭނާގެ ސަޕޯޓަރުން ވަނީ އޭނާ އާއި ދިމާއަށް ބަޑި ވެސް ޖަހާފައެވެ. ނަމަވެސް ނަސީބު ރަނގަޅު ކަމުން ހަނިގޮތަކަށް އޭނާ ސަލާމަތްވީއެވެ. ލާލް އާއި އޭނާގެ ސަޕޯޓަރުން ވަނީ ފުލުސް މީހާ އަށް ހަމަލާދީ ފުލުސް މީހާގެ އަތުގައި އޮތް ރަން ކެވެލިގަނޑަކާއި ވޮލެޓް ފުރަތަމަ ފޭރިގެންފައެވެ.

އެމީހުންގެ އަތްދަށުން ފުލުސް މީހާ ފުރަތަމަ ސަލާމަތްވެގެން ގޮސް ކައިރި ސަރަހައްދެއްގައި ހުރި ޕޮލިސް ޕޯސްޓަކަށް ވަނުމުން ވެސް ލާލް އާއި އޭނާގެ ސަޕޯޓަރުން ވަނީ ފަހަތުން ގޮސް ފުލުސް މީހާ އަށް އަނެއްކާވެސް ހަމަލާ ދީފައެވެ. އަދި ލާލް ވަނީ އެތަނުގައި ހުރެ ފުލުސް މީހާ އަށް ކުޑަކަމުދާ ތަކެތި ބޯންދިނުމަށް އޭނާގެ ސަޕޯޓަރުންނަށް އަންގާފައެވެ. ސަޕޯޓަރުން ވަނީ ލާލްގެ އަމުރަށް ފުލުސް މީހާ އަށް ކުޑަކަމުދާ ތަކެތި ބޯންދޭން މަސައްކަތް ވެސް ކޮށްފައެވެ.

މިމައްސަލަ ފުލުސް މީހާ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ފުލުހުން އަޅާފައި ނުވުމުން އޭނާ ވަނީ ކޯޓުގެ ސަމާލުކަމަށް މައްސަލަ ގެނެސްފައެވެ. ކޯޓުން މިހާރު ވަނީ މިމައްސަލަ ތަޙްޤީޤު ކުރަން އަމުރު ކޮށްފައެވެ.

އިންޑިއާގެ ބާރުގަދަ ސިޔާސީ ލީޑަރުން އެމީހުންނަށްވުރެ ދަށްފަންތީގެ މީހުންނަށް ތަފާތު އަނިޔާތައް ދިނުމަކީ އާއްމު ކަމެކެވެ. ނަމަވެސް އެފަދަ މީހުންގެ ނުފޫޒު ގަދަކަމުން މިފަދަ މައްސަލަތަކެއް ގިނަ ފަހަރަށް ނުބެލެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ގެރި ރު

  ތިޔައީ ގޭންގް ވެރިކަން ކުރާ ބައެއްތޯ

  11
 2. އަހުމަދު

  މޯދީއަށް ބޯންދޭންވީނު!

  16
 3. ހހަޖޖ

  މި.މީހުންނރާއްޖެމައްޗަށް ވެރިކުރަން އުޅޭ ބަޔަކުވެސް ފާޅުގަ އެބައުޅޭ

  14
 4. ކުކުޅޭ

  ބީޖޭޕީ އަކީ އިންޑިއާގެ އެންމެ ގޮތްކުޑަ މީހުންގެ ޕާޓީ.

 5. ކަރަންޓޭ

  އެއީ ރާޢްޖޭގެ ނަމަ ލައިކު އެމް ޑީ ޕީ ވާވާ ޑިމޮކުރަސީ އިންސާފު ކެނެރީ ސޮރު...