އިންޑިއާގެ ގުޖުރާތުގައި ކުޑަ އަންހެން ކުއްޖަކު އަށް ދުވަސް ވަންދެން މެދުނުކެނޑި ރޭޕް ކުރުމަށްފަހު މަރާލާފައި އޮއްވާ ފެނިއްޖެއެެވެ.

އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓުގެ ކަތުއާގައި ހިންދޫ ފައްޅިއެއްގެ ތެރޭގައި އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައާއި ގުޅިގެން އެތައް ބަޔަކު ދަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންނެވެ. އަދި އުއްތަރު ޕްރަދޭޝްގެ އުނާއޯގައި 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލަތައް މިހާރު ބަލަމުންދާއިރު އަނެއްކާވެެސް ކުޑަ ކުއްޖަކު ރަހުމުކުޑަކަށް ރޭޕް ކުރުމަށްފަހު މަރާލާފައި އޮއްވާ މިވަނީ ފެނިފައެވެ.

އިންޑިއާގެ ގުޖްރާތުގެ ސޫރަތުގައި 11 އަހަރުގެެ އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ވަނީ ފެނިފައެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނުނުތާ އަށް ދުވަސް ވެފައިވާއިރު އަދި އެ ކުއްޖާގެ މައިންބަފައިން ހޯދިފައި ނުވެއެވެ.

މި މައްސަލައާއި ގުޅިގެން އިންޑިއާގެ ފުލުހުން ބުނީ އަންހެން ކުއްޖާގެ ހަށިގަނޑު ފެނުނު އިރު ހަށިގަނޑެގެ 86 ތަނަކަށް ޒަހަމްތައް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ ގިނައިން ޒަހަމްތައް ދީފައި ވަނީ އަންހެން ކުއްޖާގެ ލަދުވެތި ގުނަވަންތަކަށް ކަމަށެވެ. އޭނާ މަރާާލާފައި ވަނީ ނޭވާ ހާސްކޮށްގެން ކަން ފުލުހުންގެ ތަޙްޤީޤަށް ވަނީ ކަށަވަރު ކުރެވިފައެވެ.

ފުލުހުން ބުނީ އެކުއްޖާ އަށް ދުވަސް ވަންދެން ރޭޕް ކުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި ފަހަރެއްގައި އެއަށް ވުރެ ގިނަ ދުވަހު ވެސް އެކުއްޖާ ރޭޕް ކޮށްފައި ވުން އެކަށީގެންވާ ކަމަށެވެ.

އެ އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ ބޭހެއް ދީގެންތޯ ބެލުމަށް މިހާރު ގުޖްރާތުގެ ފުލުހުން ދަނީ ތަހުލީލު ކުރަމުންނެވެ.

އަންހެން ކުއްޖާ އާއި ނުވަތަ އޭނާގެ އާއިލާ އާއި ބެހޭ މައުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް ވިހިހާސް ރުޕީސް ދިނުމަށް ފުލުހުން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަންޖެ

    ރޭޕް އިންދިޔާ ދެކެ ވަރަށް ފޫހި.

  2. ބިލާލް

    ރޭޕިސްތާން

  3. ކެރީ

    ބާރަތުމާތާކީ ބަލަތުކާރ ކީ ދޭޝް ޝަރަމްކީ ބާތުހޭ މޯދީޖީ

  4. ށެވެ.

    ހިންދޫދީނުގަ ރޭޕް ކުރުން ހުއްދައީ ކަންނޭގެ.

    • ނުބުނި

      ވެދާނެ????

  5. އަބަދު އެއްކަމެއް

    އަބަދު ރޭޕް ކުރުން ނޫން އެހެން ކަމެއް ނެތީތަ އިންޑިއަާ ގައި

    • ސަމްވަން

      އިންޑިޔާ މީހުން ވިހާ ތަނުން ފިރިހެނުންގެ އެތި ބުރިކޮއްލަން ވީ. މުޅި ދުނިޔެ އިންޑިޔާ ބޮއިކޮޓް ކުރަން ވީ. އެހެން ނޫނީ މިކަން ހައްލެއް ނުވާނެ.

  6. ވަރުނަ

    ހިތްދަތިވެގެން ހަދާނެ ގޮތެއް ނޭނގޭ... އަމާންކަން ދެއްވާށި...

  7. އަހުމަދު

    ހެވެއްނު އިންޑިއަން އައިޑޮލްސް ވަރެއް ނެތެއްނު ދިވެހިންނަކަށް.

    • ފޮށޭސްތާނު

      ޓީވީ އިން އަބަދު ފެންނާނީ އައިޑަލް އާ ނަށާތަނާ، އަންނުންނާ ފޮށޭ ތަން، ދެން އެގޮތަށް ޅަ ކުދިން ބޮޑެތިވަނީ، ދެން އަންހެނުންނާ ފޮށިފަ ރޭޕްކޮށް ހެދީމާ ބޮޑު ކަމަކަށް މިވަނީ. އައިޑަލް ލަވަތަކުގަ ވެސް ހުންނާނެ ފޮށެން ހިތްވަރުދީފަ.