އިތުރު ގަލްފް ހަނގުރާމައެއް ކުރެވިގެން ނުވާނެ ކަމަށާއި ދެން އިތުރު ގަލްފް ހަނގުރާމައެއް ދުނިޔެއަށް ތަހައްމަލް ނުކުރެވޭނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓާރެސް ވިދާޅުވެއްޖެއެވެ.
ސެކްރެޓަރީ ޖެނެރަލް ގްޓާރެސް މިހެން ވިދާޅުވީ އީރާން ސިފައިންގެ އިސް ޖެނެރަލެއް ކަމަށްވާ ސުލައިމާން އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަވަނިކޮށް އޭނާ އަށް އަމާޒުކޮށް އެމެރިކާ އިން ޑްރޯން ހަމަލާއެއްގައި އޭނާ އަވަހާރަވުމާއި ގުޅިގެން ގަލްފް ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.
ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާން ވިދާޅުވީ ގަލްފް ސަރަހައްދުގެ ސުލަހަ މަސަލަސްކަމަށް އިސްކަން ދެއްވަން ސެކްރެޓަރީ ޖެނެރަލް އެދިވަޑައިގަންނަވާ ކަމަށެވެ.
"މިވަގުތު ދުނިޔޭގެ ލީޑަރުން އެބޭފުޅުންގެ ބާރު އެންމެ މަތީ މިންވަރަށް ބޭނުން ކުރަންވީ ހާލަތު ކޮންޓްރޯލްކޮށް އިތުރު ހަމަނުޖެހުމަކަށް ޖާގަ ތަނަވަސްވާ ހުރިހާ މަގެއް ބަންދުކުރަން. އިތުރު ގަލްފް ހަނގުރާމައެއް ދުނިޔެއަށް ތަހައްމަލެއް ނުކުރެވޭނެ." ސެކްރެޓަރީ ޖެނެރަލް ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
މަޝްހޫރު ގަލްފް ހަނގުރާމަ އަކީ 1990 ވަނަ އަހަރު އިރާޤުން ކުވައިތައް އެރުމުން ފެށުނު ހަނގުރާމައެވެ. އެ ހަނގުރާމަ ނިމުނީ 1991 ވަނަ އަހަރު އެވެ. އިރާޤު ސިފައިން ކުވައިތުން ފައިބަން އދ.އިން އެންގި އެންގުމަށް އިރާޤުން ތަބާނުވުމުން އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނޭ ގޮތައް ޖުމްލަ 39 ގައުމަކުން އިރާޤާއި ދެކޮޅަށް ހަމަލާދީ އިރާޤު ސިފައިން ކުވައިތުން ބޭލިއެވެ.
އީރާންގެ ޖެނެރަލް އަވަހާރަކޮށްލުމާއި ގުޅިގެން އީރާނުން ވަނީ "ވަރުގަދަ ބަދަލު ހިފުމަކުން އެމެރިކާ ކިބައިން ބަދަލު ހިފާނަން." ކަމަށް ބުނެފައެވެ. އެހެންކަމުން ކޮންމެ ވަގުތަކު ވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދިރާސާ ކުރާ ފަރާތްތަކުން ގެންދަނީ ދެމުންނެވެ.
ތީޓެރެރިސްޓް ހަމަލާއެއްނޫންބާ
ކަލޭމެން ތީ ކާކު، މިހާރު ހޯގޮވަން؟ ފަލަސްތީން ކަތިލި އިރު މި މީހުން ތިބީ ނިދާފައިތަ؟
މީ ކޮން ކަހަލަ އދ.އެއް؟ ގައުމަކައް އަރާ އެހެންގައުމެއްގެ މީހަކު ނިރުބަވެރި ހަމަލާއަކުން ގަތުލްކުރީމަ އެކަން ކުރިގައުމައް ފިޔަވަޅުނާޅާ މިގޮވަނީ އެހެން ގައުމުކަތުން ބަލަންތިބޭށޭ، އެކަމު އެހެން ގައުމަކުންކަމެއް ކޮއްފިއްޔާ އދ އެކަމެއް ހަޖަމެއްނުކުރޭވޭނޭ.
ގޫ ތާރެސް ބުނީ މަ ކޮށްގެން ނުވާނެ....ލޮލް
މި ހުރިހައި ނުބައެއްގެ އަސްލަކީ އދ އިސްރާއީލްގެ ނޭޢްގާނީ އެއްވެސް ޢަމަލަކަށް ފިޔަވަޅު ނޭޅުނު ބައެއް ތީ !
އއއއއއއ އދ. އިސްލާމުންގެ ދުޝްމަން މީ އަހަ އްނަށް އދ ދިގުކޮށް ކިޔޭ ގޮތަކީ އެހެންވީމަ އެމީހުން ކިހިނެ އް އއއ އެމެރިކާ ޔާ އިޒްރާ އީލުގެ ނޭ އްގާނީ އެ އްވެސް ކަމެ އ އް ފެ އްނާނީ
އދ. އިސްލާމުންގެ ދުޝްމަން މީ އަހަ އްނަށް އދ ދިގުކޮށް ކިޔޭ ގޮތަކީ އެހެންވީމަ އެމީހުން ކިހިނެ އް އެމެރިކާ ޔާ އިޒްރާ އީލުގެ ނޭ އްގާނީ އެ އްވެސް ކަމެ އް ފެ އްނާނީ