އިނގިރޭސި ވިލާތުން އެމެރިކާ އާއި އެއްކޮޅަށް އަރަން ޖެހޭ ކަމަށްބުނެ އިނގިރޭސިވިލާތުގެ ކުރީގެ ހޯމް ސެކެޓްރީގެ މަގާމުގައި ހުރި ޖާމީ ހަންޓް ބުނެފިއެވެ.

ޖާމީ ހަންޓު ބުނެފައި ވަނީ އީރާނާއި އެމެރިކާ އިންވެސް އިމުން ބޭރުވެއްޖެ ކަމަށާއި މިއީ ވަރަށް ނާޒުކު ހާލަތެއް ކަމަށެވެ. އަދި މި ދެގައުމުންވެސް އެއް ގައުމުން މިވެނި ކަމެއް ނުކުރާނެ ކަމަށް ބަލައިގެން އެބަ ތިބޭ ކަމަށާއި ނަމަވެސް ދެ ގައުމުންވެސް ހަނގުރާމަ އަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

ޖާމީ އިތުރަށް ބުނެފައި ވަނީ މި ހާލަތަށް ކަންތައް ދިއުމުން އެމެރިކާގެ ވާގިވެރިއެއްގެ ގޮތުގައި އޮތް އިނގިރޭސިވިލާތަށް ކަންކަން ދަތިވެގެން ދާނެ ކަމަށާއި އެމެރިކާ އިން އެ ގައުމުން ބޭރުގައި ހިނގަމުން އަންނަ ކަންކަންވެސް ބަލަމުން އަންނަނަމަ ދުނިޔެ އަމާންވާނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ.

" އަހަރެން ގަބޫލު ކުރާ ގޮތުގަ އެމެރިކާ އިން އެހެން ގައުމުތަކުގެ ކަންކަންވެސް ބަލަމުން އަންނަނަމަ ދުނިޔެ އަމާން ތަނަކަށް ވާނެ. މިހާރު މި އޮތް ހާލަތުގައި އިނގިރޭސިވިލާތަކަށް ނެތް ވަކި ކޮޅަކަށް ބުރަނުވެ ހުރެވޭކަށް. އިނގިރޭސިވިލާތުން ދުނިޔޭގެ އެހެން ގައުމުތައް ކުރިމަތީގައި ބާރުގަދަ ގައުމަކަށް ވާން ބޭނުންނަމަ އެބަޖެހޭ އެމެރިކާ އާއި އެއްކޮޅަށް އަރަން" ޖާމީ ބުނެފައިވެއެވެ.

ޖާމީ މިފަދަ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް އިނގިރޭސިވިލާތުން ވަނީ އެމެރިކާ އިން އީރާނުގެ މޭޖާ ޖެނެރަލް އަވަހާރަކޮށްލުމުން އެކަން ކުށްވެރިކޮށްފައެވެ. އަދި އިނގިރޭސި ވިލާތުގެ އިިދިކޮޅުން ވަނީ ޓްރަމްޕް އެ ހަމަލާ ދޭން އުޅުނުކަން ކުރީބައިގައި އެ ގައުމުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން އަށް އެނގުނުތޯ ސުވާލުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަންނެލިއޮޑި

    އިނގިރޭސިންނަކީ ދުނިޔޭގައި ލެއްވި އެންމެ މަކަރުވެރި ހީލަތްތެރި މީހުން.

    30
    • މޫސާފުޅު

      ވަރަށް ބޮޑު ތެދެއް.

      20
      3
  2. ހަމްޒާ×

    ސައިތާނުން ގުަޅޭނި ސަތާނުންނާކައް އެގޭ މާކުރިންވެސް ނުބައި ނުލަފާ އިބިލޭހުގެ ދަރިންނޭ ތީ