އީރާގުގެ ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ސަރަހައްދު "ގްރީން ޒޯން" އަށް ރޮކެޓު ހަމަލާ އެއް ދީފިއެވެ.

އާރްޓީ ނޫހުން ބުނެފައި ވަނީ ގްރީން ޒޯން އިން ބާރުގަދަ ގޮވުމެއްގެ އަޑު އިވުނު ކަމަށެވެ.

ގްރީން ޒޯން ސަރަހައްދަކީ އެމެރިކާގެ އެމްބަސީވެސް ހުންނަ ސަރަހައްދެވެ.

އީރާނުގެ ޕްރެސް ޓީވީ އިން ބުނެފައި ވަނީ އީރާގުގެ ވެރިރަށް ބަޣުދާގުގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށާއި އަދި ސަބަބު ނޭނގޭ ކަމަށެވެ.

ބަޣުދާދުގެ ގްރީން ޒޯނަކީ ވަރަށް ވަރުގަދައަށް ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން އަންނަ ސަރަހައްދެކެވެ. އިރާޤުގެ ހާލަތު ކިތަންމެ ގޯސްވެގެން ދިޔަ ނަމަވެސް ހަނގުރާމަވެރިންނަށް ވެސް ވަރަށް މަދު ފަހަރެއްގައި ނުނީ ގްރީން ޒޯންގެ އެތެރޭގައި ހަމަލާއެއް ދެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ިޮފަލިނަރަ

  ކޮންތަނެއްގެ ގް ރިން ޒޯނެއް މަލެ ތަ

  3
  16
  • ސުއްބޫހް

   ސާބަހޭ އެއޮތީނު އީރާގު އޭ

   26
   1
 2. އަސްލޭ

  ތިޔަ އިރާގުން ވެސް އެއްޗެކޭ ހަމަ ކިޔަނީ. ވާކަމެއް ހަރާން

 3. ބޮޑުކޮއްކޮ

  ޓްރަމްޕައް އިރާގުގެ ގުރީންޒޯނައް ހަމލަދިންޚަބަރުލިބުނުއިނީ ޔޯގަޓެއްކާން