ބޮޑެތި އަލިފާންގަނޑުތައް ރޯވެ، ކޮންޓްރޯލް ނުކުރެވި އެތައް ގެއްލުމެއް ލިބެމުންދާ އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާ އިން ލަފާކުރުމުން އަލިފާން ނިއްވުމަށް ކުރަމުން ގެންދާ މަސައްކަތައް ކުރިއެރުން ލިބިދާނެ ކަމުގެ އުއްމީދު އާވެއްޖެއެވެ.

މޫސުމާއި ބެހޭ އިދާރާ އިން ލަފާކުރާ ގޮތުގައި ނިއު ސައުތު ވޭލްސް އާއި ކްއީންސްލޭންޑަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.

ވާރޭ ވެހޭ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކުގައި މިހާރު ވެސް 100 އަށް ވުރެ ގިނަ އަލިފާންގަނޑުތައް އެބަހުއްޓެވެ. އެއަލިފާންގަނޑުތައް ނިއްވާލުމުގައި 2000 އަށް ވުރެ ގިނަ އަލިފާން ނިއްވާ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ވިއްސާރަ ވާނެ ކަމުގެ ޚަބަރާއި އެކު އެއްވެސް ހުއްޓުމެއް ނެތި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ މީހުންނަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަޖެހުމެއް މިހާރު ލިބިފައެވެ.

ސެޕްޓެމްބަރ މަހުން ފެށިގެން އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވެ ފެތުރެމުންދާ އަލިފާންގަނޑުތަކުގައި މިހާތަނަށް 400 އަށް ވުރެ ގިނަ ގެ ވަނީ އަނދާ އަޅިއަށް ވެފައެވެ.

އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާ އިން ބުނެފައި މިވަނީ އޮސްޓްރޭލިއާ އަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެގައުމުގެ އެތައް ސަރަހައްދެއް އަނދައި އަޅިއަށްވެ، ވަރަށް ގިނަ ބައެއްގެ ގެދޮރު ގެއްލި، އަދިވެސް އަލިފާންގަނޑުތައް ކޮންޓްރޯލް ނުކުރެވި އަނދަމުން ދާތީ އޮސްޓްރޭލިއާގެ މުސްލިމުންތަކެއް، އެގައުމަށް ވާރޭ ވެހުން އެދި އިސްތިޤާ ނަމާދު ކޮށްފައި ވަނިކޮށެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިއަހަރު އަލިފާން ރޯވެފައި ވަނީ އާދަޔާއި ހިލާފަށް ގަދައަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަޙްމަދު

  މުސްލިމުން ﷲގެ ހަޒްރަތަށް ވާތްގަށް އެދިކުރާ ދުޢާގެ ބާރުގަދަކަން ނިކަން ދެކެބަލަ. މީގެ ސަބަބުން އޮސްޓްރޭލިޔާގެ ޣައިރު މުސްލިމުންގެ ގިނަ ހިތްތަކަށް އިސްލާމް ދީނުގެ ނޫރު ވެއްދެވުމުގެ ތައުފީޤް މިންވަރު ކުރައްވާށި. އާމީން

  183
  5
  • މަހުދީ

   އާމީން ޔާރައްބުލްއާލަމީން

   133
   2
  • ޒައިދު

   ދެތިން މުނާފިގުން އެބައުޅޭ ޑިސްލައިކް ދޭ. ހުރިހާ މުނާފިގުން ނަރަކައިގަ އެންމެ އަޑީގައި ލައްވާނދޭވެ. އެދުވަހު އެމީހުން ތިބޭނެ ހާލު ހިތައް އަރާފަ ﷲއަށް ޙަމްދުކުރަން

   71
   3
   • ގުލްނަވާ

    އެ މުނާފިގުން ފޮނުވަންވީ އޮސްޓްރޭލިއާ ބުޝްފަޔަރ ތެރެއަާް. ދެ ދުނިޔޭގެ އަލިފާނުގަ ކެކެން.

    37
    2
 2. ޢަންސާރު

  ﷲ ޢަކްބަރް

  74
  2
 3. ޢަންސާރު

  ޢަހަރެމެން ﷲ ގެ ދީނަށް ނަސްރު ދޭނަން

  63
  2