އަވަށްޓެރި ސްރީލަންކާގައި މީހުން އަރުވައިގެން ދަތުރުކުރަމުން ގެންދިޔަ ބަހެއް ފުރޮޅާލައި 6 މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އެ ގައުމުގެ ބަދުއްލާގައެވެ. އެ ގައުމުގެ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ފުރޮޅާލާފައި ވަނީ ލަންކާގެ ޓްރާންސްޕޯޓޭޝަން ބޯޑުގެ ބަހެއް ކަމުގައި ވާއިރު މި ހާދިސާގައި އަނިޔާވި މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

-ތަފްސީލް އަންނަނީ-

ކިޔުންތެރިންގެ ހިޔާލު