6.6 މެގްނެޓިއުޑް ބާރިމިނުގައި ޕުއޭޓޯ ރިކޯއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެ ބިންހެލުން އައިސްފައި ވަނީ މިއަދު ހެނދުނުއެވެ.

ޔޫއެސްއޭގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ، އެ ބިންހެލުން އައިސްފައި ވަނީ 5.8 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި ރަށަށް ލޮޅުން އެރިތާ އެއް ދުވަސް ފަހުން ކަމަށެވެ.

އެ ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެއްވެސް ތަނަކަށް ގެއްލުންވިކަމަށްވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ޖިއޮލޮޖިސްޓުން ބުނާގޮތުގައި، އިއްޔެ އައި ބިންހެލުމާއެކު، އިތުރު ބިންހެލުންތަކާއި ލޮޅުންތައް އައުން ވަރަށް ގާތެވެ.

"އެހެންކަމުން ބޮޑެތި ބިންހެލުންތައްވެސް އަތުވެދާނެ. އެ ބިންހެލުންތަކުގައި ލިބޭ ގެއްލުންތައް ބޮޑުވެދާނެ".

އިއްޔެ އެރަށަށް އައި ބިންހެލުމުގައި ބައެއް ގެތަކަށް ގެއްލުން ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު