އީރާނުގެ އެންމެ ބާރުގަދަ އެއް ޖެނެރަލް ކަމުގައިވާ މޭޖާ ޖެނެރަލް ޣައްސާމް ސުލެއިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން މެދުއިރުމަތީގެ މަޝްރަހު މިހާރު މިވަނީ ވަރަށް ބޮޑަސް ގޯސްވެފައެވެ.

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕުގެ ސީދާ އަމުރަށް، ޖެނެރަލް ޣައްސާމް ސުލައިމާނީ އަވަހާރަވެފައި ވަނީ އިރާގަށް ޒިޔާރަތްކުރަމުން ދިޔަ މޮޓޯކޭޑް އަށް އެމެރިކާގެ އަސްކަރިއްޔާގެ ޑްރޯންއެއް މިސައިލް ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ. ސުލައިމާނީ އަވަހާރަވުމާ އެކު އީރާނާއި އެމެރިކާއާ ދެމެދު މައްސަލަ ގޯސްވެ ދެގައުމުގެ ދެމެދުގައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި އީރާނުން ވަނީ ސުލެއިމާނީގެ މަރުގެ ބަދަލު ލެއިން ހިފާނެކަން އެމެރިކާ އަށް އަންގާފައެވެ.

ހަމަލާ އަށްފަހު ސުލެއިމާނީ ދަތުރުކުރައްވަމުން ގެންދެވި ވެހިކަލް ގޮވާފައި

މިވަގުތު އީރާނުން ދަނީ ސުލެއިމާނީގެ ޖަނާޒާގެ ކަންކަން ކުރަމުން ކަމުގައި ވާއިރު، އެ ގައުމުން އެމެރިކާ އަށް ބަދަލު ހިފުމުގެ މަސައްކަތް ރަސްމީކޮށް ފަށާނީ ސުލެއިމާނީ ފަސްދާނުލުމަށް ފަހުގައެވެ. މިއަދަކީ ސުލެއިމާނީ ފަސްދާނުލާން ހަމަޖެހިފައި އޮތް ދުވަސް ނަމަވެސް، ސުލެއިމާނީ އަށް ތައުޒިޔާ ކިޔައި އޭނާގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް އެ ގައުމުގެ މަގުތައް މައްޗައް އެތައް މިލިއަން ބަޔަކު ނިކުތުމުގެ ސަބަބުން ފިތި ބާރުވެ، އީރާނުގެ 40 މީހަކު ވަނީ މަރުވެފައެވެ. އަދި 213 މީހަކު ޒަހަމްވުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރަށް ވަނީ ސުލެއިމާނީގެ ފަސްދާނުލުން ލަސްކުރަން މަޖުބޫރުވެފައެވެ.

މީސް މީޑިއާގައި ސުލެއިމާނީ އަވަހާރަކޮށްލަން ދިން މިސައިލް ހަމަލާގެ ވީޑިއޯތައް މިހާރު އާއްމުވެފައި ވާއިރު އެ ވީޑިއޯ އިން ފެންނަނީ ކުއްލިއަކަށް މިސަައިލް ހަމަލާއެއް ކާރަކަށް އަރާތަނެވެ. މި ހަމަލާގައި ސުލެއިމާނީ އަވަހާރަވެފައި ވާއިރު އޭނާގެ ހަށިގަނޑު ވަނީ އެއްކޮށް ކުދިކުދިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގިޓާ

    ޓެރަރިސްޓުނ އެމެރިކާއިން އަނެއްކާވެސް މެދު އިރުމަތީގައި ޓެރަރިޒަމް 1000% އިތުރުކޮށްފި ޓުރަންޕަކީ ނުފާޤާތިލެއް ﷲ ޓްރަންޕަށް އެކަމުގެ ސަޒާއެއްވާށި

    20
  2. ނަން

    ދެން ކަލޭމެން ބަދަލު ހިފަނީ ކޮން އިރަކުން؟

    3
    8
    • އަލިފު!

      ކީއްވެ ކެތްތެރިކަމެއް ނެތިގެން ތިއުޅީ!