ރަޝިޔާގެ ރައީސް ވްލަޑްމިރް ޕޫޓިން ކުއްލި ދަތުރުފުޅެއްގައި ސީރިޔާ އަށް ވަޑައިގެންފިއެވެ.

ޕޫޓިންގެ މި ދަތުރުގައި ސީރިޔާގެ ރައީސް ބަޝާރުލް އައްސަދު އާއި ދިމިޝްކުގައި ވަނީ ބައްދަލު ކުރައްވާފައެވެ.

ޕޫޓިން އެންމެ ފުރަތަމަ ސީރިޔާ އަށް ޒިޔާރަތް ކުރިތާ 2 އަހަރު ފަހުން އަނެއްކާ ސީރިޔާ އަށް ގޮސްފައި މިވަނީ އީރާނުގެ މޭޖާ ޖެނެރަލް ޣައްސާމް ސުލެއިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

މައުލޫމާތު ލިވޭ ގޮތުގައި ދެ ރައީސުން ވަނީ މެދުއިރުމަތީގެ މަޝްރަހާއި ބެހޭގޮތުން ވަރަށް ފުންކޮށް މަޝްވަރާ ކުރައްވާފައެވެ.

2015ވަނަ އަހަރު ރަޝިޔާ އިން ވަނީ ބަޝާރުލް އައްސަދާއި ދެކޮޅަށް އެގައުމުގައި ބަޣާވާތް ކުރަން މަސައްކަތް ކުރި މީހުންނާއި ދެކޮޅަށް އައްސަދަށް ހިމާޔަތް ދެއްވުމުގެ ގޮތުން އެ ގައުމަށް ރަޝިޔާ ސިފައިންވެސް ފޮނުއްވާފައިކަން ފާހަގަކޮށްލެވެއެވެ.

އީރާނާއި އެމެރިކާ އިން ބޮޑު ހަނގުރާމަ އަކަށް ދިއުމުގެ ފުރުސަތު ބޮޑުވެފައި ވާއިރު، އެފަދަ ހާލަތެއްގައި ސީރިޔާ އާއި ރަޝިޔާގެ އިތުރުން ޗައިނާ އިންވެސް އެމެރިކާ އާއި ދެކޮޅަށް އީރާނާއި އެއްބައިވާނެ ކަމަށް ދުނިޔޭގެ މަޝްރަހު ދިރާސާ ކުރައްވާ މާހިރުން ދެކެއެވެ.

-ތަފްސީލް އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޛަމީލާއަލީ

    މަރުހަބާ އަސަދޫ ޔަހޫދީ އެމެރި ކާނުން ނައް ތަޅާތަޅާ ބަލި ނުކުރެވުނު މިހިރީ ކުޅަދުން ވަންތަކަން

    35
    1
  2. ޙަސަން ޒަރީރު

    ކުރުކޮން ބުނަން އެމެރިކާއާކީ ބޮޑުބަލާއެއް.
    މާތްﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން މިފަހަރު އެމެރިކާ ގެ ބާރުނެތިކޮށް ދުނިޔެއަށް ހަމަނޭވާލެވޭނެ

    28
  3. މޯދިީ

    ވަގުތުޖެހޭއިރު ތިރަޝިޔާވެސް އޮންނާނީ ހަނުން!

    1
    3