16:36

ކަންކަން ބޮއްސުންލައިގެން ދިއުމުގެ ކުރިން އީރާނުން ސުލްހަވުމަށް ޔޫރޮޕިއަން ޔޫނިއަންގެ ކައުންސިލް ރައީސް އީރާނަށް ގޮވާލައިފި. ކައުންސިލް ރައީސް ޗާލްސް މައިކަލް މިވާހަކަތައް ދައްކަވާފައި ވަނީ އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ފޯނުން ގުޅުއްވައިގެން.

23:58

އީރާނާ ދެކޮޅަށް ޓްރަމްޕު ގެންގުޅޭ އެޖެންޑާއާ ގުޅޭ ގޮތުން އެގައުމުގެ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ސެނޭޓް މެމްބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި.

23:57

އެމެރިކާއިން އިތުރު ކުށަކަށް އަރައިފި ނަމަ ރައްދުގައި ދޭ ހަމަލާ އިތުރަށް ވަރުގަދަ ވާނެ ކަމަށް އިރާނުގެ ރައީސް ވިދާޅުވެއްޖެ. އެގައުމުގެ ރައީސް، ހަސަން ރޫހާނީ ވިދާޅުވީ ދެން ދޭނެ ހަމަލާ މާ ވަރުގަދަވާނެ ކަމަށް. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި އެގައުމުގެ ކެބިނެޓު ބައްދަލުވުމުގައި.

23:52

ޓްރަމްޕަށް ހަނގުރާ ކުރުމަށް ނުވަތަ ހަމަލާ ދިނުމަށް އޮންނަ ބާރު ގާނޫނީ ގޮތުން ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެގައުމުގެ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ސެނޭޓަރ، ޓިމް ކައީން ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ފާއިތު 18 މަސް ދުވަހުގެ ތެރޭގައި ޓްރަމްޕުގެ ސަރުކާރުން ހަނގުރާމަ ކުރަން ބޭނުންވާކަން ހާމަވެފައިވާ ކަމަށް. އަދި އެކަން ހުއްޓުވުމަށް ސެނޭޓް މެދުވެރިކޮށް ގާނޫނެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވި.

23:46

މައްސަލަ އިތުރަށް ހޫނު ނުކޮށް، ސުލްހައަށް ވިސްނާ ހުރިހާ ގައުމަކަށްވެސް މަރުހަބާ ކިޔާ ކަމަށް އދ. އިން ބުނެފި.

23:45

އީރާނުން ބޮން އެޅި ސަރަހައްދު -

23:35

ސަރަހައްދީ މިނިވަންކަން ނަގާލަން ބޭނުމެއް ނޫން ކަމަށް އިރާޤްގެ ރައީސް ބަރްހަމް ސާލިހް ވިދާޅުވެއްޖެ.

ބަރްހަމް މިހެން ވިދާޅުވީ، މިއަދު އީރާނުން އިރާޤުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ރޭގެ ވަގުތެއްގައި ހަމަލާދިނުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ. އެބަޔާނުގައި އިތުރަށް ވިދާޅުވީ، ސަރަހައްދީ ހަމަޖެހުމަށް އަބަދުވެސް އިރާޤުން މަސައްކަތް ކުރާ ކަމަށާއި އެހެން ދެ ޤައުމެއްގެ މެދުގައި އުފެދުނު މައްސަލައަކާއި ގުޅިގެން އިރާޤްގެ ހަމަޖެހުން ނަގާލެވޭ ފަދަ އަމަލުތައް ކުރަމުންދާތީ އެކަން ކުށްވެރި ކުރާ ކަމަށް. އަދި އިރާޤަކީ އަބަދުވެސް އަވަށްޓެރި ޤައުމުތަކާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ އަދި ބާއްވާނެ ޤައުމެއް ކަމަށްވެސް ބަރްހަމްގެ ބަޔާނުގައި ވިދާޅުވި.

23:31

23:29

އީރާން ރައްޔިތުންނާ ސުލްހަވާން އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ބުނެފި. ޓްރަމްޕު ވިދާޅުވީ ސުލްހަ ބޭނުންވާ އެންމެންނާ ސުލަހަވާން އެމެރިކާ ތައްޔާރަށް އޮތް ކަމަށް. އަދި އީރާނުން ދިން ހަމަލާތަކަށް ރައްދު ދެއްވާނެ ކަމަަށް ވިދާޅެއް ނުވޭ.

23:21

އަލް އައްސަދު އެއާ ބޭސް އަށް ދިން ހަމަލާއަށްފަހު ނަގާފައިވާ ސެޓެލައިޓު ފޮޓޯ

23:16

ޓްރަމްޕު ވިދާޅުވީ އީރާންގެ ހަމަލާގައި އެގައުމުގެ ސިފައިންނަށް އަނިޔާވެފައި ނުވަނީ އެފަދަ ހަމަލާއަކަށް އެމެރިކާ ސިފައިން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ތިބުމުން ކަމަށް. އަދި ރައްދުގައި ހަމަލާ ދޭ ނަމަ އެމެރިކާގެ މިސައިލްތައް ބޮޑެތިވެފައި، އަމާޒަށް ވާސިލްވުމުގައި ބަރާބަރުވާނެ ކަމަށާއި އެމެރިކާގެ މިސައިލްތަކުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް ވިދާޅުވި. ނަމަވެސް އެމެރިކާގައި ބާރުގަދަ ހަތިޔާރު ހުރީ ގައުމުތަކާ ދެކޮޅަށް ބޭނުން ކުރަން ނޫން ކަމަށް ވިދާޅުވި.

22:03

21:46

ޓްރަމްޕް ބުނަނީ އީރާނުގެ ޖެނެރަލް ޣައްސާމް ސުލެއިމާނީ އަކީ މާ ކުރިންވެސް އަވަހާރަ ކޮށްލަން ޖެހޭ ޓެރަރިސްޓެއް ކަމަށް.

21:45

ޑޮނަލްޓް ޓްރަމްޕް ވެރިކަމުގައި ހުރިހައި ހިނދަކު އީރާނަށް ނިއުކްލިާ ހަތިޔާރު އުފެެއްދުމުގެ ފުރުސަތު ނުދޭނެކަމަށް ޓްރަމްޕް ބުނެފި.

 

21:44

ރޭ އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް ގެއްލުމެއް ނުވާކަމަށް ޑޮނަލްޑް ޓްރަމްޕް ބުނެފި.

21:10

އިރުކޮޅެއް ތެރޭގައި ޓްރަމްޕުގެ ވާހަކަ ދައްކަން ފަށާނެ.

20:40

މި ދެ ގައުމުގެ ރައީސުން މިހެން ވިދާޅުވެފައި މިވަނީ ޔޫރޮޕްގެ ގައުމުތަކުން އީރާނުން ދިން ހަމަލާތައް ކުށްވެރިކުރަމުން އަންނަ ދަނޑިވަޅެއްގައި.

20:20

އީރާނުން ދިން ހަމަލާތަކާއި ގުޅިގެން އެމެރިކާ އަސްކަރިއްޔާ އަށް ލުބުނު ގެއްލުންތަކުގެ މައުލޫމާތު ޓްރަމްޕް ދޭނެ ކަމަށް ބެލެވޭ.

20:16

މި ހަމަނުޖެހުންތައް ފެށީ އީރާނުން ނޫން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ. އެބޭފުޅާ އިތުރަށް ވިދާޅުވީ ޔޫރޮޕްގެ ގައުމުތަކުން އީރާނުން ދިން ހަމަލާތައް ކުށްވެރިކުރަމުން ގެންދާއިރު، މި ހަމަލާތަކަކީ އެމެރިކާގެ "ޖޯކަރު" (ޓްރަމްޕް) ގެ ސަބަބުން ވަމުން އަންނަ ކަންތައްތަކެއްކަން އެމެރިކާ އަށް ވިސްނުވައި ދިނުމުގައި ޔޫރޮޕްގެ ގައުމުތަކަށް ބޮޑު ރޯލެއް އަދާ ކުރެވޭނެ ކަމަށް.

19:57

އެހެން ގައުމުތަކުގެ މެދުގައި ހިނގާ ކޯޅުންތަކުގައި އިރާގަށް އޭގެ ގެއްލުން ވާން ނުޖެހޭނެ ކަމަށް އދ. އިން ބުނެފި. އދ. އިން މިހެން ބުނެފައި ވާއިރު އިރާގުގެ މަޖިލީހުގެ ރައީސްވެސް ވަނީ މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައި.

19:53

މިރޭ 21:00ގައި ޓްރަމްޕްގެ ބަސްދީގަތުން ދޭން ހަމަޖެހިއްޖެ.

19:52

އެއްވެސް ބާވަތެއްގެ ހަނގުރާމަ އެއް މެދުއިރުމަތީގައި ހިނގަން ބޭނުން ނުވާކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެއްޖެ. އެބޭފުޅާ އިތުރަށް ވިދާޅުވީ މިފަދަ ހަނގުރާމަތަކުގެ ސަބަބުން އެތައް ގައުމަކަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށް.

19:50

ސްވިޑެން އާއި ފިންލޭންޑުގެ ވެރިންވެސް އީރާނުން ދިން ހަމަލާތައް ކުށްވެރިކޮށްފި. އަދި މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލު ކުރުމަށް ދެ ގައުމުގެ ލީޑަރުން ވަނީ މަޝްވަރާ ކުރައްވާފަ.

19:21

އީރާނުން އެމެރިކާ އަށް ބަދަލު ހިފަން އިރާގުގެ ފަސްގަނޑު ބޭނުން ކުރުމުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެކަން ކުށްވެރިކޮށްފި. ރައީސް ވިދާޅުވެފައި ވަނީ އީރާނުންވެސް އިރާގުގެ އިންތަކަށް ޙުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށާއި، އިރާގަކީ އެހެން ގައުމުތަކުން ހަނގުރާމަ ކުރަން އޮންނަ މައިދާނަކަށް ހެދުމުގެ ފުރުސަތު ނުދޭނޭ ކަމަށެވެ.

19:19

އެމެރިކާ އިން އިސްރާއިލަށް ކަނޑައަޅާފައި ހުންނަ ސަފީރު، އެމެރިކާ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާ ކަމަށް ބުނެ ފޮނިކަނޑަން ފަށައިފި.

19:18

ސުލެއިމާނީ އަކީ އިނގިރޭސިވިލާތުގެ ސިފައިންވެސް މަރާފައިވާ މީހެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ބުނެފި. އީރާނުން ދިން ހަމަލާތަކާއި ގުޅިގެން މިއަދު ވާހަކަ ދައްކަމުން ބޯރިސް ވަނީ ވަރަށް ބޮޑަށް އެމެރިކާ ދިފާއު ކޮށްފަ.

19:17

އީރާނުން އިތުރު ހަމަލާ އެއް ނުދިނުމަށް ޖަރުމަނުންވެސް ގޮވާލައިފި. ޖަރުމަނުގެ ސިފައިންވެސް އިރާގުގެ އަސްކަރީ މަރުކަޒުތަކުގައި އެމެރިކާ ސިފައިންނާއި އެކު ހަރަކާތްތެރި ވާއިރު، މިއަދު އީރާނުން ދިން ހަމަލާތައް ކުށްވެރި ކުރަމުން ޖަރުމަނުން ބުނެފައި ވަނީ އެ ގައުމުގެ ބައެއް ސިފައިން އިރާގުން ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އީރާނުން އިތުރު ހަމަލާތައް ދިނުން ހުއްޓާލަން ޖެހޭ ކަމަށް.

19:14

ސްލޮވޭނިއާ އިން އީރާނުން ދިން ހަމަލާތައް ކުށްވެރިކޮށް، އިރާގުގައި ތިބި އެ ގައުމުގެ ސިފައިން ޖަރުމަނާއި ގުޅިގެން ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި.

19:13

އިސްރާއިލުގެ ހައިފާގައި ދިރިއުޅޭ ފްރާންސްގެ ރައްޔިތުން ސަމާލުވުމަށް އެ ގައުމުން އަންގައިފި. ފްރާންސުން މިފަދަ އެންގުމެއް އަންގާފައި މިވަނީ އީރާނުން އެމެރިކާ އަށް ހަމަލާ ދިނުމުން، އެމެރިކާ އިން ބަދަލު ހަމަލާ އެއް ދީފާނެ ހާލަތެއްގައި އެންމެ ފުރަތަމަވެސް ހަމަލާ ދޭނީ ހައިފާ އަށް ކަމަށް އީރާނުން ބުނެފައި ވަނިކޮށެވެ. ހައިފާ އަކީ ހަގީގަތުގައި ފަލަސްތީނުގެ ބިމެއް ނަމަވެސް ޔަހޫދީން ވަނީ އެ ބިމަށް ވެރިވެގަނެ، އެތަނުގައި ވަޒަންވެރި ވެފަ.

19:11

އީރާނުން އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާ ދިނުމުން ނޭޓޯ އިން އެކަން ކުށްވެރިކޮށް، އިތުރު ހަމަލާތައް ނުދިނުމަށް އީރާނަށް އަންގައިފި.

19:10

އީރާނާއި އެމެރިކާ އާއި ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގެ ކޭމްޕުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ސާމާނު ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެހީ ފޯރު ކޮށްދޭ ފަރާތްތަކުން ބުނަން ފަށައިފި.

17:49

ޓްރަމްޕުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ މެމްބަރުން އަނެއްކާވެސް ވައިޓް ހައުސް އަށް ޖަމާވެއްޖެ. މި ޓީމު ވައިޓް ހައުސް އަށް ޖަމާވެފައި ވާއިރު، މިރޭގެ ވަގުތެއްގައި ޓްރަމްޕް ވަނީ އީރާނުން ދިން ހަމަލާތަކާއި ގުޅިގެން ބަސްދީގަތުމެއް ދޭން ނިންމާފަ.

17:19

ފްރާންސް އިން ވެސް އީރާނަށް ދިން ހަމަލާތައް ކުށްވެރިކޮށްފި. މީގެ ކުރިން އިޓަލީ އާއި އިނގިރޭސިވިލާތުންވެސް ވަނީ ކުށްވެރިކޮށްފައި.

17:10

16:49

16:22

އިރާނުން އެމެރިކާގެ މަރުކަޒުތަކަށް ދިން ހަމަލާތައް އިޓަލީން ކުށްވެރިކޮށްފި. އިރާގުގައި އިޓަލީ 900 ސިފައިން ތިބޭ. މީގެ ކުރިން އިނގިރޭސިވިލާތުން ވެސް ހަމަލާތައް ކުށްވެރިކޮށްފައި.

16:20

ބަސަރާއަކީ ސުންނީ މުސްލިމުން ގިނަ ސަރަހައްދެއް.

16:20

ޔުނިވާސިޓީ ދަރިވަރުން ކުރަމުންދާ މުޒާހަރާ
ޔުނިވާސިޓީ ދަރިވަރުން ކުރަމުންދާ މުޒާހަރާ

16:16

އެމެރިކާ އާއި އީރާނުންވެސް އިރާގަށް ހަމަލާ ދިނުމާއި ދެކޮޅަށް އިރާގުގެ ބަސަރާ ޔުނިވާސިޓީގެ ދަރިވަރުން މުޒާހަރާ ކުރަން ފަށައިފި.

16:03

ފްލައިޓް ވެއްޓޫނު ގޮތާއި ގުޅޭގޮތުން އަދި އެއްޗެއް ބުނަން އަވަސް ކަމަށް ޔޫކްރޭނުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ.

އޭނާ ވިދާޅުވީ، އީރާނާއި ގުޅިގެން ހާދިސާ ތަހުގީގު ކުރަން ހުށަހަޅާފައިވާނެ ކަމަށް.

މީގެ ކުރިން އީރާނުގައި ހުންނަ ޔޫކްރޭން އެމްބަސީން އިން ވިދާޅުވީ، ފްލައިތް ވެއްޓުނީ އިންޖީނަށް ދިމާވި މައްސަލައެއްގައި ކަމަށް. ނަމަވެސް ފަހުން ވަނީ އެ ޕޯސްޓް މީސް މީޑިއާއިން ފޮހެލާފައި.

15:58

ޔޫކްރޭން ފްލައިޓް ވެއްޓުނު ސަރަހައްދު
ޔޫކްރޭން ފްލައިޓް ވެއްޓުނު ސަރަހައްދު
ޔޫކްރޭން ފްލައިޓް ވެއްޓުނު ސަރަހައްދު
ޔޫކްރޭން ފްލައިޓް ވެއްޓުނު ސަރަހައްދު
ޔޫކްރޭން ފްލައިޓް ވެއްޓުނު ސަރަހައްދު

15:49

އީރާނުން ރޭ އިރާގަށް ހަމަލާ ދިނުމުގެ ކުރިން އިރާގުގެ ބަޮޑު ވަޒީރު ގެ ސަމާލުކަމަށް ގެނައު ކަމަށް އެގައުމުން ބުނެފި.

އިރާގުގެ ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވީ، އިރާނުން ހަމަލާތަކެއް ދޭނީ ހަމައެކަނި އެމެރިކާ ސިފައިން ތިބި ތަނަށްކަން އެންގި ކަަމަށް. ނަމަވެސް ހަމަލާ ދޭނެ ވަކި ތަންތަނެއް އީރާނުން ވިދާޅުނުވާ ކަމަށް ބޮޑު ވަޒީރުގެ ތަރުޖަމާނު ވިދާޅުވި.

15:42

15:34

15:26

މޭޖަރ ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލި މައްސަލާގައި ރައްދު ދިނުމުގެ ގޮތުން ހަމަލާތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ބުނެ ރޭ ދަންވަރުގެ ވަގުތެއްގައި ފޯނުކޯލެއް އައި ކަމަށް އިރާގުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ. އީރާނު ސަރުކާރުން އައި އެ ފޯނުކޯލުގައި ހަމަލާތައް އަމާޒު ވާނީ ހަމައެކަނި އެމެރިކާ ސިފައިން ތިބި ސަރަހައްދުތަކަށް ކަން ހާމަވެގެން ދިޔަ ކަމަށްވެސް ބޮޑު ވަޒީރު ވިދާޅުވެފައިވޭ.

15:11

15:03

ސުލައިމާނީ އަވަހާރަކޮށްލުމުން އީރާނުން ދޭނެ ހަމަލާތަކާ އެއްވަރުގެ ހަމަލާތަކެއް އެމެރިކާއަށް ދޭނެ ކަމަށް އިރާގުގައި ހަރަކާތްތެރިވާ އިރާގީ މިލިޓިއާގެ ކޮމާންޑަރު ޤާއިޒް ޚަޒާލީ ވިދާޅުވެއްޖެ. އެ ޖަމާއަތަކީ އީރާނުގެ ސަޕޯޓާއެކު ހިންގަމުން އަންނަ ޖަމާއަތެއް.

ޤާއިޒް ޚަޒާލީ ބުނެފައިވަނީ ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ފުރަތަމަ ރައްދުގެ ހަމަލާ ދީފައިވާ ކަމަށް. އަދި ސުލައިމާނީ އަވަހާރަވި ހަމަލާގައި ޝަހީދުވެ އިރާގުގެ ކޮމާންޑަރު މުހަންދިސްގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ރައްދު ހަމަލާ ދިނުން އޮތީ ކަމަށް. އަދި އީރާނުން ދިން ހަމަލާއަށްވުރެ ވަކި ކުޑަ ހަމަލާއެއް ނުދޭނެ ކަމަށްވެސް ބުނެފައިވޭ.

14:58

އިރާގާއި ކުރުދިސްތާނު ސަރަހައްދުގައި އެމެރިކާ ސިފައިންނާއެކު ކޯލިޝަން ހަދައިގެން އައިއެސްއާ ދެކޮޅަށް ފެށި ހަނގުރާމައަށް ސަރަހައްދުގެ ގައުމުތަކުން އެއްބާރުލުން ދޭން ޖެހޭ ކަމަށް އިރާގާއި ކުރުދިސްތާނުގެ ލީޑަރުން ބުނެފި.

14:53

އުރުދުގައި ދިރިއުޅޭ އެމެރިކާ ސަރުކާރުގެ އޮފިޝަލުން ގެއިން ބޭރަށް ނުކުމެ ނުއުޅުމަށް އެގައުމުގައި ހުންނަ އެމެރިކާ އެމްބަސީން އަންގައިފި. އެ އެމްބަސީން ބުނެފައިވަނީ ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނިދިއުމަށް އިލްތިމާސް ކުރާ ކަމަށް. އަދި ސްކޫލު ކުދިންވެސް ސްކޫލަށް ނުފޮނުވުމަށް ވަނީ އިލްތިމާސްކޮށްފައި

14:50

14:26

އިސްރާއިލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ބުނެފައިވަނީ ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލުމަކީ އެމެރިކާއިން އެޅި މުހިއްމު ފިޔަވަޅެއް ކަމަށް. އަދި އެ އޮޕަރޭޝަން ކާމިޔާބުވިކަމަށްޓަކައި އޭނާ ވަނީ ޓްރަމްޕަށް މަރުހަބާ ކިޔާފަ. އަދި އީރާނުން އިންޒާރު ދެމުންދާ ގޮތަށް، އެގައުމުން އިސްރާއިލަށް ހަމަލާއެއް ދީފި ނަމަ ބަދަލުގައި ހަމަލާ ދޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ.

14:23

އީރާނުގެ ޑިފެންސް މިނިސްޓަރު އާމިރު ހަތާމީ ވިދާޅުވީ އެމެރިކާގެ ވެރިކަމަށް ޓްރަމްޕް އައުމަށްފަހު އެމެރިކާގެ ދައުލަތަކީ ޓެރަރިސްޓު ދައުލަތަކަށް އޭނާ ވަނީ ހަދާފަ ކަމަށް.

14:07

ވެއްޓުނު ފްލައިޓްގައި ތިބި މީހުންގެ ތެރޭގައި އީރާނުގެ 82 މީހުން ކެނެޑާގެ 63 މީހުން އަދި އިނގިރޭސިވިލާތުގެ ތިން މީހުން ހިމެނޭ.

13:53

އިރާނުގެ ދައުލަތުގެ ޓީވީން ބުނީ އީރާނުން ދިން ހަމަލާތަކުގައި އެ ބޭސްތަކުގައި ތިބި އަސްކަރީ ހެލިކަޕްޓަރުތަކާއި ޑްރޯންތަކެއް ހަލާކުވެފައިވާ ކަމަށް. އަދި އެމެރިކާއަށް ނިސްބަތްވާ "ނިރުބަވެރި 80 ސިފައިން" މަރާލެވިފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވޭ. ނަމަވެސް އެކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް ދައްކާފައެއް ނުވޭ.

13:51

ސްޕެއިންގެ ބޮޑު ވަޒީރުވެސް ވިދާޅުވެފައިވަނީ އިރާގުގައި ތިބި ހުރިހާ ސިފައިން އެގައުމުން އެނބުރި ގެނައުމަށް ނުވިސްނާ ކަމަށް. ނަމަވެސް ބައެއް ސިފައިން އެހެން ތަންތަނަށް ފޮނުވުމުގެ މަސައްކަތް އެގައުމުން ވަނީ ފަށާފަ.

13:50

އިރާގުގެ އަސްކަރީ ބޭސްތަކުގައި ތިބި ފްރާންސުގެ ސިފައިން އެނބުރި ގައުމަށް ގެނައުމަށް އެގައުމުން ބޭނުމެއް ނުވޭ. އެގައުމުގެ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ ފޮކްސް ނިއުސްގައި ރިޕޯޓުކޮށްފައިވަނީ އެގައުމުގެ ސިފައިން އެނބުރި ގައުމަށް ގެންނަން ބޭނުން ނުވާ ކަމަށް. ނަމަވެސް އެހެން ގިނަ ގައުމުތަކަކުން ވަނީ އެގައުމުތަކުގެ ސިފައިން އެނބުރި ގައުމަށް ގެންދިއުމުގެ ކަންކަން ފަށާފަ.

13:35

އިރާގުގެ ވެރިރަށް ބަޣުދާދަށް ދަތުރު ކުރުން އެމިރޭޓްސް އެއާލައިނުން ހުއްޓާލައިފި. ފްލައިދުބާއީ އިން ވެސް ވަނީ ބަޣުދާދަށް އުދުހުން ހުއްޓާލާފަ.

13:30

ޔޫރަޕްގެ އިއްިތިހާދުގެ ފޮރިން ޕޮލިސީ ޗީފް ވިދާޅުވީ މިހާރުގެ ހާލަތުގެ ސަބަބުން އައިއެސް އާ ދެކޮޅަށް އެމެރިކާއިން އިސްނަގައިގެން އުފެއްދި ކޯލިޝަނުން ކުރި މަސައްކަތްތައް ހުއްޓުމަކަށް އައިސްދާނެ ކަމަށް.

13:28

އިރާނުން އިރާގަށް ދިން ހަމަލާގެ ބަދަލުގައި ހަތިޔާރު ބޭނުންކުރުން ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށް ޔޫރަޕްގެ އިއްތިހާދުން ބުނެފި. ޔޫރަޕުގެ އިއްތިހާދުގެ ވެރިޔާ، އުރްސޫލާ ވޮންޑަރ ލެޔެން ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު، ބޮރިސް ޖޮންސަން އާ މަޝްވަރާ ކުރައްވާނެ ކަމަށް.

13:22

އީރާނުން އިރާގަށް ދިން ހަމަލާތަކުގައި އެގައުމުގެ ތެޔޮ އުފައްދާ ކާރުޚާނާތަކައް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޯޕެކުން ބުނެފި. އޯޕެކްގެ ސެކެޓްރީ ޖެނެރަލް، މުހައްމަދު ބާކިންޑޯ ވިދާޅުވީ އިރާގުގެ ތެޔޮ އުފައްދާ ތަންތަން ސަލާމަތުން އެބަހުރި ކަމަށާއި އެއި ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް. އަދި އެ ތަންތަނުން ތެޔޮ އުފެއްދުމުގެ ކަންކަން އާދައިގެ މަތިން ކުރަމުންދާ ކަމަށްވެސް ވިދާޅުވި.

13:18

އިރާގުގެ ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދިން ހަމަލާތަކަކީ އެމެރިކާގެ މޫނުމަތީގައި ޖެހި އެތިފަހަރެއް ކަމަށް އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ވިދާޅުވެއްޖެ.

"މިފަދަ އަސްކަރީ ހަމަލާތަކަކީ އެކަށީގެންވާ ހަމަލާތަކެއް ނޫން. މުހިއްމީ މި ސަރަހައްދުގެ ގައުމުތަކުން އެމެރިކާގެ ވަސް ކަނޑުވާލުން. އެމެރިކާގެ ސިފައިން ސަރަހައްދުގައި ތިބުމަކީ ސަރަހައްދު ކޮރަޕްޓުވާ ކަމެއް،" އާޔަތުﷲ ވިދާޅުވެފައިވޭ.

13:13

13:00

12:57

އިސްރާއިލާއި ހުޅަނގުގެ ގައުމުތަކަކީ އީރާނުގެ ދުޝްމަނުން - އާޔަތުﷲ

12:56

"ކަލޭ މެންނަށް ސުލައިމާނީގެ އަތް ކޮނޑު ހުޅުން ބުރިކުރެވިދާނެ. އަހަރުމެން މި ސަރަހައްދުގެ ގައުމުތަކުން ކަލޭމެންގެ ފައިތައް ބުރިކޮށް ބޭރުކޮށްލާނަން،" ސުލައިމާނީ ވިދާޅުވި ކަމަށް އެގައުމުގެ ނޫހެއް ކަމަށްވާ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވޭ

12:54

ގައުމާ މުޚާތަބު ކުރައްވައި އާޔަތުﷲ ވިދާޅުވީ މެދު އިރުމަތީގެ ގައުމުތަކުން އެމެރިކާ ސިފައިން ބާލަން ޖެހޭ ކަމަށް. އަދި އެ ގައުމުތަކުގައި އެމެރިކާ ސިފައިން ތިބުމަކީ ސަރަހައްދު ކޮރަޕްޓު ވެފައިވާ ކަމެއް ކަމަށް ވިދާޅުވި.

12:51

އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ -- ފޮޓޯ: ފޮކްސް ނިއުސް

12:49

އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އެގައުމުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚަމީނީ ރައްޔިތުންނާ މުޚާތަބު ކުރައްވަނީ. އާޔަތުﷲ ގެ ވާހަކަފުޅުގައި ބޮޑަށް ދައްކަވަމުން ގެންދަވަނީ އެމެރިކާގެ ހަމަލާގައި އަވަހާރަވި އެގައުމުގެ ކޮމާންޑަރު، މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ އާ ބެހޭ ގޮތުން. އަދި އޭނާ އަވަހާރަކޮށްލި މައްސަލައާ ގުޅޭ ގޮތުން.

12:43

12:43

އީރާން އަސްކަރިއްޔާ އޮތީ އައިސްދާނެ ހަމަލާއަކަށް ތައްޔާރުވެގެން. އިނގިރޭސިވިލާތުގައި ހުންނަވާ އީރާނުގެ ސަފީރު ވިދާޅުވީ، އެގައުމުގެ ސިފައިން ތިބީ އައިސްދާނެ ހަމަލާއަކަށް ތައްޔާރުވެ، ރައްދު ހަމަލާ ދޭން ތައްޔާރަށް ކަމަށް.

12:20

އިރާގާއި އަދި އީރާން ހިމެނޭ ސަރަހައްދުގައި މަތިންދާބޯޓުތައް ވައިގެ މަގުން ދަތުރު ނުކުރުމަށް އެފްއޭއޭ އިން އެންގުމާއި ގުޅިގެން ބޮޑެތި އެއާލާއިންތަކުން ދަނީ ދަތުރު ކުރާ މަގު ބަދަލުކޮށްގެން ދަތުރު ކުރަމުން.

12:00

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 71.75 ޑޮލަރަށް އަރައިފި. ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް މަތިވެފައިވަނިކޮށް އަނެއްކާވެސް ތެލުގެ އަގު މައްޗަށް ގޮސްފައި މިވަނީ އީރާނުން ރޭ އިރާގަށް ދިން ހަމަލާތަކާ ގުޅިގެން. މިއީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ތެލުގެ އަގު އެންމެ މައްޗަށް ދިޔަ ފަހަރު

11:58

އީރާނުން ދިން ހަމަލާތަކުގެ ރައްދު ނުދީ ލަސްތަކެއް ވެގެން ދަނީ އެމެރިކާގެ ބަލިކަށި ކަމުން ކަމަށް ފޮކްސް ނިއުސް އިން ބުނެފި. އެ ނޫހުން ބުނެފައިވަނީ އެމެރިކާއިން ހަމަލާ ނުދީ މަޑުން އޮތީ ދެގައުމުގެ ދެމެދުގައި އޮތް މައްސަލަ އިތުރަށް ހޫނު ނުކުރުމުގެ ގޮތުން ނޫން ކަމަށް. އަދި ހަމަލާ ނުދީ ލަސްތަކެއް ވަމުންދަނީ އެމެރިކާ "ބަލިކަށި" ކަމުން ކަމަށް ރިޕޯޓުކޮށްފައިވޭ.

11:55

އިރާގުގައި ތިބި ފިލިޕީންސްގެ ރައްޔިތުން ވީހާ އަވަހަކަށް އެގައުމުން ފޭބުކަށް ފިލިޕީންސް ސަރުކާރުން ގޮވާލައިފި. އެގައުމުން އެހެން ބުނެފައިވަނީ އިރާގަށް އެންމެ މަތީގެ ޓްރެވަލް އެލާޓެއް ނެރުމަށްފަހު.

11:53

އީރާނުން އިރާގަށް ދިން ހަމަލާތައް އިނގިރޭސި ވިލާތުން ކުށްވެރިކޮށްފި. އިނގިރޭސި ވިލާތުގެ ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް ވިދާޅުވެފައިވަނީ ކޯލިޝަން ހިމެނޭ ގޮތަށް އެކުލެވިގެންވާ އަސްކަރީ ބޭސްތަކަށް އީރާނުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް. އަދި އެފަދަ ހަމަލާތައް ތަކުރާރު ނުކުރުމަށްވެސް އޭނާ ވަނީ އީރާނަށް ގޮވާލާފަ. އޭނާ ވިދާޅުވެފައިވަނީ އެފަދަ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިއްޖެ ނަމަ، ހަރަކާތްތެރިވާ ނިރުބަވެރި ޖަމާއަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް.

11:51

އިރާގުގެ އަސްކަރީ ބޭސްތަކަށް ދިން ހަމަލާތަކަކީ ފުރަތަމަ ފިޔަވަޅު ކަމަށް އީރާނުން ބުނެފި. އީރާނުގެ ދައުލަތުގެ ޓީވީން ބުނެފައިވަނީ އެ ސަރަހައްދުގެ ގައުމުތަކުގައި ތިބި ސިފައިން އެނބުރި ގައުމަށް ފޮނުވުމާ މެދު ޓްރަމްޕް ވިސްނަން ޖެހޭ ކަމަށާއި އަތު ޖެހޭ ހިސާބުގައި އެމީހުން ބައިތިއްބައިފި ނަމަ ވެގެންދާނެ ގޮތް މިހާރު ތަސައްވުރު ކުރެވޭނެ ކަމަށް ވެސް ބުނެފައިވޭ.

11:47

11:34

އީރާނަށް ރައްދު ހަމަލާ ދޭނެ ގޮތަކާމެދު ޓްރަމްޕް ވިސްނަމުންދާ ކަމަށް ފޮކްސް ނިއުސް އިން ރިިޕޯޓުކޮށްފި. ޓްރަމްޕް އެފަދަ ވިސްނުމެއް ގެންގުޅޭ އިރު އިރާގަށް ދިން ހަމަލާގެ ބަދަލުގައި ރައްދު ހަމަލާއެއް އެމެރިކާއިން ދީފި ނަމަ އެއަށްވުރެ ބޮޑު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އިރާނުން އޮތީ ދީފަ.

11:25

11:02

އިރާގަށް ދިން ހަމަލާަކުގެ ރައްދުގައި އެމެރިކާ އިން ހަމަލާއެއްދީފި ނަމަ އީރާނުން އެއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް ބުނެފި. އެގައުމުގެ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ މިހެން ރިޕޯޓުކޮށްފައިވަނީ އީރާނުގެ ދައުލަތުގެ ޓީވީ އިން

10:57

އިރާގުގައި ހުންނަ އަލް އައްސަދު އެއާ ބޭސް އަށް އީރާނުން ދިން ހަމަލާއަށްފަހު އެ އެއާބޭސްގައި އެމެރިކާ ސިފައިން ޕެޓްރޯލް ކުރަން ފަށައިފި. އެމެރިކާ ސިފައިންނާއެކު އިރާގު ސިފައިންވެސް ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން އެބަދޭ.

އެމެރިކާ ސިފައިން އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދާއިރު އެ ސިފައިންގެ ދިފާއުގައި ހެލިކަޕްޓަރުތަކާއި އެޓޭކް ޑްރޯންތަކެއް މަތީގައި އުދުހެމުން އެބަދޭ.

10:55

އީރާނުން ބުނެފައިވާ ގޮތުގައި އިރާގަށް އެގައުމުން ދީފައިވަނީ ރައްދު ހަމަލާތަކުގެ އެންމެ އާދައިގެ މިންވަރުގެ ހަމަލާއެއް. އެންމެ އާދައިގެ ހަމަލާއަކުންވެސް އެމެރިކާ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށް މީގެ ކުރިންވެސް އެގައުމުން ބުނެފައިވޭ.

10:53

10:43

އިރާގުގައި ތިބި ޕާކިސްތާނު ރައްޔިތުން، އެގައުމުގައި ހުންނަ ޕާކިސްތާނު އެމްބަސީއާ ގާތުން އުޅުމަށް ޕާކިސްތާނު ސަރުކާރުން އިލްތިމާސްކޮށްފި. އަދި އިރާގަށް ދަތުރު ކުރުމަށް ރާވަމުންދާ ޕާކިސްތާނު ރައްޔިތުންވެސް އެގައުމަށް ދާން ވާނީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށާއި ނުގޮސްވާ ނަމަ ނުދިއުމަށް އިލްތިމާސްކޮށްފައިވޭ.

10:40

ވައިގެ ހަމަލާތަކާ ގުޅިގެން ނިއުޒިލޭންޑުންވެސް ކަންބޮޑުވުން ފާޅުކޮށްފި. ނިއުޒިލޭންޑުގެ ފޮރިން މިނިސްޓަރު އަދި ބޮޑުވަޒީރު ކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ވިންސްޓަން ޕީޓާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މައްސަލަ އިތުރަށް ހޫނުވެދިޔަ ނުދީ ބައިނަލްއަގުވާމީ ގުޅުންތައް ގާއިމްކޮށް ދަމަހައްޓަން ގޮވާލާ ކަމަށް. އަދި ދެގައުމުގެ މަސްރަހު ގާތުން ބަލަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވޭ.

10:35

10:33

އީރާނުގެ ހަމަލާއާއެކު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނުކުމެވަޑައިގަންނަވާ ރިޔާސީ ކެންޑިޑޭޓުންވެސް ބަސް ބުނަން ފަށައިފި. ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް މަގާމުން އިސްތިއުފާ ދެއްވި ޓްރަމްޕުގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑެން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ދެ ގައުމުގެ ދެމެދުގައި ކަންކަން ހިނގަމުންދާ ގޮތާ މެދު ވަކި އެއްޗެއް ބުނަން އަދި ބޭނުން ނުވާ ކަމަށް. ނަމަވެސް މިހާރު ކުރެވެން އޮތް ކަމަކީ ސަރަހައްދުގެ ގައުމުތަކުގައި ތިބި އެމެރިކާ ސިފައިންނަށް ދުއާ ކުރުން ކަމަށް.

އެމެރިކާގެ ސައުތް ބެންޑް އިންޑިއާނާގެ ކުރީގެ މޭޔަރުވެސް ޕީޓް ބަޓިޖީޖް ވަނީ އެ ސަރަހައްދުގެ ގައުމުތަކުގައި ގާއިމްކޮށްފައި ތިބި އެމެރިކާ ސިފައިންނަށް ވާނެ ގޮތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ. އެގޮތުން އިރާގުގައި ތިބި ސިފައިން މިހާރު ތިބީ "އަލިފާނުގެ" ތެރޭގައި ކަމަށާއި އޭނާގެ ދުއާތައް ވަނީ އެ ސިފައިންނާއި ސިފައިންގެ އާއިލާތަކާ އެކު ކަމަށް ވިދާޅުވި.

އެގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ދެން ނުކުމެވަޑައިގަންނަވާ އެލިޒަބަތް ވޮރެން ބުުނެފައިވަނީ މިހާރު ހިނގަމުންދާ ކަންކަމުން ނެގޭ މާނަ އަކީ މެދުއިރުމަތީގެ ގައުމުތަކުގައި ހަމަޖެހުމާއި ސުލްހަ ގާއިމް ކުރުމަކީ މުހިއްމު ކަމެއް ކަން. އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެލިޒެބަތް ވިދާޅުވެފައިވޭ.

10:19

ކުރުދިސްތާނުގެ ބޮޑު ވަޒީރު، މަސްރޫރު ބަރްޒާނީ ވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ އަށް ފޯނުން ގުޅުއްވައި އީރާނުގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި. ބަރްޒާނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިިކާއާއި އިރާނާ ދެމެދު މައްސަލަ އިތުރަށް ގޮސްނުކޮށް މައްސަލަ ހައްލު ކުރުމަށް އެ ފޯނުކޯލުގައި މަޝްވަރާ އެރުވި ކަމަށް.

10:12

10:11

10:05

ސިންގަޕޫރް އެއާލައިން އިން އީރާނުގެ ވައިގެ ސަރަހައްދު ބޭނުން ކުރުން ހުއްޓާލައިފި.

10:04

09:42

އޭޝިއާ ބައްރުގެ ގައުމުތަކުން، އީރާނުގައިި ތިބި އެގައުމުގެ ރައްޔިތުން އެނބުރި ގައުމަށް ގެނައުމުގެ މަސައްކަތް ފަށައިފި. ބައެއް ގައުމުތަކުން ދަނީ އީރާނުގައި ތިބި ރައްޔިތުންގެ ރައްކާތެރިކަން ޔަގީން ކުރަމުން. އަދި ބައެއް ގައުމުތަކުން ބުނެފައިވަނީ އެގައުމުގައި ތިބި ރައްޔިތުން ތިބީ ސަލާމަތުން، ރައްކާތެރިކަމާ އެކު ކަމަށް.

09:19

އިރާގުގައި ގާއިމްކޮށްފައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒަށް އިރާނުން ހަމަލާދިނުމުގެ ކުރިން އެ ހަމަލާ އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ބުނެފި. އެމެރިކާ އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހަމަލާ އަންނަ މައުލޫމާތު އޮތީ ލިބިފަ. އަދި ލިބުނު ގެއްލުމުގެ މިންވަރު ކުޑަކުރެވުނީ ވަގުތު އޮއްވައި ބަންކަރު ތަކަށް ވަދެވުމުން ކަމަށް ބުނެފައިވޭ

09:15

އީރާނުން އިރާގަށް ދިން ހަމަލާތަކުގައި އިރާގު ސިފައިންނަށް ގެއްލުމެއް ވެފައި ނުވާކަމަށް އެގައުމުން ބުނެފި. އިރާގުގެ އޮފިޝަލުން ސީއެންއެން އަށް މައުލޫމާތު ދީފައިވާ ގޮތުގައި އާބިލް އަށް ދިން ހަމަލާތަކުގައި އިރާގު ސިފައިންގެ އެއްވެސް ބަޔަކަށް ގެއްލުމެއް ވެފައެއް ނުވޭ.

08:59

ވެއްޓިފައި ވަނީ ޔޫކްރޭނިއަން އެއާލައިންސްގެ ބޮއިންގް 737 މަރުކާގެ ކޮމާޝަލް އެއާކްރާފްޓެއް.

08:42

އެމެރިކާ އިން މިގޮތަށް ކަންތައް ކުރަން ނިންމީ އީރާނުގެ ވައިގެ ސަރަހައްދުގެ ތެރެއިން އެމެރިކާގެ ކޮމާޝަލް އެއާކްރާފްޓަކަށް ހަމަލާ އަމާޒުވެދާނެތީ.

07:52

ޓްރަމްޕް ވަނީ އޭނާ ކުރި ޓްވީޓު އިރުކޮޅެއް ފަހުން ބަދަލު ކޮށްފަ.

07:45

07:45

އީރާނުން މިފަދަ ގޮތަކަށް ކަންތައް ކުރީ އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޖޯކު ޖެހުމަށް.

07:43

އެމެރިކާ އިން ބައިނަލްއަގްވާމީ ގާނޫނުތަކާއި ޙިލާފަށް ސުލެއިމާނީ އަވަހާރަކޮށްލި ނަމަވެސް އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދީފައި ވަނީ އެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަަމަށް އީރާނުން ހާމަކޮށްފި.

07:37

އެމެރިކާ ސިފައިން މެދުއިރުމަތީގެ ގައުމުތަކުން ފޭބުމަށް އީރާނުގެ ފޮރިން މިނިސްޓަރު ގޮވާލައިފި.

07:34

އީރާނުގެ އޮފިޝަލް މިގޮތަށް ކަންތައް ކުރެއްވީ ޓްރަމްޕަށް ޖޯކު ޖެހުމުގެ ގޮތުން.

07:11

ސުލެއިމާނީ އަވަހާރަކޮށްލުމަށް ފަހު ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ދިދަ އެއް ޓްވީޓު ކުރުމުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ފަހު އީރާންގެ އިސް އޮފިޝަލަކު ޓްރަމްޕް ޓްވީޓު ކުރި ފަދައިން އީރާނު ދިދައިގެ ފޮޓޯއެއް ޓްވީޓު ކުރައްވައިފި.

06:57

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުން ދިން ހަމަލާތަކާއި ގުޅިގެން ގައުމާއި މުޙާތަބުކޮށް، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖެއްސި ނަމަވެސް، އެކަން މިހާރު ކެންސަލް ކޮށްފައިވާކަމަށް އެމެރިކާގެ ރިޕޯޓުތައް ބުނެފި.

06:55

އެމެރިކާ އިން ބޭއްވި ކުއްލި ސަލާމަތީ ބައްދަލުވުން ނިންމާލުމަށްފަހު އެ ގައުމުގެ ނައިބު ރައީސާއި އެނޫންވެސް ބައެއް އިސްވެރިން ވައިޓް ހައުސް ދޫކޮށް ހިނގައްޖެ.

06:54

އީރާނުން އެންމެ ފުރަތަމަ މިސައިލް ހަމަލާއެއް ފޮނުވާފައި ވަނީ 1985ވަނަ އަހަރު އިރާގު ހަނގުރާމާގައި. އިރާގަށް އީރާނުން ފޮނުވަނީ މުޅިންވެސް ކުރު ރާސްތާ އަދި މެދު ރާސްތާ މިސައިލްތައް. އީރާނުގެ ދިގު ރާސްތާ މިސައިލްތައް ގްރީސް އާއި ތުރުކީ އާއި ހަމައަށް ފޯރުމުގެ ގާބިލްކަން ހުރި ކަމަށް އީރާން އަސްކަރިއްޔާ އިން މީގެ ކުރިން ނެރިފައިވާ ރިޕޯޓެއްގަ ބުނެފައިވޭ.

06:52

އޮބާމާ ސަރުކާރުގެ އޮފިޝަލް އިތުރަށް ވިދާޅުވީ މިއީ ޓްރަމްޕް ރައްދު ހަމަލާ ދޭންވީ ވަގުތު ނޫން ކަމަށާއި، ޙާއްސަކޮށް އެމެރިކާ އަށް ލިބުނު ގެއްލުންތައް ކުޑަވެއްޖެނަމަ ރައްދު ދިނުމަކީ ކުރަން ފެންނަ ކަމެއް ނޫން ކަމަށް.

06:51

ޓްރަމްޕް ބޭނުންވި ނަމަވެސް، އީރާނާއި ދެކޮޅަށް ހަނގުރާމަ އަށް ދިއުމުގެ ބާރު ޓްރަމްޕަށް ލިބިފައެއް ނުވޭ. އެމެރިކާ އިން ހަނގުރާމަ އަށް ދާނެ ގައުމުތައް ކަނޑައެޅުމުގެ ބާރު އޮންނަނީ ކޮންގްރެސްގެ އަތް މަތީގައި. އަދި ހަނގުރާމަ އިއުލާން ކުރުމާއި އެކު ދެން އަމަލު ކުރާނެ ގޮތްތަކާއި އުކުޅުތައް ކިޔައިދިނުމުގެ ބާރު ޓްރަމްޕަށް ލިބިގެން ވޭ. ނަމަވެސް ސުލެއިމާނީ އަވަހާރަކޮށްލުމާއި ހަމައިން ކޮންގްރެސް އާއި ޓްރަމްޕާއި މެދު ވަނީ ޙިޔާލް ތަފާތުވުންތަކެއް އުފެދިފަ.

06:45

އިސްރާއިލްގެ ހަނގުރާމަ މަތީ ބޯޓުތައް ލުބްނާނުގެ މަތިން އުދުހެމުން ދާކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފި.

06:44

އެމެރިކާ އިން އީރާނަށް ރައްދު ހަމަލާތަކެއް ދީފިނަމަ އިސްރާއިލް އަށް ހަމަލާ ދޭނެކަމުގެ އިންޒާރު ލުބްނާނުގެ ހިޒްބުﷲ އިން ދީފި.

 

06:39

އީރާނުން ދަނީ އެމެރިކާ އިން އެގައުމަށް ދީފާނެ ރައްދު ހަމަލާއެއްގައި އެހެން ގައުމުތަކުން ބައިވެރި ނުވުމަށް ކެނޑިނޭޅި އިންޒާރު ދެމުން.

06:35

ޓްރަމްޕް ދެން ކަންތައް ކުރާ ގޮތަކުން، ކުރިއަށް އޮތް އިންތިޙާބުގައި އެކަމަށް ބޮޑު އަސަރެއް ކުރާނެ ކަމަށާއި އޭނާ ދެވަނަ ދައުރަކަށް އިންތިހާބުވާން ބޭނުންވާނަމަ ވައުދުވި ގޮތަށް އީރާނާއި އެކު ހަނގުރާމަ އަކަށް ގޮސްގެން ނުވާނޭ ކަމަށް އެ ގައުމުގެ ރިޕޯޓުތައް ބުނޭ.

06:34

އެމެރިކާގެ މީޑިއާތައް ބުނަމުން ދަނީ މިއީ ޓްރަމްޕް އަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިޙާނު ކަމަށާއި، އޭނާ ސުލެއިމާނީ އަވަހާރަކޮށްލީ ހަނގުރާމަ އެއް ނިންމަން ކަމަށްް ބުނެ، މި ދަނޑުވަޅުގައި އޭނާ އަމަލު ކުރާގޮތް ބަލަން އެމެރިކާގެ އެތައް ރައްޔިތުންތަކެއް ކެތްމަދުވެފައި ތިބި ކަމަށް.

06:33

ފަލަސްތީނުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ 30 ސިފައިނަކަށް މިހައިތަނަށް އަނިޔާވެފައިވާ ކަމަށް.

06:21

އީރާނުން އެމެރިކާ އަށް ދެމުން ގެންދާ މިސައިލް ހަމަލާތައް

06:20

އެމެރިކާ އިން އީރާން އަށް ދޭ ރައްދު ހަމަލާތަކުގައި ބޭނުން ކޮށްފާނެކަމަށް ބެލެވޭ އަސްކަރީ މަރުކަޒުތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސައުދީ އަރަބިއްޔާ، ކުވެއިތު، ބަހުރެއިންގައި ހުންނަ މަރުކަޒުތައް ހިމެނޭ. އަދި ޖޯޑަންގައިވެސް އެމެރިކާގެ ސިފައިން ގާއިމުވެ ތިބޭ.

06:18

އެމެރިކާ އިން އީރާން އަށް ދީފާނެ ރައްދު ހަމަލާތަކުގައި އެކަމަށް އެހީތެރިވާ ހުރިހާ ގައުމަކަށްވެސް ހަމަލާ ދޭނެ ކަމުގެ އިންޒާރު އަނެއްކާވެސް އީރާނުން ދީފި.

06:14

މިހައިތަނަށް އީރާނުން ހަމަލާދީފައި ވަނީ އެމެރިކާ އިން މެެދުއިރުމަތީގައި ގާއިމް ކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ނަމަވެސް، ސީދާ އެމެރިކާގެ ފަސްގަނޑަށް ހަމަލާތައް އަމާޒު ކުރާނެ ކަމުގެ އިންޒާރު އީރާނުން މިހާރު މިވަނީ ދީފަ.

06:06

އީރާނުން ފޮނުވަމުން ގެންދާ މިސައިލްތައް

06:05

އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން އަނެއްކާވެސް އެމެރިކާ އަށް އިންޒާރު ދީފި. ރެވޮލިއުޝަނަރީ ގާޑުން ބުނެފައި ވަނީ ގެއްލުމާއި ކުރިމަތިލާން ބޭނުން ނޫންނަމަ ވަގުތުން އިރާގުން ފޭބުމަށް އިންޒާރު ދީފަ.

 

06:00

ހަމަލާތައް ފެށުމާއި އެކު އެމެރިކާގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 65 ޑޮލަރަށް އަރައިފި.

05:55

އެމެރިކާ އިން ކުއްލި ބައްދަލުވުމެއް ފަށާފައި ވާއިރު، އެ ގައުމުން ވަނީ ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުނެފަ.

05:50

އީރާނުގެ އޮފިޝަލަކު ސީއެންއެންއަށް ވިދާޅުވީ، އަލް-އަސަދު އަސްކަރީ މަރުކަަޒަށް 13 މިސައިލް އަމާޒުވިކަމަށް.

05:46

05:42

އީރާނުން އެމެރިކާގެ ތަންތަނަށް ހަމަލާތައް ދިންކަން ޕެންޓަގަން އިންވެސް ކަށަވަރުކޮށްދީފި.

05:27

ބަޔާނުގައި ވަނީ އިތުރަށް ގެއްލުން ވާން ބޭނުން ނޫން ނަމަ މެދުއިރުމަތީގެ ގައުމުތަކުގައި ތިބި އެމެރިކާ ހުރިހާ ސިފައިން އަނބުރާ ގެންދިއުމަށް ގޮވާލާފައި.

05:26

އެ ގައުމުގެ ރެވެލިއުޝަނަރީ ގާޑު ދައުލަތުގެ ޓީވީ މެދުވެރިކޮށް ދިން އިންޒާރުގައި ވިދާޅުުވެފައި ވަނީ، އެމެރިކާގެ ރަހުމަތްތެރި ގައުމެއްގައި އަސްކަރީ މަރުކަޒަކަށް އީރާނުން ހަމަލާތަކެއް ދީފިނަމަ އެ ގައުމަކަށް ހަމަދާ ދޭނެ ކަމަށް. އަދި އެ ބަޔާނުގައިި ވަނީ އިސްރާއީލަށްވެސް އިންޒާރު ދީފައި.

05:24

އީރާނުގެ ހަމަލާތަކަށް ރައްދު ނުދިނުމަށް އެގައުމުން އިންޒާރު ދީފި.

05:22

އީރާނުން ވަނީ އެމެރިކާ އަށް މީގެ ކުރިން އިންޒާރު ދީފައިވާ ފަދައިން އެ ގައުމުގެ މަސްލަތަހު އޮންނަ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފަ.

05:13

ސްކައި ނިއުސް: އީރާނުން ރައްދު ހަމަލާތައް ދީފި، މިހާރު ބަލަން މިތިބީ އެމެރިކާއިން ހަދާނެ ގޮތަކަށް.

05:04

އީރާނުން ހަމަލާތައް ފެށީ މިރޭ 1:20 ހާއިރު.

05:03

އޭނާ އަވަހާރަކޮށްލަން ހަމަލާ ދިނީ ހުކުރު ދުވަހުގެ ރޭ 1:20 ހާއިރު.

05:02

އީރާނުގެ ހަމަލާތައް ފެށީ ސުލައިމާނީ އަވަހާރަކޮށްލަން ހަމަލާދިން ގަޑިއާ ދިމާކޮށް.

04:56

ވައިޓްހައުސް އިން ބުނީ، މިހާރު އެކަންތައް ޓްރަމްޕް ގާތުން ބަލަމުންދާ ކަމަށް.

04:55

އެމެރިކާގެ ތަންތަނަށް ހަމަލާތައް ދެމުންދާކަން ޓްރަމްޕްގެ ސަމާލުކަމަށް ގެނެސްފި.

04:53

ހަމަލާތަކާއި ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އަދި ނޭގޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނޭ. އަދި މީހަކަށް އަނިޔާވި ކަމެއް ނޭނގެ.

04:52

04:47

އެމެރިކާގެ އެއްތަނަށްވުރެ ގިނަ ތަންތަނަށް ހަމަލާތައް ދިން ކަން އެގައުމުން ކަށަވަރުކޮށްދީފި. ނަމަވެސް، މި ހަމަލާތަކާއި ގުޅިގެން އެމެރިކާއިން އަދި އިތުރު އެއްޗެއް ނުބުނޭ.

04:45

އީރާނުގެ ގައުމީ ދިދަލުމަށްފަހު މީޑިއާތަކުން ބުނީ "ރަނގަޅު ބަދަލު ހިފުމެއް" ކަމަށް.

04:43

އީރާނުގެ މީޑިއާތަކުން ދަނީ ހަމަލާތައް ދޭން ފެށުމުން އުފާ ފާޅު ކުރަމުން.

04:42

އީރާނުން މިސައިލްތަކެއް ފޮނުވާލަނީ
އީރާނުން މިސައިލްތަކެއް ފޮނުވާލަނީ

04:28

00:43

00:37

އިރާގުން އެމެރިކާ ސިފައިން ބާލަން ނިންމައިފައިވާ ކަމުގެ ހަބަރު ފެތުރިފައި ވީނަމަވެސް، އެމެރިކާ އަސްކަރިއްޔާގެ ބައެއްް އިސް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އެމެރިކާ ސިފައިން އިރާދު ދޫކޮށްނުލާނެ ކަމަށް.

00:32

އަވަހާރަކޮށްލާފައިވާ އީރާންގެ މޭޖަރ ޖެނެރަލް ޣައްސާމް ސުލައިމާނީ ފަސްދާނުލައިފިއެވެ.

ސުލައިމާނީ ފަސްދާނުލުން މީގެ ކުރިން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު އެވެވެ. އެހެން ނަމަވެސް މި ޖަނާޒާއަށް ގިނަ ބަޔަކު އެއްވެ، ތޮއްޖެހި އެކަމުގެ ސަބަބުން އެތައް ބަޔަމު މަރުވުމުން ފަސްދާނުލުން މިރެއަށް ވަނީ ފަސްކޮށްފައެވެ.

ސުލައިމާނީ އަވަހާރަ ކޮށްލުމާއި ގުޅިގެން ދުނިޔޭގެ މަޝްރަހު ހޫނުވެ، މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑުވެދާނެކަމަށްޓަކައި މިހާރު ނޭޓޯ އިން ވަނީ، ބައިނަލްއަޤުވާމީ ބައެއް ޤައުމުތަކުގެ ސިފައިން އިރާގުން ބާލާފައެވެ. ހަމަ އެހެންމެ، ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށްޓަކައި އެމެރިކާގެ އިސް ފަރާތްތަކުންވެސް މި ދަނޑިވަޅުގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސުލައިމާނީ އަވަހާރަކޮށްލުމުން އީރާނުގައި އިއުލާނު ކޮށްފައިވާ ހިތާމައިގެ ތިން ދުވަސް މިއަދާއި ހަމަޔަށް ހަމަވެފައިވުމުން، ކުރިޔަށް އޮތް ދުވަސްތަކުގައި އީރާނުން ބަދަލުހިފުމުގެ ހަމަލާތަކެއް އެމެރިކާއެއް އަމާޒުކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ.

ސުލައިމާން އަވަހާރަކޮށްލުމުން ހިނގަމުންދާ ކަންތައްތަކުގެ އިއްޔެގެ މައުލޫމާތު ތިރީގައިވާ ލިންކުން ލިބޭނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސްނޯ

    އީރާނުން އިޒްރޭލަށް ޙަމަލާދޭނެ؟ ބޮޑު ޖޯކު. ތިތާ ތިބޭ ރޫޙާނީ ލީޑަރުންނަށް ކިޔަވައިދެނީ ކާކު؟

    3
    39
    • ތަކުރުބެ

      ކަ އޭ ކަހަލަ އެމެރިކާ އިން ކިޔަވާގެން އަންނަ ތަންދޮރުނޭގޭ މީހުންނަ އް މިކަން ވާނީ ބޮޑު ޖޯކަކަ އް.

      43
      3
  2. ކަންނެލިއޮޑި

    ވަގުތުގެ މުރާލި ކުދިންކޮޅު ތިޔަ ކުރައްވާ ހިތްވަރަށް ޝުކުރުވެރިވަމު. ސާބިތުވެ ތިއްބަވާ!

    61
    3
  3. މަރީ

    ވަގުތު ނޫސް ވަރެ އްނެ އް. ވަރަ އް އަޕްޑޭޓް.

    28
  4. ޖިންނި

    ވަޤުތު ނޫހަށް ހިތްވަރުގަދަ ދިވެހި ބަހުގެ ސާބަހަކުން ސާބަސް އައްސަރިބަހާއި ސާބަސް

    29
  5. މުހައްމަދު

    އެމެރިކާއަށް ހަމަލާ ދިން ހަބަރު ގެނެސްދޭތީ ވަގުތު ނޫސް ހަރުކަށި ނޫހަކަށް މިސަރުކާރުން ނުހަދާނެބާ

  6. ޢަބްދުﷲ

    އިރާގުގަ ތިބި ޔޫރަޕުގެ އެހެން ޤައުމުތަކުގެ ސިފައިން އެޤައުމުތަކަށް ދިޔައީމަ ވީނު. އެމެރިކާއިން ބޮލުގެ ބޭނުން ކޮށްގެން އެ ތިބެނީ އެމީހުންގެ ހަނގުރާމަ މަރުކަޒުތަކުގައި ބޮޑެތި ގައުމުތަކުގެ ސިފައިންވެސް ބައިތިއްބައިގެން. މި ކަންތައްގަނޑު ރަނގަޅުގޮތަކަށް ނިމޭނެ ކަމުގެ އިންތިޒާރުގައި މި ތިބެނީ..... ވަގުތު އެމް.ވީ ކުދިންގެ ހިތްވަރަށް ސާބަސް. އަދި ހަބަރު ގެނެސްދިނުމުގައި ވީހާވެސް ރަނގަޅު މަސްދަރުތަކުގެ ބޭނުން ހިފާތި.

  7. ކޮބައިތަ

    ކޮބައިތަ އެމެރިކާއިން އެމީހުން ހަދައިގެން އުޅޭ ކަމަށް ބުނާ މޮޅު މިސައިލް ޑިފެންސް ސިސްޓަމް. އެ ސިސްޓަމް ހުޅުވާލަންވެސް ނުކެރުނީތަ. އީރާނުން ފޮނުވި 22 މިސައިލް އަމާޒަށް ވާސިލުވިއިރު އެސިސްޓަމް ހުރީ ކަރަންޓް ނެތިފައިތަ؟ ނޫނީ މިއިން މިސައިލަކަށް އެ ސިސްޓަމުން ފޮނުވި އެއްވެސް އެއްޗެއް ދިމާނުވީތަ؟ އެ ސިސްޓަމުން ވައްޓައިލެވެނީ އިޒްރޭލަށް ފަލަސްތީނު މީހުން ފޮނުވާ ހަވާސް ރޮކެޓް އެކަނިތަ؟

  8. ޢަންސާރު

    ޢިޒްރޭލް އަދި އިންޑިޔާ ސުންނާފަރި ކުރޭ