އަވައްޓެރި އިންޑިއާއަކީ ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު، އަދި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ނިސްބަތުން ބަލާއިރު، ރޭޕް އަދި ޖިންސީ ފުރައްސާރަ އާއި ގޯނާގެ މައްސަލަ މިވަގުތުގައި އެންމެ ގިނައިން ހުށަހެޅޭ ޤައުމުތަކުގެ ތެރޭގައި އިންޑިއާ މުޅި ދުނިޔެއިންވެސް ފާހަނގަކޮށްލެވޭއިރު، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އެޤައުމުގައި ޖިންސީ ޝިކާރައަށް ވެގެންދެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މުޅި ދުނިޔެ ސިއްސުވާލީ އިންޑިއާގެ ކަޝްމީރުގައި އާސިފާ ނަމަކަށްކިޔާ މައުސޫމް އަންހެން ކުއްޖަކު ރޭޕްކޮށްލުމަށްފަހު ރަހުމު ކުޑަ ގޮތަކަށް މަރާލާލައި އޮއްވައި ފެނުނު ޚަބަރުންނެވެ. އުމުރުން އެންމެ އަށް އަހަރުގެ އާސިފާގެ މަރުގެ ހިތާމައިން އަރައި ނުގަނެވި އެތައް ބަޔަކު ތިއްބައި، އަނެއްކާވެސް އެޤައުމުގައި މިވަނީ އެއަށްވުރެ ލާއިންސާނީ ޢަމަލެއް ހިންގާފައެވެ.

އިންޑިއާގެ ސޫރަތް ސިޓީގެ ހައިވޭއެއްގެ ކައިރިއަށް، މަރާލުމަށްފަހު އެއްލާލާފައި އޮތް އުމުރުން 11 އަހަރުގެ ކުއްޖެއްގެ ހަށިގަނޑު މިމަހުގެ ފަސް ވަނަ ދުވަހު ފެނިފައިވާއިރު، އެކުއްޖާ މަރާލާފައި އޮތީ އޭނާއަށް ތަޙަމަލް ނުކުރެވޭވަރުގެ އަނިޔާތަކެއްދިނުމަށް ފަހުއެވެ. ބަލާލި ކޮންމެ މީހަކު ހިތްފަޅައިގެންދާ ވަރަށް އަނިޔާކޮށްފައިވާ ތުއްތު އެ ކުއްޖާގެ ހަށިގަނޑުގައި، އަނިޔާގެ 86 ނިޝާން ފެންނާން ހުއްޓެވެ.

ކުށެއްނެތް މި ކުޑަ އަންހެންކުއްޖާގެ ފުރާނަ ނެތް ހަށިގަނޑު ގަސްތަކެއްގެ ތެރޭގައި ކުނިވެފައި އޮއްވައި ޢާންމު ބަޔަކަށް މިމަހުގެ ފަސް ވަނަ ދުވަހު ފެނުނުމާއި އެކު ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެވުނެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުން، މިހާތަނަށް އޭނާ އާއި ބެހޭ މަޢުލޫމާތެއް އެނގިފައެއް ނުވެއެވެ.

މި ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގިފައިވާގޮތުގައި، އޭނާއަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް ވާންދެން ވަނީ ޖިންސީ އަނިޔާކޮށްފައެވެ. މީގެ އިތުރުން ދަނޑިބުރިއެއް ބޭނުންކޮށްގެންވެސް އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ޕޯސްޓްމޯޓަމް އިން ވަނީ ހާމަވެފައެވެ. އޭނާ ދުނިޔެއަށް ފަހު ނޭވާލީ، ވޭނާއި ކެކުޅުމުގައި ގިސްލަމުންދާތާ އެތައް ދުވަހެއް ވީފަހުންކަން އޮތީ ފެންނާށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އެކަމާއި ގުޅޭގޮތުން ކަމާއިބެހޭ އިދާރާތަކަށް މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ފައިސާގެ ބޮޑު ޢަދަދުތައްވެސް މިހާރު ވަނީ ހުށަހަޅާފައެވެ. އިންސާފުގެ ކުރިމައްޗަށް މި ކުއްޖާގެ ހައްދުފަހަނައަޅާފައިވާ ޤާތިލުން ގެނައުމާއި ހަމައަށް މަސައްކަތް ހުއްޓާނުލާނެކަމުގެ ޔަޤިންކަން އިންޑިއާގެ ފުލުހުން ވަނީ ދީފައެވެ.

ކުޑަކުއްޖަކަށް އަމާޒުކުރި މި ރަހުމުކުޑަ ޙަމަލާ ފެންމަތިވެފައި މިވަނީ އިންޑިއާގައި، ސިލްސިލާ ގޮތެއްގައި ކުޑަކުދިން ރޭޕްކޮށް މަރާލުމުގެ ހާދިސާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ހުށަހެޅިފައިވާ ރިޕޯޓްތަކަށް ބަލާއިރު، އިންޑިއާގައި ކޮންމެ ދުވަހަކު ޖިންސީ ގޯނާގެ 100 މައްސަލަ އެޤައުމުގެ ކަމާއިބެހޭ އިދާރާތަކަށް ދަނީ ހުށަހެޅެމުންނެވެ. ނަމަވެސް މީގެ ތެރެއިން ގިނަ މައްސަލަތަކަށް އިންސާފު ލިބެމުން ނުދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ނަފާ

    މާ ތަފްސީލުކޮށް ގިނަ ގިނައިން މިކަހަލަ ހަބަރުތައް ގެނެސް ދެންޏާ މިއުޅޭ ގުރޫޕު ވެސް މިއީ އާދައިގެ އާންމުކަމެއްކަމަށް ދެކި މިކަން ކުރަބް ފަށައިފާނެ.. އަބަދު އަބަދު މިކަހަލަ އެއްޗެތި މި އަޑު އިވެނީ ވަރަށް ދެރަ..

    40
    4
    • މަރިޔަމް

      ގިނައިން މިކަހަލަވާހަކަ ޖެހުމަކީ އެކަންކަން ވާކަން މީހުންނަށް އެންގުން. އެއްވެސް

      އެއްވެސްހާލެއްގަ އެކަން ކުރަން ސަބަބެއް ނޫން މިއީ

      15
      8
      • ދިވެހިޤައުމު

        މިފަދަ ޚަބަރުތައް ގިނަވާނަމަ، އެއީ ކުށްކުރަން ކުރޭ އިޝްތިހާރެއް. ގަބޫލުކުރައްވާ! ނަފާގެ ޚިޔާލަށް އަޅުގަނޑު ފުރިހަމައަށް ތާއިދުކުރަން. މިއީ މުންކަރާތްތަކަށް ދެވޭ ދަޢުވަތެއް.

        34
        2
  2. މޫސަ

    މި ލިޔުން ކިޔާފަ ދެރަވޭ. އެކަމް ކައިވެނިތެރޭގައިވެސް މިގޮތަށް ގަދަކަމުން ޖިންސީގުޅުން ހިންގަން ފިރިމީހާ ނުވަތަ އަންބިމީހާ އުޅުމުން ރޭޕަށް އެކަން ނުވާނެކަމަށް ބައެއް ދިވެހިން ޤަބޫލުކުރާތީ ދެރަވޭ. އެކަން އެގޮތަށް ދެކޭމީހުން މިލިޔުން ކިޔާފަވެސް ދެރަވާނެ. ކުޑަކުއްޖެއްވިޔަސް ބޮޑުމީހެއްވިޔަސް ކައިވެނިތެރޭގައިވިޔަސް ކައިވެނިން ބޭރުގައިވިޔަސް ގަދަކަމުން ޖިންސީގުޅުން ހިންގުމަކީ ރޭޕްކުރުން.

    21
    • ހުސޭނުބޭ

      އެހެންވިއްޔާ އަނބިމީހާ ރޭޕްނުކޮށް ފުއްދާދޭ މީހަކާ ޒނކުރަން ދާނީ...... ލާދީނީ ބެއްޔާ

      1
      4
      • މޫސަ

        އެހެން މީހަކާ ޒިނޭ ނުކޮށް އަނބިމީހާއާ ވާހަކަދެއްކުމެތް ނެތް؟ ރޭޕް ނުކުރާން އެހެން އަންހެނުން ކާރިޔަށް ދިޔުންތަ ރަނގަޅީ؟

  3. ތަލަބޯ ރަސީދު ބަތްޕެނޭ

    ތިޔައީ ހަމަ ޙަޤީޤަތުގަވެސް ރޭޕިސްތާން!!! ނިޔަނދުރު މުދިމެން ގރ ހަނޑަނީ އޭ ވެރިކަމުގައި ހުރެގެން! ޤައުމު ފުނޑުފުނޑުވެ ނިމޭއިރުވެސް މިކަލޭގެެވެސް އެ ދުވެނަގަނީ އެހެން ޤައުމުތަކުގެ ތެރެއަށް ބޯގަޅާނުލެވިގެން!!! ފައްކާ ގެރިވަޒީރު ތީ!

  4. ޜޭޕުއިންޑިއާ

    ޟިގައޮމުން އިންޑިއާގެ ހުރިހާމީހުންބޭރުކުރަންގޮވާލަން

  5. މުއުމިން

    ޔާﷲ އެ މައުސޫމް ފުރާނަޔައް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވަވާށި އަދި ކުއްވެރިން ނައް ހައްގު އަޒާބު ދެއްވަވާށި އާމީން.

    ކިހާ ދެރަކަމެއްތަމީ ކިހިނެއްތަ ތިމީހުނަށް ހިއްވަރު ލިބެނީ ތި އަނިޔާވެރިކަމުގަ އިންތިހާޔަށް؟

    4
    1
    • ބަލަ ޕޕ

      ރާ ބޮއެގެން. ކޮންމެތަނެއްގެ ވެސް ހަލާކަކީ މަސްތުވާ ތަކެތި.

  6. އަޙްމަދް

    އެމްޑީޕީގެ އަދި ކެނެރީގެ ނަޝީދުގެ ފުރެންޑު އިންޑިޔާ!!!
    މިވަރުގެ ނުލަފާ ބަޔަކާ ކިހިނެއްތޯ އެއްވެސް ކަހަލަ ގުޅުމެއް ބާއްވާނީ؟؟؟؟

    • ޖޯން

      މީގަ އެމްޑީޕީ އާ ނަސީދު އާ އޮތީ ކޮން ގުޅުމެއް.....

      5
      1
  7. ނުރަބޯ

    އިންޑިއާއަކީ އެއްމެ ގިނަ ދީން އޮންނަ ގައުމެވެ. ގެރިބަކަރި، އެތް، ހިކަނދި މީދާ، ރާމާމަކުނުން ފެށިގެން ގޮސް އިންސާނުންވެސް ކަލާނގެ ކަމަށް ހަދައިގެން އަޅުކަން ކޮށް އުޅޭ ނަޖިސް ކާފަރުން ގިނަ ގައުމެކެވެ. އެހެންކަމުން އެގައުމުގައި ނުބައި ނުލަފާ ކަމެއްކުރަން ޖެހިލުންވާ މީހަކު ނުހުންނާނެއެވެ. އަދަބު ނުލިބޭނެކަން އެނގޭތީއެވެ. ފިލްމް އަންދާގާނޫން ބަލާލުމުން އިނޑިއާގެ ޙާލަތު ކޮންމެވެސް ވަރަކަށް ތަޞައްވަރު ވެގެންދާނެއެވެ.....!!!

  8. ރަހޫ

    ޖިންސީ ވާހަކައެއްގެ ޚަބަރެއް ވިއްޔާ ވަގުތު ނޫސް ވަރަށް ފޯރި ހުންނާނެ، މީހުން ކިޔަން ލަދުގަންނަހާ ތަފްސީލުކޮށްވެސް ގެނެސްދޭނެ، މިއީ ދެރަކަމެއް،

  9. އަޒޫ

    އަދިވެސް ދިވެހިރާއްޖެއަށް އެރިނުގަނެވިގެން އުޅޭ!! އަމިއްލަ ޤައުމުގެ ތެރޭގައި ހުއްޓުވަންޖެހިވައިވާ އެންމެ ނުރައްކާތެރި އެއްކަމަކީ މިއީ!!! ދުވަހަކުވެސް ކަލޭމެންނަކަށް މިކަމެއް ނުހުއްޓުވޭނެ!!!! އެވަރުގެ ޤާބިލުކަމެއް ނެތްބައެއްތީ!!!!!އެހެން ޤައުތަކާއި ޖައްސާލައިގެން ހަނގުރާމަ ނުކުރެވިގެން އަބަދުވެސްއުޅޭނީ!!!!!! މޯދީ އެންމެ ފުރަތަމަ ކަލޭގެ ގައުމުގެ ނިކަމެތި ރައްޔިތުންގެ ޚައްޤުތައް ރައްކާތެރިކޮށް ރައްޔިތުންނަށް ހިމާޔަތް ހޯދަދީބަލަ!!!

    2
    1
  10. ސިރިސޭނާ

    ތި ވާހަކަ ލިޔާ މީހާ ބަލިވިޔަސް ކިތަންމެ އަޑަށް ބާރު ލާފަ ބުންޔަސް މި ދުނިޔެ އިންސާފް ވެރި ވާނެ ތޯ؟

  11. އައްޓަމަސް

    އޯކޭދޯ އިންޑިޔާއެއްނު ރީނދޫކުދިން ބުނަނީ އިންޑިޔާއިން ކުރީމަ އޯކޭކަމަށް

    • ދެރަ ކަމެއް

      ރީނދޫ ކުދިންނަށް ވެސް ގަޯސް ކަމެއް ވާނީ ގޯސް ކަމަކށް

  12. ހޫސްޕައިސްއޮންމައިޕީސީ

    ތިދައްކަނީ ހަމަ އެއްކަލަ އިންޑިޔާގެ ވާހަކައެވެ. އެންބަސޭ އާ އައިސީސީ ހާލިދާ ތަބުލާޓިޗަރު ގަނޑުގަންނަ އިނޑިޔާގެ ވާހަކަޔޭ. މިވަރު ބުނެދިނަސް ފުދޭނޭ، ދޯ؟

  13. މީހާ

    އަދިވެސް ތިޔަ ރޮގުން އެންމެ ކުރީގައި އޮތީ ރާއްޖެ !

    • ޔަހުޔާ

      މި ޚަބަރުގައި ކިޔަން ނުކެރޭވަރުގެ ވާހަކައެއް ލިޔެފައެއް ނެތް??

  14. ޙުސެންބެ

    ޢަދިވެސް ފާޑުފާޑުގެ ލަވަތައް ހެދުން ނުލާ ކުޅޭ ކަލޭމެން.ސާބަސް...ހޭ ނާރާ އަދިވެސް މި އާލާތުން....ބޮލީވުޑޭ ކިޔައިގެން ހުސް ފާހިސް އަމަލު ކުރަނީ

    1
    1
  15. ހުސެން

    ތިކަމާ ރައީސް ނަޝީދު ވަރަށް އުފާކޮށް މަރުހަބާ ކިޔާނެ! މީނާ މިބައިމީހުނަށް މިގޮވަނީ ރާއްޖެ ހިފަން !!!

  16. މޯދީ

    މަގޭދަރިއަކާއި ދިމާލައް ބަލާއިލިޔަސް އެމީހެއްގެ ދެލޯނަގާނަން.

  17. ދަލުބޭރު

    ނޫން މީހާ.ތީދޮގެއް. ރާއްޖެ އެއްނޫން ކުރީގަ އޮތީ. ހަމަ އިންޑިއާ.މީހާ ދޮގުނުހަދާ. އެއި ހަޑި ކަމެއްނުދޯ.......

  18. އިންސާނާ

    މިފަދަގައުމެއްގެބަސް އަހައިގެން މިމީހުންނައް ގައުމު ވިއްކާލައިގެން އިންސާނީ ހައްގުތައް ހިމާޔައްކުރާށޯ