އީރާނަށް ބާރުގަދަ ދެ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ދެ ބިން ހެލުމުގެ ތެރެއިން އެއް ބިން ހެލުން އައިސްފައިވަނީ އެގައުމުގެ ބޮރާޒްޖާންގެ އިރު ދެކުނުން 10 ކިލޯމީޓަރު ބޭރުން ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ. އެއީ 4.9 މެގްނިޓިއުޑްގެ ބާރު މިނުގެ ބިންހެލުމެކެވެ. ދެވަނަ ބިން ހެލުން އައިސްފައިވަނީ ބޮރާޒްޖާންގެ އިރު ދެކުނުން 17 ކިލޯމީޓަރު ބޭރުން ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

މި ބިން ހެލުމުގެ ސަބަބުން ގެއްލުންތަކެއް ވި ކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    ނުބައި ނުލަފާ ކަން އިތުރު ވީމާ ޒަލްޒަލާ އަންނާނެ. މީ އެމެރިކާއަށް އައި ބިން ހެލުމެއްނަމަ މި ދިވެހިން ގެ ކޮމެންޓް މި މުޅިތާނގަ ހުންނާނީ.

    4
    1