ޖާމޫ އަދި ކަޝްމީރުގައި، އުމުރުން އަށް އަހަރުގެ ކުއްޖަކު ރޭޕުކޮށް މަރާލި މައްސަލައިގައި، އެތައް ބަޔަކު އަޑު އުފުލަމުން ދަނިކޮށް، އިންޑިޔާގެ އެހެން ސަރަޙައްދެއްގައި މާބަނޑު އަންހެނަކު ރޭޕުކޮށްފިއެވެ.

މިކަން ހިނގާފައިވަނީ އުއްތަރަ ޕްރަދޭޝްގެ އަމޭތީ އަވަށުގައި މިދިޔަ ހުކުރު ދުވަހުއެވެ.

"ޓައިމްސް އޮފް އިންޑިޔާ" އިން ބުނެފައިވާ ގޮތުގައި މާބަނޑު މީހާ އާއި އޭނާގެ ދަރިއަކު އެދުވަހު ދަތުރުކުރަމުން ދިޔައީ ކޮމިއުނިޓީ ހެލްތު ސެންޓަރަށް ދިޔުމަށް، ޓެކްސީއެއްގައެވެ. އަދި، ޓެކްސީ ދުއްވަން އިން މީހާ ޓެކްސީ މަޑުކުރުމަށްފަހު، އިތުރު ތިން މީހަކާއެކު މި މީހާ ރޭޕުކުރީކަމަށް ބުނެފައިވެއެވެ.

އަމެތީ އަވަށުގެ ސީނިޔަރ ހެލްތު އޮފިސަރަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިޔާ އިން ބުނެފައިވަނީ ރޭޕުކުރުމުން މި އަންހެން މީހާގެ ހޭނެތުނުކަމަށެވެ. އަދި، އެމީހާ މަގުގެ އެއްފަރާތުގައި އޮތްއިރު، ކައިރީގައި ދަރިފުޅު ރޯން އިނެވެ.

މި އަންހެންމީހާ އާއި ދަރިފުޅު ފެނުމުން، އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ކަން ވީ ގޮތް އަންހެން މީހާވަނީ ހޭ އެރުމުން ކިޔައިދީފައެވެ.

އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި އަންހެންމީހާގެ ބަނޑަށް ވަނީ ތިން މަސްވެފައެވެ. އަދި، ރޭޕުކުރުމުގެ ސަބަބުން ބަނޑުގައި އޮތް ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.

އިންޑިޔާއަކީ ރޭޕުކުރުމުގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު ޤައުމެވެ. މިކަން ހައްލުކުރަން އެޤައުމުން މާ ބޮޑު އެދެވޭ މަސައްކަތްތަކެއް ކުރަމަކުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މޯދީ

  އިންޑިޔާގެ ގައުމީ ކުޅިވަރު.

 2. ސަމާސާ

  ޗައިނާ އާއި ހެދި އޮންނަ ދެކޮޅުވެރިކަމާއި ހެދި އެހެން ކަމެއް ކުރަން ވަގުތު ނުވަނީ. ޢަދި ރަގަޅުވާނެ ތޯއްޗެއް.

 3. ރިއަލިޓީ

  މޭޑް އިމްޑިޔާ. ރޭޕް އިންޑިޔާ

 4. ހަސަން

  ތީ ކޮިންމެހެންވެސް ގުޅުން ބާއްވަން ވާވަރު ގައުމެއް ރޭޕް އިންޑިއާ

 5. އަޙްމަދް

  ހެހޭ:މިހާރު"މޭޑިން އިންޑިއާ"
  އެއް ނޫން.
  މިހާރު ކިޔާނީ "ރޭޕް އިންޑިއާ"
  ގައުމީ ކުޅިވަރަކީ (ރޭޕުކުރުން)
  ކްރިކެޓް ކުޅުން ހުއްޓާލަނީ.
  ކެނެރީގެ ނަޝީދަށް އެވަރެއްނެތިގެން އުޅޭ އިނޑިއާ.

 6. ިއިނާ

  އިންޑިއާ ހުރިހާ ފިރިހެނުންގެ ކުރިމަތި ފަރާތް ބުރި ކޮށްފަ ބަހައްޓންވީ

  • މީ

   ސަޅި ކޮމެންޓެއް