އިރާން އިން ފޮނުވާލާ މިސައިލްތަކުގެ އަސަރު ރާއްޖެއަށްވެސް ފޯރާނެ ކަމަށް ބައެއް އިތުބާރު ހިފޭ މީޑީއާތަކުން ބުނެފިއެވެ.

އަލްޖަޒީރާއިން އިރާންގެ މިސައިލްތަކުގައި ހުރި ގާބިލިއްޔަތު ކަމާއި އެ މިސައިލް ދަތުރުކުރާނެ ދުރު މިން ވަނީ ބުނެދީފައެވެ. އެގޮތުން އަލްޖަޒީރާއިން ވަނީ އިރާނުން އުފައްދާފައިވާ 5 ވައްތަރެއްގެ މިސައިލެއް އޭ ދަތުރުކުރާނެ ދުރު މިނާއި އެކު ބުނެދީފައެވެ.

އެގޮތުން ހިމެނޭ 5 ވައްތަރުގެ މިސައިލަކީ، ޒޮލްފަގާ، ޤިއަމް1، ޝަހާބް3- އެމާދް/ ގަދްރް، ސެޖިލް އަދި ސައުމާ އެވެ.

މީގެ ތެރެއިން ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް އަލްޖަޒީރާއިން ބުނެފައިވަނީ ސައުމާއެވެ. އިރާނުން އުފައްދާފައިވާ ސައުމާ އަކީ އެއީ ކްރޫޒް މިސައިލެކެވެ. އޭގެ ދަތުރު ކުރާ ދުރުމިނަށް ބަލާއިރު 2000-3000 ކިލޯ މީޓަރަށް ދަތުރު ކުރާނެ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

ދެން ރާއްޖެއާއި އެންމެ ކާރި ކުރާ މިސައިލަކަށް އުޅޭނީ ސެޖިލް އަދި ޝަހާބް3- އެމާދް/ ގަދްރެވެ. ސެޖިލް އަށް 2000 ކިލޯ މީޓަރަށް ދަތުރު ކުރުމުގެ ގާބިލު ކަން ލިބިފައިވާ އިރު ޝަހާބް3- އެމާދް/ ގަދްރް އަށް ވަނީ 1300-1950 ކިލޯ މީޓަރަށް ދަތުރު ކުރުމުގެ ގާބިލު ކަން ވަނީ ލިބިފައެވެ.

އިރާނުން ތައްޔާރު ކޮށްފައިވާ ޒޮލްފަގާ މިސައިލަށް 700 ކިލޯ މީޓަރަށް ދަތުރު ކުރުމުގެ ގާބިލު ކަން ލިބިފައިވާ އިރު ޤިއަމް އަށް 700-800 ކިލޯ މީޓަރަށް ދަތުރު ކުރުމުގެ ގާބިލު ކަން ވަނީ ލިބިފައެވެ. މި ދެ މިސައިލަށްވެސް ރާއްޖެއާއި ހަމައަށް ނާދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޣަސް

    ޜާއްޖޭގައި އެބަހުރި ތިދިފާއުކުރެވޭ ރީދޫ އައްޑަނަ

    184
    20
  2. ިގދ

    މނޑފ އެލަރޓް!

    100
    11
  3. ާޖަަދޫގަރު

    ރާއްޖެ ސަލާމަތް ވަނީ ކިހިނެއް

    38
    1
  4. ސޮނި ބެ

    ރާއްޖޭގެ ދޮންބަންޑާރަ މިސައިލް ޑިފެންސް ސިސްޓަމްކީ ރަޝިޔާގެ އެސް 400 އައްވުރެ ވަރުގަދަ އެއްޗެއް.. ސޯ ނޯވޮރީސް ބީހެޕީ

    50
    6
  5. އީރާން

    100 އިގެ މުސްލިމު ގައުމަކަށް ނުވައްޓާނެ

    42
    8
  6. ހެއްވާދޯ

    ތިޔަ ފޮނުވިޔަސް މައްސަލައެއް ނެތެއްނުން. ތިޔައީ އެއްވެސް ގެއްލުމެއްވާ އެއްޗެއް ނޫނިއްޔަ

    37
    10
  7. ފާއިޒް

    އީރާނުން މިތާކަށް ހަމަލާ ދޭކަަށް ނޫޅޭ..

    46
    5
  8. ނިހާން

    ރާއްޖެ އަށް ފޯރާތޯ ތިބަލަނީ ކީއްކުރަން.

    69
  9. ޒއިން

    އެއީ މީހުން ބިރުގަންނަވާ އިންޒާރު ދޭ މިސައިލްތަކެކޭ، ފޮނުވާ ގިނަ އެއްޗެހި ފެއިލް ވަނީ، ނުމެއް ގޮވާ. އީރާނުން އެންމެ ފުރަތަމަ ރައްޔިތުންނަށް ކާންދީބަލަ

    6
    8
  10. ޢިއްބެ

    ރާއްޖެއާތަ ހަނގުރާމަ ކުރަނީ

    15
  11. ދަންޑަހެލު

    ޔަޤީނުންވެސް އެމެރިކާ ހިސާބައށްފޯރާވަރުގެ މިސައިލެއް އިރާންއަރަކު ނޯންނާނެ!

    5
    14
  12. ސީސީ

    ރާއްޖޭން ތީތި ހިފާފަ އެމެ އެން ޑީ އެފް އާމަރީ އަށް ލާފަ ފޮރުވާނީ. އޭރުން ތީގެ ބޭނުމެއް ޖެހިއްޖެއްޔާ މިކޮޅުންވެސް ފޮނުވާނެ އެއްޗެހި ހުންނާނެ. ހަހަހަ.

    18
  13. ޠަގް

    ޙުރިހާ މިސައިލް ތަކާ އެންމެހާ ތަކެތީގެ ވެރިﷲ ގެ ކުޅަދުން ވަންތަކަން މާބޮޑުވެ.

    32
    2
  14. ނަރެލް

    ތިހެން ފޮނިބުރުއްސާފައުޅުން އިރާގުވެސް ބަޔަކުއަރާ ހިރަފުހައްހަދާ ނިންމާލިއިރު ރައްދުގަ އެއްލާލާނެ ގާކޮޅެއްގެ މިންވަރުވެސް އަސްކަރިއްޔާގަ ނެތް އީރާނަކަށް އެމެރިކާއިންދޭ ދިހަ ހަމަލާއަށް އެކަތިވެސް ނުދެވޭނެ ނުވެސް ހުންނާނެ

    3
    8
  15. ދިވެހިސްތާން

    ދިވެހިންނަކީ އަދި ދިވެހި ބަހަކީވެސް އިންޑޯ އިރޭނިއަން ދަރިކޮޅުގެ ބައެއް އަދި ބަހެއް! އިރާނުމީހުނަކީ އަދި ފާރިސީބަހަކީ އަހަރެމެންގެ ތިމާގެ ދެބެންގެ ދެދަރިމީހުން އަދި ބަސް! އެމީހުން އަހަރެމެންނަކަށް ގެއްލުމެއްދޭނެހެން ވަރަށް ހީނުވޭ!

  16. ީހޔ

    ތަންދޮރު އޮޅުން ނުފިލާތީ ވަރަށް ދެރަ ވޭ ބައެއް މީ ހުން ނަށް... އައްޑޫ ސިޓީ ކައިރީގައި އޮންނަ އެމެރިކާގެ އެއާ ބޭ ހެއް ކަމަށް ވާ ޑިއޭގޯ ގްރީޟިއާ.. އޮތީ އީރާން ގެ މިސައިލް ރޭންޖުގެ އެތެރޭގައި ކަން މީގެ އިން ދޭ ހަވަނީ......

    10