މިހާރު މުޅި ދުނިޔޭގައިވެސް އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ އެމެރިކާ އާއި އީރާނުގެ ވާހަކައެވެ. މި ވާހަކަތައް ފެށުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަކަށް އީރާން އަސްކަރިއްޔާގެ އިސް ޖެނެރަލަކު އެމެރިކާ އިން އަވަހާރަކޮށްލުމާއި ގުޅިގެންނެވެ. ނަމަވެސް މީގެ 9 އަހަރު ކުރިން ޓްރަމްޕް މިފަދަ ކަމެއް އޮބާމާ ކުރާނެ ކަމަށްބުނެ އެކަމަށް ފަޑުކިޔާ ވީޑިއޯ އެއް ދައުރުވާން ފަށައިފިއެވެ.

އެ ވީޑިއޯ ނަގާފައި ވަނީ އޮބާމާ އެމެރިކާގެ ވެރިކަމާއި ހަވާލުވިތާ 2 އަހަރު ފަހުން ކަމުގައި ވާއިރު އޮބާމާ އަށް ފާޑު ކިޔަމުން ޓްރަމްޕް ބުނެފައި ވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމުގެ ގާބިލްކަން އޮބާމާގެ ގައިގައި ނެތުމުން އީރާނާއި އެކު ހަނގުރާމަ އެއް ފަށާނެ ކަމަށާއި އަދި އެކަން ކުރާނީވެސް އޭނާގެ ދައުރު ނިމެން ކައިރިވުމުން ކަމަށެވެ.

"އަހަރެމެންގެ ރައީސް (އޮބާމާ) އީރާނާއި އެކު ހަނގުރާމަ އެއް ފަށާނެ. އެއީ އޭނާގެ ކިބައިގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމުގެ އެއްވެސް ކަހަލަ ގާބިލުކަމެއް ނެތީމަ. އޮބާމާ އަކީ ބަލިކަށި އަދި ބޭނުންތެރި މީހެއް ނޫން. އެއީ އޮބާމާ އަށް ހީވަނީ އޭނާ ދެވަނަ ދައުރަކަށް އިންތިޙާބުވާން އޮތް ހަމައެކަނި ގޮތަކީ އީރާނާއި އެކު ހަނގުރާމަ އެއް ފެށުމޭ" ޓްރަމްޕް 2011 ވަނަ އަހަރު ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ އީރާނަށް ހަމަލާ ދެވިދާނެ ކަމަށާއި، އަދި ދެވޭނެ އެތައް ގޮތްތަކެއް ހުރިކަން އޭނާ އަށްވެސް އެނގޭ ކަމަށެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެވެސް ޓްރަމްޕް ވާހަކަ ދެއްކި އިރު އޭނާގެ މައިގަނޑު ނުކުތާ އަކަށްވީ އޮބާމާ އަށް މަޝްވަރާ ކުރަން ނޭނގޭ ކަމަށް ބުނުމެވެ.

"ވައިޓްހައުސްގަ އެބައުޅޭ ބޮޑު މައްސަލަ އެއް. އަހަންނަށް ހީވަނީ އެމީހުން އިންތިހާބާއި ކުޑަ ދުވަސްކޮޅަކަށް ވުމުން އީރާނަށް ހަމަލާ ދޭނެހެން. އެއީ އެމީހުން ގަބޫލު ކުރަނީ އޮބާމާ އިތުރު ދައުރަކަށް ހޮވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް. މިއީ ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ނޫންތޯ" ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕް 2011ގައި ދެއްކި މިވާހަކަތައް މިހާރު ވައިގައި ހިިފާފައި ވަނީ މި އަހަރު ތެރޭގައި އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނައިރު، އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށްވުމުން ޓްރަމްޕް އީރާނަނަށް ހަމަލާ ދިނުމުންނެވެ. އޮބާމާ ސަރުކާރުގައި ޓްރަމްޕް ބުނި ފަދައިން އީރާނަށް ހަމަލާ ދީފައި ނުވި ނަމަވެސް، ޓްރަމްޕް ވަނީ 2011ގައި އޮބާމާ ކަންތައް ކުރާނެ ކަމަށް ބުނިގޮތަށް ދާދި ފަހުން އަމަލު ކޮށްފައެވެ.

މީގެ އިތުރުންވެސް ޓްރަމްޕް ވަނީ އޮބާމާ އިރާގުން އެމެރިކާ ސިފައިން ބާލާން ޖެހޭނެފަދަ ގޮތަކަށް ކަންތައް ކުރާނެ ކަމަށާއި، ދުނިޔޭގެ ދެވަނަ އަށް އެންމެ ތެޔޮ މުއްސަނދި ގައުމު، އިރާގުން ފައިބަން ޖެހުމަކީ އެމެރިކާ އިން ބޭނުންވާ ގޮތް ނުވި ނަމަވެސް އޮބާމާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެކަން ވާނެ ކަމަށެވެ.

ނަމަވެސް، ހަގީގަތުގައި އެކަންތައްވެސް ވަމުންދާތަން މި ފެންނަނީ ޓްރަމްޕް ސަރުކާރުގައެވެ. ޓްރަމްޕް އީރާނަށް ދިން ހަމަލާ އާއި އެކު އިރާގުގެ ގާނުނު ހަދާ މަޖިލީހުން ވަނީ އެމެރިކާ ސިފައިން އިރާގުން ބާލަން ފާސަކޮށް އެ ގައުމުން ފޭބުމަށްވެސް މިހާރު އަންގާފައެވެ.

ތިރީގައިވާ ވީޑިއޯގައި ޓްރަމްޕް އޮބާމާ އަށް ފާޑުކިޔަމުން އޮބާމާ ކުރާނެ ކަންތައް އޭނާ އަމިއްލަ އަށް މިހާރު ކުރަމުން ގެންދާކަން ހާމަވާނެއެވެ.

https://www.youtube.com/watch?v=9QdBPP7nMfI

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެކެކެ

    މީނަ މީ އެމްޑީޕީ މީހެއްހެން ހީވޭ. އެހެން މީހުނާ ދިމާއަށް ދައްކަނީ މީނަ ކުރާނެ ކަންތަކުގެ ވާހަކަ. ބައްޔެއް ޖެހިފަ ތިބޭ ވައެއް.

    14
    3
  2. ތެހެރާން

    އަތައް ގޮވީ އެހެން މީހެއްގެ ބޮލުގަ އެޅުވިކަންތައް މިހާރު ކުރަން ޖެހިފަތިއޮތީ ބޮލު ރޮދި ކެނޑިފަ ވީއްޔާ ހުރީ މަށައް ހަމަަ ހެވެނީ ހައްހައްހައްހާ

    19
  3. އަލީބެ

    ތެލުގެ ބޭނުމުގަ ހުރިހާ މުސްލިމް ގައުމެއް ސުއްނާފަތި ކުރަނީ. އަމިއްލަޔަށް މިޔޮށް ކިޔާދިނީ އެކަން ކުރާގޮތް.