އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަކަށް އީރާން އަސްކަރިއްޔާގެ އެންމެ އިސް އެއް ލީޑަރު އަވަހާރަކޮށްލުމުން އީރާނުން ވަނީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާ އަށް ވަރުގަދަ ރައްދެއްް ދޭނެ ކަމަށް ބުނެފައެވެ.

ހަގީގަތުގައި އީރާނުން ބޭނުންވީ އެ ގައުމުން އެމެރިކާ ދެކެ ބިރު ނުގަންނަ ކަމާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، އީރާނުން ބޭނުންނަމަ، އެމެރިކާ އަސްކަރިއްޔާގެ އިސް ވެރިންވެސް އަވަހާރަ ކޮށްލެވޭނެކަން އެމެރިކާ އަށް ދައްކައިލާށެވެ. އެއްވެސް ހާލެއްގައި ހަނގުރާމަ އެއް ފަށާކަށް އީރާނުން ބޭނުންވެފައެއް ނުވެއެވެ.

ސުލެއިމާނީ ފަސްދާނުލުމަށް ފަހު އެރޭ އީރާނުން އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތައް ފޮނުވާލި ނަމަވެސް، އީރާނުން ވަނީ އިރާގަށް ހަމަލާ ފޮނުވުމުގެ 5 ގަޑި އިރާއި 45 މިނެޓު ކުރިން ހަމަލާ ދޭނެކަން އަންގާފައެވެ. އިރާގުންވެސް މެދުއިރުމަތީގައި ހަނގުރާމަ އެއް ފަށަން ބޭނުން ނުވާނެ ކަމުން އެ މައުލޫމާތު އެމެރިކާ އާއި އެ ގައުމަށް ވާގިވެރިވާ ސިފައިންނަށް ދޭނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ކަންތައް ވީވެސް އެހެންނެވެ. ހަމަލާތައް އެމެރިކާގެ މަރުކަޒަށް އަމާޒުވުމުގެ 3 ގަޑިއިރު ކުރިން އެމީހުންނަށް ވަނީ ހަމަލާ އަމާޒުވާ 2 މަރުކަޒަކީ ކޮބައިިކަން އެނގިފައެވެ. އޭގެ އިތުރަށް، ޔޫރޮޕްގެ ގައުމެއްގައި ހުންނަ އީރާނުގެ އެމްބަސީ އަކުންވެސް އެ މައުލޫމާތު ވަނީ އެމެރިކާ ސިފައިންގެ އިންޓެލިޖެންސް އާއި ހަމައަށް ގޮސްފައެވެ.

މިއާއިއެކު އެމެރިކާ އާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުގެ ސިފައިން ވަނީ ބަންކަރުތަކަށް ވަދެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި އަނެއްބަޔަކު ވަނީ މަރުކަޒު ދޫކޮށް އެހެން ހިސާބުތަކަށް ގޮސްފައެވެ. އީރާނުން ފޮނުވާލި ހަމަލާތަކުގައި އެމެރިކާ ނުވަތަ އެނޫންވެސް ގައުމެއްގެ ސިފައިނެއް މަރުނުވި ސަބަބަކީ މިއީއެވެ.

މިކަން އެމެރިކާގެ މައި ޑިފެންސް މަރުކަޒު ކަމުގައިވާ ޕެންޓަގަންގެ އިސް އޮފިޝަލަކުވެސް ވަނީ ރިއުޓާސް އަށް ކަށަވަރު ކޮށްދީފައެވެ. އެ އޮފިޝަލު ވިދާޅުވެފައި ވަނީ އީރާނުން މިސައިލް ހަމަލާތައް ފޮނުވާލި ނަމަވެސް، އެމެރިކާގެ ސިފައިނެއް މަރައި، ބޭކާރު ހަނގުރާމަ އެއް ފަށަން އެމީހުންވެސް ބޭނުން ނުވާ ކަމަށެވެ. އަދި މިސައިލްތައް ފޮނުވާލި އިރުގައިވެސް، ވީހައިވެސް ބޮޑަށް އިމާރާތްތަކަށް ގެއްލުން ނުވާ ގޮތަށް އީރާނުން މިސައިލްތައް ފޮނުވި ކަމަށް އެ އޮފިޝަލް ވަނީ ބުނެފައެވެ.

ނަމަވެސް، މިކަން އާއްމުންގެ ކުރިމަތީގައި ގަބޫލުކުރަން ޓްރަމްޕް ސަރުކާރުން ދެކޮޅު ހަދައެވެ. އެމީހުން ބުނަނީ އީރާނުން ދިން ހަމަލާ ތަކަކީ ސީދާ އެމެރިކާ ސިފައިން މަރަން ފޮނުވި ހަމަލާތަކެއް ކަމަށެވެ. އެހެން ވެއްޖެނަމަ އީރާނުން އެކަން އިރާގަށް 5 ގަޑިއިރު ކުރިން އެންގުމުގެ ބޭނުމެއް އޮންނާނެ ހެއްޔެވެ؟ ނޫނެކެވެ. އެމެރިކާ އިން މިގޮތަށް ވާހަކަ ދައްކަނީ އީރާނުގެ އަގު ވައްޓާލައި، ސުލެއިމާނީ އަވަހާރަކޮށްލަން ޓްރަމްޕް ނިންމި ނިންމުން ފޮރުވުއި އެކަން މީހުންގެ ބޮލުން ހަނދާން ނައްތާލައި އީރާނުން އެމެރިކާ ސިފައިން މަރަން އުޅޭ ކަމަށްބުނެ އީރާނާއި މެދު ނަފްރަތުކަން އުފައްދާށެވެ.

އީރާނާއި އެމެރިކާ އާއި ދެ ގައުމުން މިވަގުތު ހަނގުރާމަ އަކަށް ގޮސްފިނަމަ އީރާނަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވާނެކަން އެނގޭތީ އެ ގައުމުންވެސް ހަނގުރާމަ ކުރާކަށް ބޭނުމެއް ނުވެއެވެ. އެމެރިކާ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާ އެއް އޮންނަ ގައުމުވެެ. އަދި އެމެރިކާ އަތުގައި ނިއުކްލިއާ ހަތިޔާރުވެސް ހުރިއިރު އީރާނުން އަދި މަސައްކަތް ކުރަމުން ގެންދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށެވެ.

މިފަހަރު އީރާނާއި އެމެރިކާ ހަނގުރާމަ އެއް ފެށިނަމަ އެއީ 3ވަނަ ބޮޑުހަނގުރާމަ އަށް ވުމުގެ ފުރުސަތު އޮތެވެ. އެއީ އެމެރިކާ އާއި އެއްކޮޅަށް ޔޫރޮޕްގެ ގިނަ ގައުމުތަކާއި އިނގިރޭސިވިލާތުންވެސް އަރާނެއިރު، އީރާނާއި އެއްކޮށް ދުނިޔޭގެ ބޮޑު ދެ ބާރު ކަމުގައިވާ ރަޝިޔާ އާއި ޗައިނާ އިން އަރާނެތީއެވެ.

އެހެންކަމުން އީރާނުންވެސް މި ދަނޑިވަޅުގައި ކަންތައް ކޮށްފައި ވަނީ އެންމެ ރަނގަޅަށް ކަމަށް ދުނިޔޭގެ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ. އީރާނުން އަމަލު ކުރި ގޮތަކީ ޑިޕްލޮމަސީގައި ބޭނުން ކުރާ އުކުޅެކެވެ. މިސާލަކަށް ބުނަނީނަމަ އެއީ "މީހެއް ގައިގައި ޖަހަން ދަމުން ތިމަންނަ ހިފާއްޓާށޭ އެހެންނޫނީ އޭނާ ގައިގާ ޖަހާނަމޭ" އެހެން ބުނުން ފަދަ ކަމެކެވެ. އެއީ އީރާނުން މިފަހަރު ކަންތައް ކުރި ގޮތެވެ.

އެމެރިކާ އިން ރައްދު ހަމަލާއެއް އީރާނަށް ނުދިނީވެސް އެހެންވެއެވެ. ބަދަލުގައި ޓްރަމްޕް ނިންމީ އީރާނަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަންށެވެ. އަދި އެ ފިޔަވަޅުތައް އެޅުން އިތުރު ކުރާނެކަން މިރޭ އެމެރިކާގެ ހޯމް ސެކެޓްރީ މައިކް ޕޮމްޕޭވެސް ވަނީ ހާމަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ތަޚާނުގެ ޢަލިދީދީ.

  އަޑިއަޑިން އެންމެންވެސް މި ތިބެނީ ގުޅިފާދޯ.....

  23
  3
 2. ތެދު

  މިތިބަ ގަމާރުންނޭ...ދުވަހަކުވެސް ޔަހޫދީންއާއި، ޝީއީންނާއި، އެމެރިކާ (ނަސޯރާިން) ތަޅައެއްނުފޮޅާނެ...އެމީހުން މަރާނީ ސުންނީން ފަލަސްތީނުގަވިޔަސް، އިރާގް އަދި ސޫރިޔާގަވިޔަސް..

  29
  8
 3. ޓުރަމްޕެޓް

  ފިނޑި އީރާނު

  12
  18
 4. އަޙްމަދް

  ހަގީގަތުގައި އީރާނުން ބޭނުންވީ އެ ގައުމުން އެމެރިކާ ދެކެ ބިރު ނުގަންނަ ކަމާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، އީރާނުން ބޭނުންނަމަ، އެމެރިކާ އަސްކަރިއްޔާގެ އިސް ވެރިންވެސް އަވަހާރަ ކޮށްލެވޭނެކަން އެމެރިކާ އަށް ދައްކައިލާށެވެ.
  (އީރާނު ކިތަށްމެ ބޭނުންވިނަމަވެސް ތިޔައީ އީރާނަށް ކުރވޭނެ ކަމެއް ނޫނެވެ).
  އެއްވެސް ހާލެއްގައި ހަނގުރާމަ އެއް ފަށާކަށް އީރާނުން ބޭނުންވެފައެއް ނުވެއެވެ.
  (އެމެރިކާއ އާއި ހަނގުރަމާ ކޮށް އެމެރިކާ ބަލިކޮއްުމަކީ އީރާނު އެއްމެ ބޭނުން ވާނެ ކަންތަކެވެ.)
  (ޢެހެނަސް ކީއްކުރާނީދޯ)!
  މިއާއިއެކު އެމެރިކާ އާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުގެ ސިފައިން ވަނީ ބަންކަރުތަކަށް ވަދެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި އަނެއްބަޔަކު ވަނީ މަރުކަޒު ދޫކޮށް އެހެން ހިސާބުތަކަށް ގޮސްފައެވެ. އީރާނުން ފޮނުވާލި ހަމަލާތަކުގައި އެމެރިކާ ނުވަތަ އެނޫންވެސް ގައުމެއްގެ ސިފައިނެއް މަރުނުވި ސަބަބަކީ މިއީއެވެ.
  (މިކަމުންވެސް ދަލީލު ކޮއްދެނީ އީރާނު އެމެރިކާ ދެކެބިރުގައްނަވަރާއި ޖެހިލުންވާލެއް ބޮޑުކަމެވެ.)
  (މިއީ އީރާނުން އެގައުމުގެ ރައްޔިތުންގެ ލޮލުގައި އަޅުވާލި އަނދުނެކެވެ)
  އީރާނާއި އެމެރިކާ އާއި ދެ ގައުމުން މިވަގުތު ހަނގުރާމަ އަކަށް ގޮސްފިނަމަ އީރާނަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވާނެކަން އެނގޭތީ އެ އީރާނުން ހަނގުރާމަ ކުރާކަށް ބޭނުމެއް ނުވެއެވެ.
  (މީ އަހަރުމެން މިދައްކާ ވާހަކައަކީ އީރަނަކީ އެމެރިކާ އާއީ ކުރިމަތިލެވޭނެ ޤައުމެއްނޫނެވެ.)
  އެހެންކަމުން އީރާނުންވެސް މި ދަނޑިވަޅުގައި ކަންތައް ކޮށްފައި ވަނީ އެންމެ ރަނގަޅަށް ކަމަށް ދުނިޔޭގެ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ. އީރާނުން އަމަލު ކުރި ގޮތަކީ ޑިޕްލޮމަސީގައި ބޭނުން ކުރާ އުކުޅެކެވެ. މިސާލަކަށް ބުނަނީނަމަ އެއީ "މީހެއް ގައިގައި ޖަހަން ދަމުން ތިމަންނަ ހިފާއްޓާށޭ އެހެންނޫނީ އޭނާ ގައިގާ ޖަހާނަމޭ" އެހެން ބުނުން ފަދަ ކަމެކެވެ. އެއީ އީރާނުން މިފަހަރު ކަންތައް ކުރި ގޮތެވެ.
  (އެމިރިކާ އާއި ކުރިމަތިލާ އެެއްވެސް ކަހަލަ ގޮތަކުން އީރާނަކީ މޮޅުވާނެ ބައެއްނޫނޫވެ އެމެރިކާ ނުދައްނަ ޑިޕްލޮމަސީ އެއް ވަކި އީރާނަކަށް ނޭންގޭނެ އެވެ.)

  6
  21
  • ރޯނުއެދުރަށް

   މިވަގުތު ދެޤައުމުންވެސް ބަލާނީ ބޮޑު ހަނގުރާމައަކަށް ނުދިއުމަށް. ރަޝިޔާ އާއި ޗައިނާ އިރާނާއެކު އޮވެއްޖެނަމަ އެމެރިކާވެސް ޖެހިލުންވާނެ.

   20
   2
 5. ވާނުވާ

  ރަގަނޅު ލިޔުމެއް. ކާކުތަ މިޒަމާނުގަ ފޫނުބެއްދޭނެ ވަރުގެ ހަނގުރާމަ އަކަށްދާނީ. ސޯޝަލް މީޑިއާގަ ހީވަނީ ހަނގުރާމަ ނުފެށިގެން ކެތްމަދުވެފަ އޮތް ބަޔެއްހެން. އެމެރިކާ އަށްވެސް ސީދާ އީރާނަކަށް ހަމަލަ ދޭކަށް ނުކެރޭނެ. އީރާނަކަށް ވެސް އެމެރިކާ އަކަށް ހަމަލަދީ ހަނގުރާމައެއް ފަށާކަށް ނުކެރޭނެ. ޕުޓިން އާއި ޝީޖިންޖް ޕިންގް މެން އޯކޭ ނުދެނީސް

  28
  3
 6. އަލިފު!

  މުޅިދުނިޔޭގައި ޓެރަރިޒަމް ފަތުރައި ދުނިޔެ ހަލާކުކުރަމުންގެންދާ ނުބައި ނުލަފާ ބަޔަކު ނުމަރައި ދޫކޮށްލުމުގެ ސަބަބުން އޭގެ ހިތި ނަތީޖާ ތިވަނީ އީރާނަށް މެދުވެރިވެފައެވެ. އެއީ އަމިއްލަ އަތުން އަމިއްލަ ގަޔަށް ވަޅިހެރުން ކަހަލަ ކަމެކެވެ. އެކޭމްޕުގައި ތިބި މީހުންނަށް ނާންގައި ހަމަލާ ދިންނަމަަ އޮޅިގެންވެސް ފުލައިޓަށް މިސައިލްގެ ހަމަލާއެއް ނޭރީހެވެ. އެމެރިކާ އިޒްރާއީލުގެ ސިފައިން ނުމަރައި ޤަސްފުގައި ދޫކޮށްލުމަކީ އޭގެ ނުބައި ސުންޕާކަން ތިމާއަށް ރައްދުވާނެ ކަމެކެވެ. ޢިލްމު ބުނަނީ އެގޮތަށެވެ.