ޕާކިސްތާނުގެ މިސްކިތަކަށް ހަމަލާ ދީ، ގިނަ ބަޔަކު މަރާލައިފިއެވެ.

އެ ގައުމުގެ ހުޅަނގު އުތުރުގެ ހިސާބެއްގައި ހުރި މިސްކިތަކަށް ދިން މި ހަމަލާގެ ސަބަބުން މިހައިތަނަށް 13 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހަމަލާ ދީފައި ވަނީ އެ މިސްކިތުގައި މިއަދު ހުކުރު ނަމާދު ކުރަމުން ގެންދިޔަ ވަގުތުއެވެ.

މި ހަމަލާގައި ޕާކިސްތާން ފުލުހުންގެ އިސް އޮފިސަރެއް އަވަހާރަކޮށްލާފައި ވާއިރު، މިއީ އެ ފުލުސް އޮފިސަރަށް އަމާޒުކޮށް ދިން ހަމަލާ އެއް ކަމަށް އެ ގައުމުުގެ ބައެއް ރިޕޯޓުތައް ބުނި ނަމަވެސް، މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައި ނުވުމުން އެކަން ވަނީ ކަށަވަރު ނުކުރެވިފައެވެ.

މިއަދު އަވަހާރަކޮށްލި ފުލުސް އޮފިސަރުގެ ދަރިފުޅު މީގެ މަހެއް ކުރިން ވަނީ ބަޑީގެ ހަމަލާ އެއްގެ ސަބަބުން ނިޔާވެފައެވެ. އަދި މިއަދުގެ ހަމަލާގެ ސަބަބުން މިސްކިތުގެ އިމާމުވެސް ވަނީ ނިޔާވެފައެވެ.

މިއަދު ދިން ހަމަލާތައް ދީފައި ވަނީ ހުކުރު ގަޑީގައި ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް، އަނެއްބައި ރިޕޯޓުތައް ބުނަމުން އަންނަނީ ހަމަލާ ދީފައި ވަނީ މަޣްރިބް ނަމާދު ކުރަމުން ގެންދިޔަ ވަގުތު ކަމަށެވެ.