އީރާނުގެ ކޮމާންޑަރު، ޣާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާއަތް، އައިއެސް އިން އެމެރިކާއަށް ޝުކުރު އަދާކޮށްފިއެވެ.

އައިއެސްގެ އަމިއްލަ ނޫހެއް ކަމަށްވާ އަލް އަލް ނަބާ އިން ބުނީ ސުލައިމާނީގެ މަރަކީ އެ ޖަމާއަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ. އެ ނޫހުގައި އެމެރިކާގެ ނަމެއްވެސް އަދި ސުލައިމާނީގެ ނަމެއްވެސް ހާމަކޮށްފައި ނުވެއެވެ. އެ ދެ ފަރާތަށް ރައްދުވާހެން ނުސީދާކޮށް ލިޔެފައިވާ ލިއުމެއްގައި ބުނެފައިވަނީ އެ އަމަލަކީ އެ ސަރަހައްދުގައި އަނެއްކާވެސް އެ ޖަމާއަތުގެ ބާރު ހިންގުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

އެމެރިކާއިން އީރާނުގެ ކޮމާންޑަރު މަރާލުމާ ގުޅިގެން އެ ދެގައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލަ ހޫނުވުމާ ގުޅިގެން އައިއެސްއާ ދެކޮޅަށް އެމެރިކާއިން އިރާގާއި ކުރުދިޝް އަސްކަރިއްޔާ ގުޅިގެން އެ ސަރަހައްދުގައި ފެށި ހަރަކާތް ވަނީ މެދުކެނޑިފައެވެ. އެއާއެކު އެ ޖަމާއަތުން ބުނީ ސަރަހައްދުގެ ބާރު އަނެއްކާވެސް އައިއެސްގެ ބާރުގެ ދަށަށް ގެންނަން ފަސޭހަވެގެންދާނެ ކަމަށެވެ.

މެދު އިރުމަތީގެ ގައުމުތަކުން އައިއެސްގެ ބާރު އެއްކޮށް ކަނޑުވާލެވިފައި ނުވި ނަމަވެސް ފަހަކަށް އައިސް އެ ޖަމާއަތުގެ ބާރު ވަނީ ސަރަހައްދުގައި ވަރަށް ކުޑަ ވެފައެވެ. އެގޮތުން އެ ޖަމާއަތުގެ ބާރުގެ ދަށަށް މި ފަހުން އެއްވެސް ރަށެއް ގެންދެވިފައެއް ނުވެއެވެ. އެކަން ހާސިލް ވެފައިވަނީ ކޮމާންޑަރު ސުލައިމާނީގެ ބާރުގެ ދަށުން، ގުދުސް ފޯސްއާއި ރަޝިއާ އަދި ސީރިއާގެ އަސްކަރިއްޔާ ގުޅިގެން އެ ޖަމާއަތާ ދެކޮޅަށް ދެމުންދިޔަ ހަމަލާތަކެވެ. އެ ހަމަލާތަކުގެ ސަބަބުން އެ ޖަމާއަތުގެ ބާރު ވަނީ ވަރަށް ކުޑަވެފައެވެ.

ޖެނެރަލް ސުލައިމާނީގެ މަރާއެކު އެމެރިކާއާއި އީރާނާ ދެމެދު މައްސަލަ ހޫނުވެ ހަނގުރާމައެއް ފަށައިފި ނަމަ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާއަތްތަކަށް ބާރު ލިބޭނެ ކަމުގެ ބިރު އޮތީ ކުރިންވެސް ހީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޯ

  ބޯކަނޑާ ގުރޫޕްވެސް ޓްރަމްޕަށް ތާރީފު. ދެން ކަލޭމެން ދިވެހި އައިސިސްގެ ބަހަކީ ކޮބާ؟

  40
  8
  • އުންމަތް

   ރާއްޖޭގައިވެސް އައިސިސް އަށް މަރުދޭ ބަޔަކު އުޅޭ. އައިސިސް އަކީ އެމެރިކާއިން ފަންޑުކޮށްގެން އުފައްދާފައިވާ ޖަމާއަތެއް ކަން މިކަމުން ވެސް ސާފުވެއްޖެ.. އެމެރިކާ އިން މުސްލިމުން މަރަން އުފައްދާފަ ތިބި ބަޔަކަށް ތާއީދު ކުރާ ބަޔަކާ ރެޑް ބެލޫން ގުރޫޕް މީ ހަމަ ހައްދުފަހަނަ އަޅާފަ ތިބި ދެބައި މީހުން... އެހުރިހާ އެންމެން ހިފާ ހައްޔަރުކޮށް ދައުވާ އުފުލަން ޖެހޭކަމަށް ދެކެން. ހަރުކައްޓާ މަޑުކަށި ގުރޫޕް ގެ އެންމެ އިސް މީހަކީ މަޖިލީހުގެ ރަޢީސް ސޮނި ހުއްތު😡😡😡😡🥵

   1
   1
 2. ކަތިވަޅި

  ކޮބާ ހަރުކަށި ކަލޯމެން އަނގަޔަކުންވެސް ނުބުނި. ބިމަށް ބޯކޮއްޕައިފި

 3. ވާނުވާ

  ކޮއްކޯ!
  އައިއެސް ޖަމާއަތުން އެމެރިކާއަށް ތަޢުރީފް ކުރީ އެމެރިކާ ދެކެ ވާ ލޯތް ބަކުން ނޫން. ސުލައިމާނީއަކީ އައިއެސް އަށް އޮތް ބިރަކަށްވާތީ.

  4
  1