އޮސްޓްރޭލިއާގެ ސައުތުވޭލްގެ އެކި ސަރަހައްދުތަކުގެ ޖަންގަލީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން ވައި ނުސާފުވެ ނޭވާހިއްލާ ޒުވާން އަންހެނަކު މަރުވެއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ސުރެ އެގައުމުގެ ޖަންގަލިތަކުގެ ރޯވެ އަނދަމުންދާ އަލިފާންގަނޑު މިހާރު ވަނީ މިހުން އުޅޭ ސަރަހައްދުތަކާއި ހަމަަށް ފޯރާފާއެވެ. މަޝްހޫރު ބައިނަލްއަގުވާމީ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމުގައިވާ "ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޒުވާނާގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ތެރެއިން މިއަދުގެ ވަގުތެއްގައެވެ.

ކޯޓްނީ ޕެޓްރިޖް ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ މި ޒުވާނާ އަކީ އެއާއިލާގެ ހަކުދިންގެތެރެއިން އެކަކެވެ. އޭނާގެ އާއިލާއިން ބުނި ގޮތުގައި ކޯޓްނީ އަކީ ފެށުނީއްސުރެ ނޭވާ ހިއްލާ ކުއްޖެކެވެ. އެހެން ނަމަވެސް ދުވަހަކުވެސް އެކަމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވާ ހާލަތަށް ކަންކަން ގޮސްފައި ނުވާކަމަށް އެމީހުން ވަނީ ބުނެފައެވެ. އޭނާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ކޯޓްނީ މަރަކީ އެއްވެސް ފަރާތެއްގެ އިހުމާލަކުވެސް ވެފައިވާ މަރެއް ނޫނެވެ، އެހެން ނަމަވެސް ކޯޓްނީގެ މަރުގެ ހަބަރު އެހާ ފުޅާ ދާއިރާއެއްގައި ގެނައުމުގެ ބޭނުމަކީ އެސަރަހައްދުގައ އުޅެމުންދާ އެހެން މީހުންވެސް އެކަމަށް ސަމާލުވުން ކަމަށް އެއާއިލާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ކޯޓްނީ މަސައްކަތް ކޮށްފައި ވަނީ ބޭސް ހޯދުމަށެވެ. އަދި އޭނާ މަރުވެފައި ވަނީ ވަރަށް ކުއްލިއަކަށް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.

އޮސްޓްރޭލިއާގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. އަދި އެގައުމުގެ ޖަންގަލިތަކަކީ ގިނަ އަދަދަކަށް ޖަނަވާރު ދިރިއުޅޭ ތަންތަން ކަމުން އެސަރަހައްދުގައި ދިރިއުޅޭ ޖަނަވާރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވަލު ޖަނަވާރު މަރުވެފައިވާ ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެސަރަހައްދުގެ ޖަންގަލިތަކުގައި އުޅެމުންދާ ޖަނަވާރުތައް ސަލާމަތް ކުރުމަށްވެސް ގިނަ ބަޔަކު ދަނީ މަސައްކަޔް ކުރަމުންނެވެ. އެގޮތުން އެސޮރުމެން ޖަންގަލިން ބޭރަށް ނެރެ ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމާއި، ޒޫތަކަށް ގެންގޮތް އެތަކެއްޗަށް ފަރުވާދިނުމާއި، އެހެނިހެން އެހީތައް ފާހަަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. Anonymous

  އަލްހަމްދުލިﷲ. ކަލޭމެން އަހަރެމެން މުސްލިމުން މަތިން ނުރައްކާތެރި ކެމިކަލް ހަތިޔާރު ބޭނުން ކޮއްގެން އަދި ޑްރޯން ބޭނުން ކޮއްގެން މެރި އިރު ކަލޭމެން ހަނދާނެއް ނެތް ﷲ ސުބުހާނަހޫ ވަތަޢާލާގެ ކޯފާ ކަލޭމެން ތިގެންގުޅޭ ހަތިޔާރައް ވުރެން ވަރުގަދަ ވާނެކަން. ވިސްނާ ބަޔަކައް އިބުރަތެއް

  15
  5
  • ޔސރ

   ވަރަށް ބޮޑު ތެދެއް
   ކެމިކަލް ހަތިޔާރު ތައް ބޭނުންކޮށްގެން ކިތައް މުސްލިމުން މަރަނީ. މީޑިޔާ ޔަހޫދީން ގެ އަތް ދަށުގައި އޮންނަ އިރު ވެސް މިހުރީ ލިބޭ ޚަބަރުތައް ގިނަ ކަން. އަހަރުމެން ނަށް ނޭނގި ކިހާ ކަމެއް ހިނގާނެ. ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވަނީ

   12
   5