އީރާނުން "އޮޅިގެން" ޔޫކްރޭންގެ ބޯޓު ވައްޓާލި މައްސަލާގައި އެގައުމުގައި ހިނގަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތައް މަރައިގެން ނުވާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދީފިއެވެ.

ޔޫކްރޭން ބޯޓު ވެއްޓުނު ހާދިސާ ދިމާވީ، އެ ބޯޓަކީ އެމެރިކާއިން ފޮނުވި މިސައިލެއް ކަމަށް ހީކޮށް ކަމަށް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް އެހާދިސާގައި އެ ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ. އެކަމާ ގުޅިގެން އެގައުމުގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ނުކުމެ ރޭ ވެސް ވަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

އެ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް، ޓްރަމްޕް ބުނެފައިވަނީ އޭނާ ހުންނާނީ މުޒާހަރާގެ ބައިވެރިނާ އެކުގައި ކަމަށެވެ. މީގެ އިތުރުން ޓްރަމްޕް މިއަދު ކުރި ޓްވީޓެއްގައި ބޮޑު އަކުރުން ބުނެފައިވަނީ "މުޒާހަރާގެ ބައިވެރިން މަރައިގެން ނުވާނެ. އެމެރިކާ މިއޮތީ ބަލައިގެން" ކަމަށެވެ.

"އީރާނުގެ ލީޑަރުންނަށް! މުޒާހަރާގެ ބައިވެރިން މަރައިގެން ނުވާނެ. މިހާރުވެސް ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ ނޫނީ ޖަލަށް ލާފަ. މުޅި ދުނިޔެ މިއޮތީ ބަލައިގެން. ޚާއްސަކޮށް އެމެރިކާ މިއޮތީ ބަލައިގެން. އިންޓަނެޓުގެ ޚިދުމަތް އަލުން ފަށާ. އަދި ރިޕޯޓަރުންނަށް އެމީހުންގެ މަސައްކަތް ކުރުމުގެ ޖާގަ ދީ. އީރާނުގެ ލޮބުވެތި ރައްޔިތުން މެރުން ހުއްޓާލާ،" ޓްރަމްޕް ގެ ޓްވީޓުގައި ވެއެވެ.

މީގެ އިތުރުން މީގެ ކުރިން އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސުލްހަވެރި އެއްވުންތަކާ ގުޅިގެން އިތުރު ލޭ އޮހޮރުވުންތަކެއް ބޭނުން ނުވާ ކަމަށާއި، އިންޓަނެޓުގެ ޚިދުމަތްވެސް ހުއްޓާލައިގެން ނުވާނެ ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޙްމަދް

    ސާބަހޭ ޓްރަމްޕް.

    2
    55
  2. ޙޮހޮލަ

    ކަލޯކިއެވީއެމެޜިކާްއިންތަ

    22
  3. އަޙްމަދް

    ސާބަހެ ރައީސް ޓްރަމްޕް
    އަހަރުމެން އުފާކުރަން އީރާނައި ދެކޮޅަށް ތިކުރާ މަސައްކަތަށްޓަކަ.

    2
    54
  4. ކަނަމަނަ

    ތީހަމަހުސް ކަލޭގެސަބަބުންއުފެދޭ މައްސަލަ

    41
    3
  5. ލޮލް

    ކަޝްމީރު ސުންނާފަތި ކުރި އިރު އެމެރިކާ އޮތީ ހަނު.

    31
  6. މަރިޔަމް ޝައްފަ

    ތްރަމްޕް އަކީ ބަތޮލެއް. ނޯބެލް ޕްރައިޒް ދޭން ޖެހޭ.

    34
  7. ޙެމާ

    ކަލޭ މަތަކުރަން ދެން ނުކުންނާނީ މަ.އެގިއްޖެ

    12
  8. ޖިންޖާރ

    ކޮމާންޑަރު އެކަނިތަ އަވަހާރަވީ

  9. ޖިންޖަރ

    އަހަރުމެން މިތިބެނީ އީރާނުން އެމެރިކާ ސައިޒަން ތިރިކުރާތަން ބަލަން ކެތްމަދުވެފަ މީ ކޯއްޗެން ހަދާބައެއްތަ ؟!!!!!!!!! މަވާ ލަދުން ބޯ ހަލާކު