އީރާނުގެ ކޮމާންޑަރު، މޭޖަރ ޖެނެރަލް ޣާސިމް ސުލައިމާނީ އަވަހާރަކޮށްލަން އެމެރިކާއިން ދިން ހަމަލާއަށްފަހު، އޭނާގެ ހަށިކޮޅު އަނދަމުންދަނިކޮށް ނަގާފައިވާ ފޮޓޯއެއް އެމެރިކާއިން އާންމުކޮށްފިއެވެ.

އެ ފޮޓޯތަކަކީ ހަމަލާއަށްފަހު ހަމަލާގެ އެސެސްމަންޓު ހެދުމަށް ނަގާފައިވާ ފޮޓޯތަކެކެވެ. އެމެރިކާއިން އާންމުކޮށްފައިވާ ފޮޓޯތަކުގައި ސުލައިމާނީގެ ހަށިކޮޅުގެ އިތުރުން އޭނާ ގެންގުޅުނު ރައިފަލާއި ފިސްތޯލައިގެ އިތުރުން ގެންގުޅުނު ފޮތެއްގެ ފޮޓޯވެސް ހިމެނެއެވެ.

ފޮކްސް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސުލަމާއިނީ އަވަހާރަވެފައިވަނިކޮށް އެމެރިކާ ސިފައިން ވަނީ އޭނާގެ ހަށިކޮޅު ދަމާފައި ދުރަށް ގެންގޮސްފައެވެ. އޭރު އޭނާގެ ހަށިކޮޅުގައި އަލިފާން ހުއްޓެވެ. އަދި އެއީ ސުލައިމާނީ ކަން ކަޑަވަރުވީ ބޯ ފެނުމުން ކަމަށާއި އޭނާގެ ބޮލަށް އަލިފާނުގެ އަސަރު ކޮށްފައި ހުރީ ކުޑަކޮށް ކަމަށްވެސް ފޮކްސް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ.

ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެމެރިކާއިން އިރާގުގެ ވެރިރަށް ބަޣްދާދަށް ދިން ޑްރޯން ހަމަލާއެއްގައެވެ. އެހަމަމަލާ ދިނުމަށް އޯޑަރު ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އެ ހަމަލާއަށްފަހު އީރާނުން ބުނެފައިވަނީ އޭނާގެ މަރުގެ ބަދަލު ހިފާނެ ކަމަށެވެ. އަދި އެއަށްފަހު ސުލައިމާނީގެ ހަށިކޮޅު ފަސްދާނުލުމަށްފަހު އީރާނުން ވަނީ އިރާގުގައި ހުންނަ އެމެރިކާގެ ސިފައިން ތިބޭ ދެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖިންނި

    ދެނެ ތި ސޮލީބީން ކީއްވެތަ އުސާމާ ބިން ލާދިންގެ ހަށިގަނދުގެ ފޮޓޯއެއް ވީޑިއޯއެއް ނުދެއްކީ ކަނޑު ފެއްތިއްޔޯ ހަށިގަނޑު 2000 އަހަރު ވާންދެނެ ދޮގުހަދަމުން ދުވާ ބަޔަކު ތެދެއް ނުހަދާނެ

    24
  2. Anonymous

    ހެހެހެ ސަޅި

    2
    16