21:15

އެއާލައިނުތަކުން އަދިވެސް އީރާނުގެ މަތިން ދަތުރުނުކުރުމަށް ޔޫރޮޕްގެ އޭވިއޭޝަން އޮތޯރިޓީ ކަމުގައިވާ އިއާސާ އިން ލަފާ ދީފި. އެ އިދާރާ އިން މިހެން ބުނެފައި މިވަނީ އީރާނުން އޮޅުމަކުން ޔޫކްރޭނުގެ ފްލައިޓެއް ވައްޓާލުމުގެ ސަބަބުން. އަދި ހަމައެއާއި އެކު މިހައިތަނަށް އައި އިރުވެސް އީރާނާއި އެމެރިކާގެ މަޝްރަހު ހަމައަކަށް އެޅިފައި ނުވުމުން ރައްކާތެރިވުމުގެ ގޮތުން.

21:13

ވެއްޓުނު ޔޫކްރޭން ފްލައިޓާއި ގުޅިގެން ގެއްލުންވި ކެނެޑާގެ ކުންފުންޏެއްގެ ސީއީއޯ، ގެއްލުންވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ބުނެފި.

21:12

އީރާނާއި އެމެރިކާގެ ކޯޅުންގަނޑު ނިމެން އަދި ގާތްވެސް ނުވާކަމަށް ދުނިޔޭގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަން ފަށައިފި.

16:23

ޓްރަމްޕް ފާރިސީ ބަހުން ކުރި ޓްވީޓުގެ ސަބަބުން އެ ބަހަށް ހުތުރެއް ލިބޭ ކަމަށް އީރާން ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ ޓްރަމްޕް ކުރި ޓްވީޓުގައި ކުށްތަކެއް ހުރުމުން ކަމަށް ބެލެވޭ.

16:20

1988 ވަނަ އަހަރު އެމެރިކާ ސިފައިންނަށް އޮޅިގެން 290 ޕަސެންޖަރުންނާއި އެކު ދަތުރު ކުރަމުން ގެންދިޔަ އީރާނުގެ ފްލައިޓެއް ވައްޓާލެވުމުން އެ މިސައިލް ފޮނުވާލި ސިފައިނަށްވެސް ނުވަތަ އެކަމުގައި ބައިވެރިވި އެއްވެސް މީހަކަށްވެސް އެމެރިކާ އިން އަދަބު ދީފައެއް ނުވެއެވެ. އެހެންކަމުން މިފަހަރު އީރާނަށް މިފަދަ ކަމެއް ކުރެވުމުން އީރާނުގެ ސިފައިންނަށް އަދަބު ދިނުން އިންސާފުވެރިއެއް ނުވާނެ.

16:18

ޔޫކްރޭނުގެ ފްލައިޓު ވެއްޓުނީ ކުރެވުނު ކުށަކުން ކަމަށް އެއްބަސް ވެލައްވާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ. ފްލައިޓެއް ވެއްޓުމަށް އޭގައި އެކި ސަބަބުތައް ހިމެނޭއިރު، އެންމެ ގިނައިން ފްލައިޓުތައް ވެއްޓެނީ އިންސާނުންނަށް ކުރެވޭ ކުށަކުންނެވެ. އީރާންގެ ރައީސް ވިދާޅުވީ މިފަހަރު ޕައިލެޓުންނަށް ނުވަތަ އެއާ ޓްރެފިކް ކޮންޓްރޯލަށް ކުށެއް ނުހެދުނު ނަމަވެސް، މިއީ ހަމަ އިންސާނަކަށް ކުރެވުނު ކުށެއް ކަމަށާއި މިކަމުގެ އަދަބު އެއްވެސް ފަރާތަކަށް ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

 

16:16

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތަށް ރަޝިޔާ އަދި ފްރާންސުގެ ރައީސް ތާއިދު ކުރައްވާކަން ހާމަކުރައްވައިފި. މި ދެ ބޭފުޅުންވެސް ވަނީ 2015 ވަނަ ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ގައުމުން ނިއުކްލިއާ ޕްރޮޖެކްޓުތައް ހިންގަން އެދޭ ކަމަށް ވިދާޅުވެފަ. މި ބޭފުޅުން މިހެން ވިދާޅުވެފައި މިވަނީ އީރާނުން އެ އެއްބަސްވުމަށް އަމަލު ނުކުރަން ނިންމާފައި ވަނިކޮށް.

16:14

ޔޫކްރޭނުގެ ފްލައިޓު ވެއްޓުނު ހާދިސާގައި ރައްޔިތުންނަށް އޮޅުވާ ނުލާ ކަމަށާއި، ފްލައިޓު ވައްޓާލެވުނީ އަސްކަރިއްޔާ އަށް އޮޅުމަކުން ކަން އީރާނުގެ ސަރުކާރަށް އެނގުމާއި އެކު އެކަމަށް އެއްބަސްވެ، މާފަށް އެދިފައި ވާނެކަމަށް އީރާން ސަރުކާރުގެ ސްޕޯކްސްޕާސަން ވިދާޅުވެއްޖެ.

16:12

އީރާނުގެ ރައްޔިތުންނާއި އެކު ވާކަމަށާއި އީރާނުގެ ރައްޔިތުންނަކީ ރަނގަޅު ބައެއް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރި ޓްވީޓު ތަކަކީ އެއްވެސް ބުރަދަނެއް ނެތް، ޓްރަމްޕް މީހުންގެ ލޯތަކުގައި އަނދުން އެޅުވުމަށް ކުރި ޓްވީޓުތަކެއް ކަމަށް އީރާނުން ބުނެފި.

16:10

އީރާން ފުލުހުން އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދާ ފަރާތްތަކާއި ދެކޮޅަށް ބަޑި ޖަހާ މަންޒަރެއް ކަމަށް ބުނެ މީސް މީޑިއާގައި ވީޑިއޯ އެއް އާއްމު ވެފައި ވަނިކޮށް އެކަން އީރާނުގެ ސަރުކާރުން ދޮގު ކޮށްފިއެވެ. އީރާން ސަރުކާރުން މިކަން ދޮގު ކޮށްފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް އީރާނުން އެ ގައުމުގެ ރައްޔިތުން ނުމެރުމަށް އެދޭ ކަމަށް ބުނެ ޓްވީޓެއް ކޮށްފައި ވަނިކޮށް.

14:57

މި މުޒާހަރާގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ "ސޮލެއިމާނީ އަކީ މީހުން މަރާ މީހެއް" ކަމަށް ގޮވާލާފައި

14:56

އިރާނުގައި ހިނގަމުން އަންނަ ހަމަ ނުޖެހުމުގެ ތެރޭގައި ތެހެރާނުގައި މުޒާހަރާގެ ބައިވެރިން ވަނީ ސޮލެއިމާނީގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރެއް ވީދާފަ. މި ވީޑިއޯ މިހާރު ދަނީ މީސްމީޑިއާގެ އިތުރުން ޔޫޓިއުބްގައި ދައުރުވަމުން.

13:00

"އަޅުގަނޑުމެން ހުއްޓުމެއްނެތި މި މައްސަލަ ބަލާނަން. މަސައްކަތް ހުއްޓާލާނީ އެ ހާދިސާގައި މަރުވެގެން ގޮސްފައިވާ ކެނެޑާއަށް ނިސްބަތްވާ 57 މީހުންގެ އާއިލާއަށް އިންސާފު ހޯދައިދީފަ" ޖަސްޓިން ވިދާޅުވި.

13:00

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑިއާ ވިދާޅުވެފައ ވަނ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވެގެން ގޮސްފައިވާ މީހުންގެ އާއިލާއަށް އިންސާފު ލިބި ހަމަހަމަ ކަން ލިބެންދެން މައިތިރި ވެގެން ނުތިބޭނެ ކަމަށް.

12:52

އޭބީސީ ނޫހުން އާއްމު ކޮށްފައިވާ ޕޯލް އަށް ވޯޓު ދީފައިވާ 56% އެގައުމުގެ ރައްޔިތުން ބުނެފައިވަނީ ޓްރަމްޕް ގެ އެ ނިންމުމުގެ ސަބަބުން އެމީހުންނަށް ސަލާމަތްކަން ގެއްލިފައިވާ ކަމަށް.

12:51

މިހާރު ހިނގަމުންދާ ހަމަ ނުޖެހުމާއި ގުޅިގެން އެމެރިކާއިން އިރާނާއި ދޭތެރޭ ފިޔަވަޅެއް ނާޅައި، ކަން ކޮށްފައިވާ ގޮތާއި މެދު ހިތް ހަމަ ނުޖެހިގެން އެމެރިކާގެ ގިނަ ރައްޔިތުން އެކަމާއި ނުރުހުން ފާޅު ކޮށްފި.

12:12

އިރާނުން އަންނަނީ އެ ބޯޓުގައި އެކި ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ތިބި ކަމާއި ދެކޮޅު ހަދަމުން. އެގޮތުން ފްލައިޓުގައި ތިބި 176 މީހަކު މަރުވެފައިވާއިރު، އިރާންގެ ޓީވީއަކުން ބުނެފައިވަނީ އޭގެ ތެރޭއިން 147 މީހުންނަކީ އިރާނަށް ނިސްބަތްވާ ފަރާތުން ކަމަށް. މިކަމާއި ދެކޮޅަށް ކެނެޑާގެ ސަރުކާރުން ބުނެފަައިވަނީ އެގައުމަށް ނިސްބަތްވާ 57 މީހަކުވެސް އެ ފްލައިޓުގައި ހިމެނޭ ކަމަށް.

12:12

ޔޫކްރޭންގެ ގައުމީ އެއާލައިންސް ވެއްޓުނު ހާދިސާގައި މުޅި ގައުމަށް ސިހުން ވެރިވެގެން ގޮސްފައިވާ އިރު، އިރާނުގެ ގިނަ ފަރާތްތަކުން މި ހާދިސާ ސިފަ ކޮށްފައިވަނީ ވަރަށް ކުޑަ އާދައިގެ ކަމެއް ކަމަށް.

11:45

ޔޫކްރޭން ފްލައިޓް ވެއްޓުނު ހާދިސާގައި ކެނެޑާގެ ކާ ތަކެތި ބަންދު ކުރާ ކާރުހާނާއެއް ކަމަށްވާ މެޕަލް ލީފް ފުޑްސްގެ ސީއީއޯ މައިކަލް މެކައިން ވަނީ އޭނާއާއި އެކީ ކޮލެޖުގައި ކިޔެވި މީހަކާއި އޭނާގެ އަންހެނުން އަދި ދަރިފުޅު މަރުވުމުން އެކަމުގެ ޒިންމާ އެމެރިކާއިން ނަގަން ޖެހޭ ކަމަށް ބުނެފައި.

00:58

ރޮކެޓް ހަމަލާގެ ވަގުތުގައި އެއްވެސް އެމެރިކާ ސިފައިންގެ މީހެއް އެ ބޭހުގައި ނެތް ކަމަށް އެމެރިކާއިން ބުނެފި. އެމެރިކާގެ މިލިޓަރީ އޮފިޝަލުންނާ ހަވާލާދީ ސީއެންއެންގައި ރިޕޯޓްކޮށްފައިވަނީ މިއަދު އިރާޤްގައި ހުންނަ އެމެރިކާގެ ބޭސްއަށް ހަމަލާދިން ވަގުތު އެބޭހުގައި އެއްވެސް އެމެރިކާގެ ސިފައިންގެ ބޭކަލަކު ނެތް ކަމަށް.

މިއަދުގެ ކުރީ ވަގުތެއްގައި: އިރާގުގައި ހުންނަ ބަލަދް އަސްކަރީ މަރުކަޒަށް ހަމަލާދީފި. އެ ބޭސް އަށް އަމާޒުވެފައިވަނީ ހަތް މޯޓަރު ބޮމެއް. އަދި ބޮންތައް އަމާޒުވެފައިވަނީ އެ މަރުކަޒުގައި ހުރި ރަންވޭއަކަށް. މިއީ އިރާޤްގެ ވެރިރަށް ބަޤްދާދުގެ 46 މޭލު ބޭރުގައި ހުންނަ ބޭސްއެއް. މިހަމަލާގައި އިރާޤްގެ 4 އޮފިޝަލުން ޒަޚަމްވި ކަމަށް އިރާޤުން ހާމަކުރޭ.

00:55

އެމެރިކާއިން މަސައްކަތް ކުރަނީ މަޝްރަޙް ގޯސް ކުރަން ކަމަށާއި ސަރަހައްދީ ޤައުމުތައް އެކަތިގަނޑަކަށް ވުމަށް އީރާންގެ ރޫޙާނީ ލީޑަރ އާޔަތުﷲޚާމަނީ ވިދާޅުވެއްޖެ. އޭނާ ވިދާޅުވެފައިވަނީ، އެސަރަހައްދުގައި ޖެހިގެން އުޅޭ ކުއްލި މައްސަލަ ފެށިފައިވަނީ އެމެރިކާގެ އަސްކަރިއްޔާއިން އެސަރަހައްދުގައި ހަރަކާތްތެރިވާތީ ކަމަށާއި މިކަން ނިމުމަކަށް ގެނެވޭނީ ހުރިހާ ޤައުމެއް އެއްބައިވެގެން ކަމަށް. މިގޮތަށް ރޫޙާނީ ލީޑަރ ވިދާޅުވެފައިވަނީ، ޤަތަރގެ އަމީރާއެކު ބައްދަލު ކުރެއްވުމަށްފަހު، އެމަނިކުފާނުގެ ވެބްސައިޓްގައި އާއްމު ކުރެއްވި ލިޔުމެއްގައި.

00:43

ޔޫކްރޭން ފްލައިޓް ވެއްޓުނު ހާސިދާގައި އެފްލައިޓްގެ މީހުންނާއެކު މަރުވިނަމަވެސް މާ ރަނގަޅު ކަމަށް އީރާންގެ ރިވަލޫޝަނަރީ ގާޑް ގްރޫޕްގެ ކޮމާންޑަރ ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ފްްލައިޓް ވެއްޓުނު ހާދިސާގެ އަޑު އެހީ ފުން ހިތާމައާ ލަދު ވެރިތަމާއެކުގައި ކަމަށާއި، މިހާދިސާ ދެކުމަށްވުރެ ހާދިސާގައި އޭނާވެސް ޝަހީދުވިނަމަ މާ ރަނގަޅު ކަމަށް. އަދި މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ކަމެއް ކޮށްދޭނެ ކަމަށާއި ނަމަވެސް އެމެރިކާއާއެކު ކުރަމުން އަންނަ ހަނގުރާމަ އަކަށް މިކަމުގެ ސަބަބުން ބަދަލު ނާންނާނެ ކަމަށް އޭނާ ވިދާޅުވި.

00:37

މި ހަމަލާގައި އެމެރިކާގެ ސިފައިނަކަށް އަނިޔާވެފައިވާ ކަމެއް އަދި ސާފެއް ނުވޭ.

00:34

މި ހަމަލާ ދީފައި ވަނީ ކޮން ބައެއްކަން އަދި އެނގިފައި ނުވާއިރު، ހަމަލާގެ ޒިންމާވެސް އަދި އެއްވެސް ފަރާތަކުން ނުއުފުލާ.

00:33

އިރާގުގެ އަސްކަރިއްޔާ އިސް ވެރިޔަކު ވިދާޅުވެފައި ވަނީ ހަމަލާގައި އަނިޔާވެފައި ވަނީ އެ މަރުކަޒުގެ ފޯރި މަރަން ތިބި އެ ގައުމުގެ ސިފައިން ތަކަކަށް ކަމަށް.

00:32

ހަމަލާތައް އަމާޒުވީ އިރާގުގައި ހުންނަ އަލް ބަލަދް އަސްކަރީ މަރުކަޒަަށް.

00:31

އެމެރިކާގެ އަސްކަރީ މަރުކަޒަށް އަނެއްކާވެސް މިސައިލް ހަމަލާތަކެއް އަމާޒުވެފައި މިވަނީ އީރާނުން އެމެރިކާގެ އަސްކަރީ 2 މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ފޮނުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ.

އެމެރިކާ އިން އިރާން އަސްކަރިއްޔާގެ އެންމެ އިސް އެއް ކޮމާންޑަރު، މޭޖާ ޖެނެރަލް ޣައްސާމް ސުލެއިމާނީ އަވަހަރާކޮށްލާފައި ވާއިރު، އީރާނުން ވަނީ އެކަމުގެ ރައްދެއްގެ ގޮތުން އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާ އަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި އެމެރިކާ އިން ފޮނުވާލި މިސައިލެއް ކަމަށް ހީކޮށް އީރާނުން ވަނީ އެ ގައުމުގެ ވެރިރަށް ތެހްރާނުން އުދުއްސައިލި މަތިންދާބޯޓަކަށްވެސް މިސައިލް ހަމަލާ އެއް ދީފައެވެ. އެ ހަމަލާގައި އެ ފްލައިޓުން ދަތުރު ކުރި އެންމެން މަރުވެފައި ވާއިރު އެއީ އީރާނުން ދިން ހަމަލާ އެއް ނޫން ކަަމަށް ބުނެ، ފަހުން އެކަމަށް އެއްބަސްވުމުން އީރާނުގެ ރައްޔިތުން ވަނީ އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާވެސް ކޮށްފައެވެ.

މިރޭ އަނެއްކާވެސް އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީފައި ވާއިރު މި ހަމަލާގައި އިރާގުގެ ސިފައިންތަކަކަށް އަނިޔާ ވެފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ. މި ލައިވް ބްލޮގުން އީރާނާއި އެމެރިކާ އާއި ދެމެދު ހިނގަމުން އަންނަ ހުރިހާ ކަމެއްގެ އެންމެ ފަހުގެ އަޕްޑޭޓުތައް ފެންނަން ހުންނާނެއެވެ.