23:54

އިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީފި.

22:46

އެމެރިކާ އާއި އިސްރާއީލުން މެދުއިރުމަތީގައި ބޭނުން ގޮތެއް ހަދައި ނުލެވި މިހާތަނަށް އޮތީ އެމެރިކާގެ ހަމަލާއެއްގައި އަވަހާރަވި އީރާންގެ ޖެނެރަލް ޣައްސާމް ސުލައިމާނީގެ ސަބަބުން ކަމަށާއި އެއީ އެއީ އެމެރިކާ އާއި އިސްރާއީލާއި ދެކޮޅު ހުރިހާ ރޭވުމެއްގެ މައި "އާކިޓެކްޗަރ" ކަމަށް އީރާންގެ ރިވޮލިއުޝަން ގާޑްސް ކޮޕްސްގެ ޗީފް ހުސައިން ސަލާމީ ވިދާޅުވެއްޖެ.

20:22

19:21

ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން އެމެރިކާއާ ދެކޮޅަށް ދައުވާކުރަން ނިންމައިފި. އެމައްސަލަ ހުށައަޅާފައިވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް. އީރާނުގެ ޖުޑިޝަރީގެ ތަރުޖަމާނު ވިދާޅުވީ އެމައްސަލަ ބަލާނީ ސުލައިމާނީ އަވަހާރަކޮށްލި ގައުމުކަމުގައިވާ އިރާގާއި އީރާނުގެ ކޯޓުތަކުގައި ކަމަށް. އަދި އެ މައްސަލައިގެ ހުކުމަކާ ހަމައަށް ދިއުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށާއި ނަމަވެސް އެމައްސަލަ ކޮޅެއްގައި ޖެހެންދެން މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވި.

19:16

ޔޫކްރޭނު ބޯޓު ވައްޓާލުމާ ގުޅިގެން އީރާނުގައި ކުރަމުންދާ މުޒާހަރާތަކުގައި މިއަދު މިހާތަނަށް 30 މީހަކު ހައްޔަރުކޮށްފި. މިކަން އިއުލާންކޮށްފައިވަނީ އެގައުމުގެ ދައުލަތުގެ ޓީވީ އިން.

16:03

މެދު އިރުމަތީ ގައުމުތަކުގައި ތިބި އެމެރިކާ ސިފައިން އެގައުމުތަކުން ބޭލުމަށް އީރާނުން ގޮވާލާފައިވަނިކޮށް އެގައުމުތަކަށް އިތުރު ސިފައިން ފޮނުވަން އެމެރިކާއިން ނިންމައިފި. ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުތަކުގައި އެމެރިކާގެ 70،000 އަށްވުރެ ގިނަ ސިފައިން މިހާރުވެސް އެބަ ތިބި. އެމެރިކާއިން މިގޮތަށް ނިންމި އިރު އީރާނުން ބުނެފައި އޮތީ ސުލައިމާނީގެ މަރުގެ ބަދަލު ހިފާނީ މެދު އިރުމަތީގެ ގައުމުތަކުން އެމެރިކާގެ ފައި ބުރި ކޮށްލައިގެން ކަމަށް. އަދި އެ ގައުމުތަކުގެ އެމެރިކާ ސިފައިން ތިބޭ ބޭސްތަކަށް ހަމަލާ ދޭނެ ކަަމަށްވެސް ބުނެފައިވޭ.

15:54

15:49

ޔޫކްރޭނު ފްލައިޓު ވައްޓާލަން "އޮޅިގެން" ދެވުނު ހަމަލާގެ މައްސަލާގައި އެކަމަށް ޒިންމާ ވާން ޖެހޭ ފަރާތްތައް ހައްޔަރުކުރަން ފަށައިފި. މިކަން ހާމަކޮށްފައިވަނީ އެގައުމުގެ ސަރުކާރުގެ ޓީވީއިން. އެގައުމުގެ ސަރުކާރުގެ ޓީވީ، ޕްރެސް ޓީވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފުން ތަހުގީގެއް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އަދި އެ ހާދިސާއާ ގުޅިގެން މީހުން ހައްޔަރުކުރަން ވަނީ ފަށާފަ ކަމަށްވެސް ބުނެފައިވޭ. ނަމަވެސް ހައްޔަރުކުރީ ކޮންބައެއް ކަމެއް އަދި ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވޭ.

14:49

ޔޫކްރޭނު ބޯޓު ވެއްޓުނު ހާދިސާގައި އެ ބޯޓުގައި ތިބި އެންމެން ވަނީ މަރުވެފަ. ޖުމްލަ 176 މީހުން މަރުވި އެ ހާދިސާގައި ބޯޓު ވެއްޓުނީ އީރާނުން ދިން ހަމަލާއެއްގައި ކަމަށް އޮތީ ޔަގީން ކުރެވިފަ. އެކަން އެގައުމުން ވެސް ވަނީ ކަށަވަރުކޮށްދީފަ. އަދި އެ ހަމަލާ ދިނީ ރާޑަރަށް ފްލައިޓު އެރި ވަގުތު އެއީ އެމެރިކާއިން ދިން މިސައިލް ހަމަލާއެއްގެ ގޮތުގައި ބެލެވިގެން ކަމަށްވެސް އީރާނުން ބުނެފައިވޭ.

14:44

ޔޫކްރޭނުގެ ބޯޓަށް އީރާނުން ހަމަލާދިނީ އެމެރިކާގެ ރައީސް ޓްރަމްޕުގެ ސަބަބުން ކަމަށް ކެނެޑާގެ ރައީސް ޖަސްޓިން ޓްރުޑީ ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ޖެނެރަލް ޣާސިމް ސުލައިމާނީ އަވަހާރަނުކޮށްލި ނަމަ އެ ސަރަހައްދުގައި ހަނގުރާމައިގެ ބިރު އުފެދި، އެފަދަ ހަމަލާތައް އަމާޒު ނުވާނެ ކަމަށް. އަދި ޓްރަމްޕް ފެށި ހައިޖާނު ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އޭނާ ވަނީ ގޮވާލާފަ.

11:09

10:47

އީރާނުން އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަން ބްލެކް ލިސްޓުކޮށްފި. އެގައުމުން ޕެންޓަގަން ބްލެކް ލިސްޓުކޮށްފައިވަނީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި އެކަމާ ގުޅޭ ބިލު ވަގުތުން ތަންފީޒު ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ރައީސް ހަސަން ރޫހާނީގެ އަމުރުކުރުމުން.

10:30

އެންބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސުލައިމާނީ އަވަހާރަކޮށްލީ، ގަލްފުގެ މަތިން އުދުހުނު އެމެރިކާގެ ޑްރޯންއެއް އީރާނުން ވައްޓާލުމާ ގުޅިގެން. އަދި އެއީ ސުލައިމާނީ އަވަހާރަކޮށްލަން ޓްރަމްޕު ދިން އޯޑަރު ތަންފީޒުކުރަން ނިންމި ހިސާބު ކަމަށްވެސް ބުނެފައިވޭ. އެފަހަރުވެސް އެމެރިކާއިން ބުނީ އެ ޑްރޯން ވައްޓާލާފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގެ މަތިން އުދުހެނިކޮށް ކަމަށް. ނަމަވެސް އީރާނުން ބުނެފައިވަނީ އެ ޑްރޯން ވައްޓާލީ އެގައުމުގެ ވައިގެ ސަރަހައްދުގެ ތެރޭގައި އުދުހެނިކޮށް ކަމަށް.

10:26

ސުލައިމާނީ އަވަހާރަކޮށްލަން ޓްރަމްޕު އޯޑަރު ދީފައިވަނީ މީގެ ހަތް މަސް ކުރިން ކަން ހާމަވެއްޖެ. މިދިޔަ އަހަރުގެ ޖޫން މަސްތެރޭގައި ޓްރަމްޕް ސޮއި ކޮށްފައިވާ އެ އަމުރުގައި "ޝަރުތު"ތަކެއްވެސް ކަނޑައަޅާފައިވޭ. އެގޮތުން އީރާނުން އެމެރިކާގެ ރައްޔިތަކު މަރާލައިފި ނަމަ ސުލައިމާނީ އަވަހާރަކޮށްލުން ހިމެނޭ.

00:18

އައިސިސްގެ ހަނގުރާމަވެރިންނާ ހަނގުރާމަ ކުރަން ކަމަށްބުނެ އިރާޤްގައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަމުން އަންނަނީ އީރާޤްގެ ސަރުކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށް އިރާޤުން ބުނެފި. އިރާޤްގެ ބޮޑު ވަޒީރު މިއަދު ވިދާޅުވީ އިރާޤްގެ ޤާނޫން ހަދާ މަޖިލީހުން ހުރިހާ ޤައުމެއްގެ އަސްކަރިއްޔާއިން އެޤައުމުން ފައިބަން ފާސްކޮށްފައިވާ ކަމަށާއި އަދި އެޤައުމުގެ ސަރުކާރުން އެކަން ތަންފީޒް ކުރަން މަސައްކަތް ކުރާނެ ކަމަށް. އަދި ވިދާޅުވީ، އެޤައުމުން އެމެރިކާގެ އަސްކަރިއްޔާއެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ވެފައިނުވާނެ ކަމަށާއި އިރާޤުން ބޭނުންވެއްޖެ ހާލަތެއްގައި އެމެރިކާއާއި އެހެންވެސް ޤައުމުތަކުގެ އަސްކަރިއްޔާއިން އެޤައުމުން ފައިބަން މަޖުބޫރުވާނެ ކަމށް.

00:12

އެމެރިކާއިން އީރާންގެ ކޮމާންޑަރ ޝަހީދުކޮށްލާފައިވަނީ ގަސްދުގައި މެދު އިރުމަތީގެ މަޝްރަޙް ހަލަބޮލިކޮށްލަން ކަމަށް ތުރުކީއިން ބުނެފި. ތުރުކީގެ ރައީސްގެ ތަރުޖަމާނު އަދި ސްޕެޝަލް އެޑަވައިޒަރ އިބްރާހީމް ޚާލިން މިއަދު ވިދާޅުވީ، ދުރުރާސްތާއަށް ބަލާއިރު، އެމެރިކާގެ މި އަމަލަކީ އެމެރިކާއިން އެޅި ޅަ އެއްޗެއް ކަމަށާއި މިކަމުގެ ސަބަބުން ހީނުކުރާ ފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް. އަދި މިކަމުގެ ސަބަބުން އިރާޤްގެ މަޝްރަޙް ގޯސްވާނެ ކަމަށާއި ހަމަ މިފަދައިން ޔަމަންއާއި ސީރިޔާއަށްވެސް މިކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް. އަދި އެމެރިކާއާއި އީރާނުން މިމައްސަލަ ހޫނު ކުރުމުގެ ބަދަލުގައު ސުލްޙައަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ނޫންނަމަ މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށި ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށްވެެސް އޭނާ ވިދާޅުވި.

އީރާންގެ ކޮމާންޑަރު މޭޖާ ޖެނެރަލް ޣައްސާމް ސުލެއިމާނީ އަވަހާރަކޮށްލުމާއި އެކު މެދުއިރުމަތީގެ މަޝްރަހު މިވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އީރާނުން އެކަމުގެ ރައްދު ހަމަލާތައް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދީފައި ވަނިކޮށް އިއްޔެ އަނެއްކާވެސް އިރާގުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ވަނީ ހަމަލާތަކެއް އަމާޒުވެފައެވެ. އަދި އީރާނުން އޮޅުމަކުން ޔޫކްރޭނުގެ ފްލައިޓެއް ވައްޓާލާފައި ވާއިރު ގިނަ ގައުމުތަކަކުން ވަނީ އީރާނުގެ މަތިން ދަތުރު ކުރުން މެދު ކަނޑާލާފައެވެ.

މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް އިތުރު ދަތު ކުރުމުގެ ފިޔަވަޅުތައް އަޅައި އެ ގައުމު ދެކަކޫ މައްޗައް ތިރި ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. މި ލައިވް ބްލޮގުން އެމެރިކާ އާއި އީރާނާއި ދެމެދު ހިނގަމުން އަންނަ ހުރިހާ ކަމެއްގެ އެންމެ ފަހުގެ އަޕްޑޭޓުތައް ފެންނަން ހުންނާނެއެވެ.