އަވަށްޓެރި އިންޑިއާގައި ކިޔަވަމުން އަންނަ އެގައުމުގެ ކުދިންނަށް ވުރެން ގެރިއަށް މާ ބޮޑަށް ރައްކާތެރިކަން ދޭ ކަމަށް ކުރީގެ މަޝްހޫރު ފިލްމީ ތަރި ޓްވިންކަލް ކަންނާ ބުނެފިއެވެ.

އިންޑިއާގެ 2 ޔުނިވާސިޓީއެއްގެ ދަރިވަރުންނަށް އަނިޔާ ކޮށްފައިވާ ހަބަރު ޖަހާފައިވާ ނޫހަކަށް ހަވާލާދީ ޓްވިންކަލް ކޮށްފައިވާ ޓްވިޓުގައި ބުނެފައިވަނީ އިންޑިއާއަކީ ކިޔަވާ ކުދިންނަށް ވުރެން ބޮޑަށް ގެރިއަށް ރައްކާތެރިކަން ދޭ ކަމަށެވެ.

"އިންޑިއާގައި މިހާރު ވަނީ ގެރި ކަތިލުންވެސް މަނާކޮށްފައި. އޭގެ މާނައަކީ ކުދިންނަށް ވުރެ ބޮޑަށް ގެރިއަށް ރައްކާތެރިކަން ދޭކަން. ކިޔަވާ ކުދިންނަށް އަނިޔާ ކުރުން މަނާ ކޮށްފައެއް ނެތް. ދަރިވަރުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މުޒާހަރާ ކުރާނެ" ޓްވިންކަލް ކޮށްފައިވާ ޓްވިޓުގައި ބުނެފައިވެއެވެ.

ޓްވިންކަލް ވަނީ އިންޑިއާގެ ބޮޑެތި ނޫސްތަކުން އާއްމު ކޮށްފައިވާ ވީޑީއޯ ތަކަށްވެސް ހަމަ އެފަދައިން ސުރުހީ ޖަހާފައެވެ. އަދި އޭނާ ބުނެފައިވަނީ އެކަން އެގޮތަށް ކުރުމުން ދުނިޔޭގެ އެކި ގައުމު ތަކުގެ މީހުންނަށް އެކަން ފެނިގެން ދާނެ ކަމަށެވެ.

މި މަހުގެ 5 ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީގެ ޖަވާހަރުލާލު ޔުނިވާސިޓީގެ ތެރެއަށް ހައްދުފަހަނައަޅާފައިވާ ހިންދޫންގެ 50އަށްވުރެ ވިނަ މީހުން ވަދެ ވަނީ އެތަނުގައި ކިޔަވަމުން ގެންދިޔަ މުސްލިމް ކުދިންނަށް އަނިޔާކޮށްފައެވެ. އޭގެ ތެރޭގައި އެ ޔުނިވާސިޓީގެ ލެކްޗަރުންވެސް ހިމެނެއެވެ.

މިކަމާއި ދެކޮޅަށް އިންޑިއާ ސަރުކާރުން އެއްވެސް ކަހަލަ ފިޔަވަޅެއް މިއަދާއި ހަމައަށްވެސް އަޅާފައި ނުވާތީ އިންޑިއާގެ ގިނަ ބަޔަކު އަންނަނީ އެގައުމުގެ ސަރުކާރާއި ފުލުހުން އަދި ހިންދޫންނާއި ދެކޮޅަށް މުޒާހަރާއަށް ނުކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކާފަބޭ2020

  އެމީހުންނަކީ މެޖޯރިޓީބުޑިސްޓުގައުމެއް އެކަމާއެމީހުން އަޅާނުލިއަސް މިމުސްލިމްޤައުމުގައި އެމީހުންހިންގިލާއިންސާނީއަމަލަށް މަރުހަބާކިޔާނެ ބަޔަކުތިބިކަން ހިތާމަޔާއެކުފާހަގަކުރަން!!!!!!

  8
  3
  • ނާނު

   ޢެއީކީ އަދި ބުޑިސްޓުންނެއް ނޫން ބުޑިސްޓުންވެސް ގެން ގުޅެނީ އަޅުކަން ކު ރަން އެކަތި ބުއްދާ މިހިންދީ ބައިގަނޑު ގެންގުޅޭނެ ކިތައްމެ އެއްޗެއް އަޅުކަން ކު ރަން އެއިގެތެ ރެއިން އެކަތި މިގެ ރިއަކީވެސް

 2. ޓްވިންކަލް

  ޤައުމުގަހިނގާ ތިޔަކަހަލަ ނޭއްގާނި ކަންތައްތަކައް ކެރިގެން ފާޅުގަބަސްބުނާމީހަކައްވާތި

  8
  2