ނިމިދިޔަ 2019 ވަނަ އަހަރު އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ ސައުދީ އަރަބިއްޔާއިން ކަމަށް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 184 މީހަކަށް މަރުގެ ހުކުމްކޮށް، އެ އަދަބު ތަންފީޒުކޮށްފައި ވެއެވެ. އެއީ 2018 ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒު ކުރި މިންވަރާ އަޅާ ބަލާއިރު 35 މީހުން ގިނަ އަދަދެއް ކަމަށްވެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިދިޔަ އަހަރު މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ މީހުންގެ ތެރެއިން އެކަކު މަރާލާފައިވަނީ ސަލީބަށް އަރުވައިގެންނެވެ. އަދި ދެން ތިބި މީހުންނަކީ އުމުރުން 18 އަހަރު ނުވާ ކުޑަކުދިން ކަމަށާއި އޭގެ ތެރެއިން ގިނަ ގިނަ ކުދިންނަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގަސްދުގައި މީހަކު މަރާލުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކުދިން ކަމަށް ވެއެވެ.

އެކި މައްސަލަތަކުގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 37 މީހަކު މަރާލީ ޓެރަރިޒަމުގް ކުށް ސާބިތުވެގެންނެވެ. އެންމެ ގިނަ މީހުން މަރާލާފައިވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. ދެން ތިބި މީހުން މަރާލާފައިވަނީ އެއް ޖިންސުން ގުޅުން ހިންގުމާއި ސަރުކާރާ ދެކޮޅަށް އަޑު އުފުލުން ފަދަ ކުށްތަކުގައެވެ.

އެއް އަހަރު ދުވަސްތެރޭ ގިނަ އަދަދެއްގެ މީހުންނަށް މަރުގެ ހުކުމް އިއްވާފައިވުމުން ބައިނަލްއަގުވާމީ ގޮތުން އެގައުމަށް ދަނީ ޕްރެޝަރު ދެމުންނެވެ. އަދި އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނަށް މަރުގެ ހުކުމް އިއްވައި ތަންފީޒު ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގައި މަނާ ކަމެއް ކަމުން އެ ކަން އޮތީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަން

    ކޮންތާކުން ނަގައިގެން އުޅޭ ހަބަރެއްމީ.

    11
    1
  2. މޮހޮރު

    ދެން ދިވެހި ރާއްޖެ ތިޔަ ރިކޯޑަށް އަރާނީ

    14
    6
  3. ްއމރކ ބޮޑުފޭކުން

    ދެން އެމެރިކާއިން މިދިޔަ އަހަރު މަރާލި 1000+ ޓެރަރިސްޓުންނަކީ އިންސާނުން ނޫންތޯ؟ އެއްވެސް ޝަރީއަތަކާ ނުލާ ބަޑިޖަހާ މަރާލީ. މަރާލީ ގައުމީ ސަލާމަތަށް ނުރައްކާވާތީއޯ. ސައުދީއިން މީހުންނަށް މަރުގެ އަދަބު ދިނީ ޝަރީއަތަކާ ލައިގެން. އެންމެ އިންސާފްވެރިގައުމަށް ސައުދީ އަރަބިޔާ ފަހަރެއްގައި ނުވެދާނެ. އެކަމަކު 184 މީހުން މެރުމަށް ހުކުމް ކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާތީ. ސައުދީއަށް ވުރެ ކްރިސްޓިއަން ގައުމުތަކުގެ ވެރިންނަކީ ނުބައި ބައެއް

    21
  4. ރަނގަޅު

    ބަލަ އަހަރުމެން ނުޖެހޭ ބޭރު ގައުމު ތަކުން ކުށްވެރި ކުރާތީއޭ ކިޔާފަ ބަލާކައް އަހަރުމެން ފޮލޯ ކުރަން ޖެހޭނީ ކީރިތި ޤުރުއާން ގައި ވާ ގޮތަށް..