އިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީފިއެވެ.

މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އިރާޤުގެ ތާޖީގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަށް މިރޭ ވަނީ ފަސް ރޮކެޓް ހަމަލާއެއް ދީފައެވެ.

މި ރޮކެޓް ހަމަލާތައް ދިނީ ކޮން ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ. ހަމަލާތަކުގެ ސަބަބުން އެމެރިކާ ސިފައިންގެ މީހަކަށް ގެއްލުމެއް ލިބުނު ކަން ވެސް އަދި ކަށަވަރެއް ނުވެއެވެ.

ހަމަލާތައް އަމާޒުވި އެމެރިކާގެ އަސްކަރީ މަރުކަޒަކީ އިރާޤުގެ ވެރިރަށް ބަޣުދާދާއި ކައިރި އަވަށެއްގައި ހުރި އަސްކަރީ މަރުކަޒެކެވެ.

އެމެރިކާ އިން މި މަހުގެ 03 ވަނަ ދުވަހު އީރާނުގެ އިސް ޖެނެރަލެއް ކަމަށްވާ ޣައްސާމް ސުލައިމާނީ އަވަހާރަކޮށްލި ފަހުން ދޭތެރެ ދޭތެރެއިން އިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދަނީ ހަމަލާތައް އަމާޒުވަމުންނެވެ. މީގެ ތެރެއިން ބައެއް ހަމަލާތައް ދީފައި ވަނީ އީރާން ސިފައިންނެވެ. އަނެއްބައި ހަމަލާތައް ދީފައި ވަނީ އިރާޤުގައި ހަރަކާތްތެރިވާ އީރާނަށް ތާއިދުކުރާ ހަނގުރަމަވެރިންނެވެ.

މިރޭ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާ އާއި ގުޅޭ ގޮތުން އެމެރިކާ އިން ވެސް އަދި އީރާނުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސާބަސް

  އީ ރާނައް ސާބަސް އެ މަރިކާ ނޭވާ ލެވިޔަ ނުދޭތި... އަހަރެން ގެ އަވަސް ދުޢާ އަކީ އީސްރާއީލައް ހަ މަލަ ދޭނެ އިންތިޒާރު ' ފަލަސްތީނުގެ ދިފާއު ގައި އީރާން އޮންނާތީ ވަރަށް އުފާވޭ... މި ދުނިޔޭގައި ހުރިހާ އިސްލާމީ ޤައުމުތަކުގެ ތެރެއިން އީރާން އަކީ ފާޅުގައި ފަލަސްތީނުގެ މުޖާހިދުން ނަށް ހަތިޔާރު ފޯރުކޮށްދޭ ހަ މައެކަނި ގަޢު މު...އަދި އެ މަރިކާ އަށް ބިރު ނުގަންނަ ހަ މައެކަނި އިސްލާމީ ގަޢު މު.....

  19
 2. މި

  21
  2
 3. އަޙްމަދް

  އެމެރިކާއިން މިހާރު އެއޮތީ ނުސީދާ ގޮތެއްގައި އީރާނައި ހަނގުރާމަ ފަށާފައެވެ.
  މިޒަމާނުގައިވެސް އިހުޒަމާނުގައިވެސް ހަނަގުރާމައެއްގެ ފުރަތަމަ ފިޔަވައްސަކީ އެއްޤައުމުން އަނެއްޤައުމުގެ މައްޗަށް އަޅާ ދަތި ކުރުމުގެ ފިޔަވަޅެވެ.
  އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން
  އީރާނުގެ އިޤްތުސޯދު އެދަނީ ހަލާކުވެ ތަޙައްމަލު ނުކުރެވޭހާ ބޮޑެތި ގެއްލުންތަށް ލިބެމުންނެވެ.
  މިކަމުން އެމެރިކާއި އެމެރިކާގެ ބައިވެރިންނަކަށް އެއްވެސް ގެއްލުމެތް ނެތެވެ.
  އެހެންވީމާ ޓްރަމްޕުގެ ސަރުކާރުން މިފިޔަވަޅުތަށް އުވާލަނެކަމުގެ ވިސްނުމެތް އަދިމިވީހާތަކަށް ފެއްނާކަށް ނެތެވެ.
  އެހެންކަމުން މިއީ ފުރަތަމަ މަރްޙަލާ ކާމިޔާބު ވާކަމުގެ ބޮޑު ހެއްކެކެވެ.
  ދެވަނަ ކަމަކީ ނަފްސާނީ ގޮތުން ދިމާކުރުމެވެ.
  އެއީ ރަސްމީގޮތެއްގައި ހަނގުރާމަ އިޢުލާނު ކުރުމެތްނެތި އީރާނުގެ ސަރުކާރުގެ އެއްމެ އިސް ސަފުގައި ތިބޭ އަސްކަރީ މީހުންތަށް އެމެރިރިކާ ބޭނުންވާ ގޮތް ގޮތަށް އަނބުރުވާލުމެވެ.
  ނޫނީ އެކެތިފަހަރުންޖަހާދުއްވާލުމެވެ.
  އެކަމުގެ ސާފުހެއްކެތް އެއީ އީރާނުގެ އިސްކޮމާންޑަރު ދުއްވާލުން.
  އެހެންކަމުން މި ދެމަރުޙަލާ ވަރަށް ރަނަގަޅަށް ފުރިހަމަވުމުން
  ތިންވަނަ މަރުޙަލައަށް އެމެރިކާ ދާނެއެވެ.
  ތިންވަނަ މަރުޙަލާ ކުރިއަށް ގެނދިއުމަށްޓަކާ އެމެރިކާ ބޭނުންވާނީ އީރާނުލައްވާ ބޮޑެތި ގޯސްތަކެއް ހެއްދުމެވެ.
  ނުވަތަ އީރާނުލައްވާ ހަނގުރާމަ އިއުލާނު ކުރުވުމެވެ.
  އެއީ އެއްމެ ފަހުގެ މަރުހަލާއެވެ.
  މި މަރްހަލާގައި އެމެރިކާއިން އާއްމުކޮށް ކަންތަށް ކުރާ އުސޫލުން ހަންގުރާމަކޮށް ކުރިއަށް ގެންދާނެއެވެ.
  އެއީ އެމެރިކާގެ ބާ ހަތިޔާރުތަށް ބޭނުންކޮށް ހުސްކޮއްލާ
  އަދި އާ ހަރިޔާރުތަށް ޓެސްޓުކޮއްލުމާއި އެކު ގިނަ ޑިވިޒަން ތަކުގެ ސިފައިން ހަނގުރާމައިގެ ތަމްރީނުތަށް ތާޒާކޮއްލުމާއި އެކު ފުރިހަމަ ކޮށްލުމެވެ.
  ރުހުނަސް ނުރުހުނަސް ފުންކޮށް ވިސްނާ ފިކުރު ހިނގާލައިފިނަމަ މިއީ ފެއްނަން ހުރި ޙަޤީޤަތެވެ.

 4. އަޙްމަދް

  އެމެރިކާއިން މިހާރު އެއޮތީ ނުސީދާ ގޮތެއްގައި އީރާނައި ހަނގުރާމަ ފަށާފައެވެ.
  މިޒަމާނުގައިވެސް އިހުޒަމާނުގައިވެސް ހަނަގުރާމައެއްގެ ފުރަތަމަ ފިޔަވައްސަކީ އެއްޤައުމުން އަނެއްޤައުމުގެ މައްޗަށް އަޅާ ދަތި ކުރުމުގެ ފިޔަވަޅެވެ.
  އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން
  އީރާނުގެ އިޤްތުސޯދު އެދަނީ ހަލާކުވެ ތަޙައްމަލު ނުކުރެވޭހާ ބޮޑެތި ގެއްލުންތަށް ލިބެމުންނެވެ.
  މިކަމުން އެމެރިކާއި އެމެރިކާގެ ބައިވެރިންނަކަށް އެއްވެސް ގެއްލުމެތް ނެތެވެ.
  ވީމާ ޓްރަމްޕުގެ ސަރުކާރުން މިފިޔަވަޅުތަށް އުވާލަނެކަމުގެ ވިސްނުމެތް އަދިމިވީހާތަކަށް ފެއްނާކަށް ނެތެވެ.
  އެހެންކަމުން މިއީ ފުރަތަމަ މަރްޙަލާ ކާމިޔާބު ވާކަމުގެ ބޮޑު ހެއްކެކެވެ.
  ދެވަނަ ކަމަކީ ނަފްސާނީ ގޮތުން ދިމާކުރުމެވެ.
  އެއީ ރަސްމީގޮތެއްގައި ހަނގުރާމަ އިޢުލާނު ކުރުމެތްނެތި އީރާނުގެ ސަރުކާރުގެ އެއްމެ އިސް ސަފުގައި ތިބޭ އަސްކަރީ މީހުންތަށް އެމެރިރިކާ ބޭނުންވާ ގޮތް ގޮތަށް އަނބުރުވާލުމެވެ.
  ނޫނީ އެކެތިފަހަރުންޖަހާދުއްވާލުމެވެ.
  އެކަމުގެ ސާފުހެއްކެތް އެއީ އީރާނުގެ އިސްކޮމާންޑަރު ދުއްވާލުން.
  އެހެންކަމުން މި ދެމަރުޙަލާ ވަރަށް ރަނަގަޅަށް ފުރިހަމަވުމުން
  ތިންވަނަ މަރުޙަލައަށް އެމެރިކާ ދާނެއެވެ.
  ތިންވަނަ މަރުޙަލާ ކުރިއަށް ގެނދިއުމަށްޓަކާ އެމެރިކާ ބޭނުންވާނީ އީރާނުލައްވާ ބޮޑެތި ގޯސްތަކެއް ހެއްދުމެވެ.
  ނުވަތަ އީރާނުލައްވާ ހަނގުރާމަ އިއުލާނު ކުރުވުމެވެ.
  އެއީ އެއްމެ ފަހުގެ މަރުހަލާއެވެ.
  މި މަރްހަލާގައި އެމެރިކާއިން އާއްމުކޮށް ކަންތަށް ކުރާ އުސޫލުން ހަންގުރާމަކޮށް ކުރިއަށް ގެންދާނެއެވެ.
  އެއީ އެމެރިކާގެ ބާ ހަތިޔާރުތަށް ބޭނުންކޮށް ހުސްކޮއްލާ
  އަދި އާ ހަރިޔާރުތަށް ޓެސްޓުކޮއްލުމާއި އެކު ގިނަ ޑިވިޒަން ތަކުގެ ސިފައިން ހަނގުރާމައިގެ ތަމްރީނުތަށް ތާޒާކޮއްލުމާއި އެކު ފުރިހަމަ ކޮށްލުމެވެ.
  ރުހުނަސް ނުރުހުނަސް ފުންކޮށް ވިސްނާ ފިކުރު ހިނގާލައިފިނަމަ މިއީ ފެއްނަން ހުރި ޙަޤީޤަތެވެ.

 5. އީރާން

  އީރާނައްސާބަސް އެމެރިކާ ބިރުވެރިކަމެއްގެތެރޭގަބާއްވާ