މެދުއިރުމަތީގައި ޔޫރޮޕާއި އެމެރިކާގެ ސިފައިން ގިނަ އަދަދަކަށް އަސްކަރީ މަރުކަޒުތައް ބިނާކޮށްގެން ތިބިއިރު، އެ ސަރަހައްދުން އެ ސިިފައިން ނުފައިބައިފި ނަމަ އެމީހުން ވަނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ބުނެ އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޒާރު ދެއްވައިފިއެވެ.

ރޫހާނީ މިހެން ވިދާޅުވެފައި މިވަނީ އީރާނުން 2015ވަނަ އަހަރު ވެފައިވާ ނިއުކްލިއާ އެއްބަސްވުމަށް އަމަލު ނުކުރަން އެ ގައުމުން ނިންމުމުން އެކަމާއި ދެކޮޅަށް އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ފްރާންސުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.

"މިއަދު އެމެރިކާ ސިފައިން ވަނީ ނުރައްކަލެއްގެ ތެރޭގައި. މެދުއިރުމަތިން ނުފައިބައިފި ނަމަ މާދަމާ ޔޫރޮޕްގެ ސިފައިންތައްވެސް ތިބެން ޖެހޭނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި" އީރާނުގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއު އެއްގައި ރީހާނީ ވިދާޅުވެފައި ވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްސާމް ސުލެއިމާނީ އަވަހާރަކޮށްލި ފަހުން އީރާނުން ޔޫރިޕްގެ ގައުމުތަކަށް މިފަދަ އިންޒާރެއް ދިން ފުރަތަމަ ފަހަރުކަމެވެ. މީގެ ކުރިން މުޅިންވެސް އެ ގައުމުން އިންޒާރު ދީފައި ވަނީ އެމެރިކާ އަށެވެ.

އީރާނުން 2015ވަނަ އަހަރު އެކުލަވާލި ނިއުކްލިއާ އެއްބަސްވުމަށް އަމަލު ނުކުރަން ނިންމުމުން މިހާރު ޓްރަމްޕް ވަނީ "ޓްރަމްޕް ޑީލް" ގެ ނަމުގައި އީރާނާއި އެކު އައު އެއްބަސްވުމެއް ހަދަން ހުށަހަޅާފައެވެ. ނަމަވެސް ރޫހާނީ ވިދާޅުވެފައި ވަނީ އެއްބަސްވުންތަކާއި ޙިލާފްވުނާ ގައުމަކާއި އެކު އިތުރު އެއްބަސްވުމަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

އެމެރިކާ އާއި ޔޫރޮޕްގެ ގައުމުތަކުން އަންނަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަފާނެތީ ކެނޑިނޭޅި އެކަމާއި މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖިންނި

    އެމެރިކާ އާއި އިޔޫރަޕް އަތުގަ އެކަނިތަ ނިއުކްލިއަރ ހުންނަން ޖެހެނީ ސޮލީބީންނަށް ހަލާކު މިންވަރު ކުރައްވާށި އާމީން

    29
  2. ޔ

    އީ ރާނައް ސާބަސް އެ މަރިކާ ނޭވާ ލެވިޔަ ނުދޭތި... އަހަރެން ގެ އަވަސް ދުޢާ އަކީ އީސްރާއީލައް ހަ މަލަ ދޭނެ އިންތިޒާރު ' ފަލަސްތީނުގެ ދިފާއު ގައި އީރާން އޮންނާތީ ވަރަށް އުފާވޭ... މި ދުނިޔޭގައި ހުރިހާ އިސްލާމީ ޤައުމުތަކުގެ ތެރެއިން އީރާން އަކީ ފާޅުގައި ފަލަސްތީނުގެ މުޖާހިދުން ނަށް ހަތިޔާރު ފޯރުކޮށްދޭ ހަ މައެކަނި ގަޢު މު...އަދި އެ މަރިކާ އަށް ބިރު ނުގަންނަ ހަ މައެކަނި އިސްލާމީ ގަޢު މު.....

    19
    2
  3. އަޙްމަދް

    ޝީޢީ ރާފިޟީ އީރާނުމީހިން ގެ ކަމަކީ ގަދަބަސް ބުނެފަ ފޮނިކެނޑުމެވެ.
    ޤައުމު އިނދަޖެހި އިޤްތިސާދު ފުނޑިގެން ދާއިރުވެސް ގަދަބަސް ބުނެފައި ފޮނިކެންޑުން!
    އެއްމެ މުހިއްމު ކޮމާންޑަރު މަރާލުމުންވެސް ގަދަބަސް ބުނެފައި ފޮނިކެނޑުން.

    4
    25
    • ކަންޒު ކަހަނބު

      ދެން ސަޢުދީ އެދަނީނު އެމެރިކާއަށާއި އިޒްރޭލަށް ބޮން އަޅަން.

    • މޮޔައެނޮނިމަސް

      އިރާނު މީހުން ވީޔާ އެވަރުވެސް ެެެެެ އެބަ ކުރޭ ތާ.ހާ ްްްްްްްްްްްްްްްްް