އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރުމުގެ މަރުހަލާ އެގައުމުގެ ސެނޭޓުގައި ފަށައިފިއެވެ.

ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ޔޫކްރޭނުގެ ރައީސް އަށް މިދިޔަ ޖުލައި މަހު ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއެއް ކަމަށްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންއާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި މައްސަލައިގަ އެވެ. ޓްރަމްޕް އިމްޕީޗް ކުރަން ހައުސް އިން ފާސްކުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުމާއި ކޮންގްރެސްގެ މަސައްކަތްތަކަށް ހުރަސް އެޅުއްވުމުގެ ކުށުގައެވެ.

ސެނޭޓުގެ މަޖިލީހަށް ޓްރަމްޕްއާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަ އިއްވަމުން، ހައުސް އޮފް ރިޕްރެޒެންޓިޓިވްސްގެ ކެލިފޯނިއާގެ މަންދޫބު ބުނެފައިވަނީ އެގައުމުގެ ކޮންގްރެސްގެ ބާރު ޓްރަމްޕު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ.

ޓްރަމްޕް ކުށްވެރިކޮށް މަގާމުން ދުރުކުރާނީތޯ ނިންމާނީ އޭނާގެ ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ. އެއީ އެ އަޣުލަބިއްޔަތު ލިބިއްޖެ ނަމައެވެ.

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަނީ އެ ގައުމުގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ.

ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވިކަމުގެ ކުށުގައި ޓްރަމްޕު މަގާމުން ދުރުކުރަން ހައުސް އޮފް ރެޕްރެޒެންޓިޓިވްސް އަށް ފޮނުވީ އެމެރިކާގެ ކުރީގެ ނައިބް ރައީސް ބައިޑަންގެ ތަހުގީގެއް ހިންގަން ޔުކްރެއިންގެ ރައީސަށް ޕްރެޝަރުކުރުމާއި ޔުކްރެއިން އަށް ދޭން ކޮންގްރެސް އިން ފާސްކުރި 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ، އެ ތަހުގީގުކުރާނެކަން އާންމުކޮށް އިއުލާންކުރެއްވުމުގެ ކުރިން ހިފެހެއްޓެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ިަިރެޑް

    އަޕްޑޭޓް ނުވެ.