އިންޑިއާއިން އަޅުވެތި ކޮށްފައިވާ ކަޝްމީރުގެ އުމުރުން 8 އަހަރުގެ އާސިފާ ބާނޯ ރޭޕް ކޮށް މަރާލުމާއި ގުޅިގެން ހައްޔަރު ކުރި އެންމެން އެމީހުންގެ މައްޗަށް ކުރާ ދައުވާ ތަކަށް އިންކާރުކޮއްފިއެވެ.

ކަޝްމީރުގެ ފައްޅިއެއްގައި ރޭޕްކުރުމަށްފަހު މަރާލި އާސިފާގެ ގާތިލުން ކަމަށް ތުހުމަތު ކުރެވޭ އިއްޔެ ކޯޓަށް ހާޒިރުކުރުމުން މަސައްކަތްކުރީ ދޮގު އަންގައިދޭ މެޝިން މެދުވެރިކޮށް ސަލާމަތްވާށެވެ.

ޤާތިލުންނަށް ތާއީދުކުރާ ވަކީލުންތަކެއް ވަނީ ކޯޓަށް މައްސަލަ ވެއްދުމަށްޓަކައި ފުލުހުން ކޯޓަށް ވަންނަން މަސައްކަތްކުރުމުން ފުލުހުންނަށް ހުރަސްއަޅާފައެވެ.

ފައްޅީގެ ވެރިއާއި 4 ފުލުސް އޮފިސަރުންވެސް ހިމެނޭ 7 ގާތިލުންގެ ވަކީލު ބުނީ އޭނާގެ މުވައްކިލުން އެއްވެސް ކުށެއް ނުކުރާ ކަމަށާއި ދޮގު އަންގައިދޭ މެޝިން މެދުވެރިކޮށް ބަޔާން ދޭން ތައްޔާރު ކަމަށެވެ.

އިއްޔެ އަޑުއެހުން ނިންމައިލީ ދެން ޝަރީއަތް ކުރިއަށް ގެންދާނެ ދުވަހެއް އިއުލާކުރުމަކާއި ނުލައެވެ.

ު

އިންޑިއާގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ގިނަ ބަޔަކު ބައިވެރިވެގެން މަރާލާފައި އޮއްވައި ފެނުނު އާސިފާގެ އާއިލާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް، އިންޑިއާގެ ސުޕްރީމް ކޯޓުން އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކަށް މިހާރު ވަނީ އަމުރުކޮށްފައެވެ.

ކޯޓުން މިގޮތަށް އަމުރުކޮށްފައި މިވަނީ، އާސިފާގެ މަރުގެ މައްސަލަ ފެންމަތިވެ ބަލަމުންދާ މި ދަނޑިވަޅުގައި އޭނާގެ އާއިލާއަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ބައެއް ފަރާތްތަކުން ދެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އާސިފާގެ އާއިލާ ދިރިއުޅެމުންދާ ގެ އަންދާލައި އާއިލާގެ މެމްބަރުންނަށް މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އާސިފާގެ އާއިލާގެ އިތުރުން އޭނާގެ ދިފާޢުގައި އާއިލާއަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ޤާނޫނީ ވަކީލް ދިޕިކާ އެސް ޖަޖަވާތަށް ވެސް އިންޒާރު ލިބެމުންދާއިރު، އޭނާ ބުނެފައިވެއެވެ.

މުސްލިމް އާއިލާއަކަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ އާސިފާ ވަގަށް ނަގައިގެންގޮސް ރޭޕްކޮށްލީ، އަށް މީހަކު ވެގެންނެވެ. މި ޢަމަލުގައި ފުލުހުންގެ އަތެއްވެސް ވާކަމަށް ބެލެވިފައިވާއިރު، ސަރުކާރުގެ އިންޑިއާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުގެ ބައިވެރިވުންވެސް މި ހާދިސާގައި ހިމެނޭ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. މިއެންމެންނަކީ ވެސް ހަރުކަށި ހިންދޫންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަސީދު

    އިންޑިޔާއަށް އަޅުގަނޑު މިގޮވާލަނީ ރާއްޖޭގެ ކަންކަމާ ނުބެހި އިހަށް އަމިއްލަ ޤައުމުގެ ކަންތައް އިސްލާހު ކުރާށޭ އަދި އަލިފުދާލުގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރާކަމަށް ދެއްކިގެން އުޅޭ ބައިގަޑަށްވެސް މިގޮވާލަނީ ރާއްޖެއާނުބެހި މިކަން ހުއްޓުވަންދާށޭ