ބުނެވޭ ބަސްތަކަށް ސަމާލުވުމަށާއި ބޭކާރު ވާހަކަ ދައްކައި ނޫޅުމަށް އީރާންގެ ރޫހާނީ ލީޑަރު އާޔަތުއްﷲ އަލީ ހާމަނާއީ އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދީފިއެވެ.

ޓްރަމްޕް ކޮށްފައިވާ ޓްވިޓްގައި ބުނެފައިވަނީ އީރާނުގެ ރޫހާނީ ލީޑަރު ފަހަކަށް އައިސް ވަރަށް ގިނައިން އެމެރިކާއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަންނަ ކަމަށެވެ. އޭނާ ވަނީ އެގޮތަށް ވާހަކަ ދެއްކުން ހުޓާލުމަށްވެސް ގޮވާލާފައެވެ.

"އީރާންގެ ރޫހާނީ ލީޑަރަކަށް ހުންނަވާ އާޔަތުﷲ އަލީ ހާމަނާއި މިހާރަކަށް އައިސް އެމެރިކާ އަދި ޔޫރަޕާއި ގުޅޭގޮތުން ފާޑުފާޑުގެ ވާހަކަތައް އަންނަނީ ދައްކަވަމުން." ޓްރަމްޕް ކުރި ޓްވިޓުގައި ބުނެފައިވެއެވެ.

ޓްރަމްޕް ބުނެފައިވަނީ އީރާންގެ އިޤްތިސޯދު އަންނަނީ ފުނޑުފުނޑު ވަމުން ކަމަށާއި އެގައުމުގެ އާންމު ރައްޔިތުންވެސް އުޅެމުން އަންނަނީ ވޭންދެނިވި ދިރިއުޅުމެއްގައި ކަމަށެވެ. ޓްރަމްޕް ބުނެފައިވަނީ އީރާނުގައި އެމެރިކާ ދެކެ ލޯބިވާ މީހުން ތިބި ކަމަށެވެ. އެހެން ކަމުން އީރާންގެ ނެތިގެން ދިއުމުގެ ކުރިން އެގައުމު ހަަމަ މަގަށް އަޅުވަން މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލާފާއެވެ.

އެމެރިކާއިން ވަނީ މިދިޔަ އަހަރުގެ ނޮވެމްްބަރު މަހުގެ ތެރޭގައި އިރާނުގެ ރޫހާނީ ލީޑަރަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެެވެ. އަދި އެމެރިކާ އިން ވަނީ ހާމަނާއީ އާއި ގުޅުން އޮންނަ 9 ވަރަކަށް މީހަކަށް އެކި ވަރުގެ ދަތި ކުރުމުގެ ފިޔަވަޅު އަޅާފައެވެ. މީގެ ތެރޭގައި ހާމަނާއީގެ ފިރިހެން ދަރިފުޅުވެސް ހިމެނެއެވެ.

މިމަހުގެ ކުރީކޮޅު އެމެރިކާ އިން ދިން ހަމަލާއެއްގައި އިރާންގެ އިސް އަސްކަރީ އޮފިސަރެއް ކަމަށްވާ ޣައްސާމް ސުލައިމާނީ އަވަހާރަކޮށްލުމުން އީރާނާއި އެމެރިކާގެ ގުޅުން ގޯސްވެ، ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖޯކަރު

    ޓްރަމްޕު އަކީ ބޮޑު ޖޯކަރެއް.. ސަމާލުވާށޭ ކޮންކަމަކައް.. ކަލޭމެން ގެ 2 ބޭހައް ހަމަލާ ދީފައި އެއޮތީ ވީ އެއްކަމެއް ވެސް ހަރާން...

    10
    1
  2. އަޙްމަދް

    ޓްރަމްޕް ބުނެފައިވަނީ އީރާންގެ އިޤްތިސޯދު އަންނަނީ ފުނޑުފުނޑު ވަމުން ކަމަށާއި އެގައުމުގެ އާންމު ރައްޔިތުންވެސް އުޅެމުން އަންނަނީ ވޭންދެނިވި ދިރިއުޅުމެއްގައި ކަމަށެވެ. ޓްރަމްޕް ބުނެފައިވަނީ އީރާނުގައި އެމެރިކާ ދެކެ ލޯބިވާ މީހުން ތިބި ކަމަށެވެ. އެހެން ކަމުން އީރާންގެ ނެތިގެން ދިއުމުގެ ކުރިން އެގައުމު ހަަމަ މަގަށް އަޅުވަން މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލާފާއެވެ.
    (ޓްރަަމްޕް ބުއްޏެއްކަމަކު އެއީ ތެދެކެވެ)

    އެމެރިކާއިން ވަނީ މިދިޔަ އަހަރުގެ ނޮވެމްްބަރު މަހުގެ ތެރޭގައި އިރާނުގެ ރޫހާނީ ލީޑަރަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެެވެ. އަދި އެމެރިކާ އިން ވަނީ ހާމަނާއީ އާއި ގުޅުން އޮންނަ 9 ވަރަކަށް މީހަކަށް އެކި ވަރުގެ ދަތި ކުރުމުގެ ފިޔަވަޅު އަޅާފައެވެ. މީގެ ތެރޭގައި ހާމަނާއީގެ ފިރިހެން ދަރިފުޅުވެސް ހިމެނެއެވެ.
    (މިހާ ހާލުގައި ތިބި ބަޔަކު އެމެރިކާއަށް އިންޒާރުދެނީ!)

    މިމަހުގެ ކުރީކޮޅު އެމެރިކާ އިން ދިން ހަމަލާއެއްގައި އިރާންގެ އިސް އަސްކަރީ އޮފިސަރެއް ކަމަށްވާ ޣައްސާމް ސުލައިމާނީ އަވަހާރަކޮށްލުމުން އީރާނާއި އެމެރިކާގެ ގުޅުން ގޯސްވެ، ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފައެވެ.

    (އީރާނު މީހުން ދައްނަކަމާކީ އިންޒާރު ދިނުން ކުރެވޭނެ ކަމެއް ނޯއްނާނެ ) ބޮޑުޖޯކު.

    1
    9
    • އަލީ ޙުސައިން

      މިއީ މަޑުކަށި ފިކުރުގެ މީހެއްބާ؟ ޓްރަމްޕަށް ހަމަދަރުދީ ވަނީ؟

  3. ޖާހިލު

    ބަލަކަލޭ ތިވާހަކަތިދައްކަނީ ލަދެއްނުގަނޭތަ ބަޔަކުމީހުންދަތިހާލުގައުޅެނީ އެމީހުންނައް އެއްޗެހި ނުލިބޭތީއެއްނޫނޭ ކަލޭގެ އުނދަގުލާހެދި ކަލޭ އެމީހުންނައް ދުއްޕާން ނުކުރާނަމަ އެމީހުންއުޅޭނީ ކަލެއައްވުރެވެސް މަތީގަ

    19
  4. ހުމޭ

    އަނ ގަޔޭކިޔާބަލަ ކަލޭ..މުޅި ދުނިޔެ އަށް އެނ ގޭ ތީ ދޯ ގުވެރިއެއް ކަން..އީރާނައް ހަމަލާދޭން ބުނިމީހާ ތީ؟ 52 ތަނަކަށް؟ ކަލޭ މެން ބިރު ގަނޭ އީރާން ދެކެ.. މުޅި ދުނިޔެ އަށް އެނ ގޭ އެކަން...

    7
    1