ޗައިނާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި ގިނަ ބަޔަކު ބަލިވާން ފަށައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ބަލި ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާން ސިޓީގައެވެ. އެގޮތުން އެ ސިޓީން މިހާތަނަށް ޖުމްލަ 62 މީހަކަށް އެބަލި ޖެހިފައިވާއިރު އޭގެ ތެރެއިން އަށް މީހުންގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އަދި 19 މީހުންނަށް ފަރުވާދީ ގެއަށް ފޮނުވާލާފައިވާއިރު ދެން ތިބި މީހުން ތިބީ އެހެން މީހުންނާ ދުރުކޮށް ވަކިން ބައިތިއްބާފައެވެ.

ޖުމްލަ 62 މީހަކަށް އެ ބަލި ޖެހިފައިވާއިރު އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ. ޚަބަރުތައް ބުނާ ގޮތުގައި މިއީ އާ ވައްތަރެއްގެ ކޮރޯނާ ވައިރަސް އެކެވެ. އެ ބަލި ޖެހިގެން މަރުވެފައިވަނީ އުމުރުން 69 އަހަރުގެ މީހެކެވެ. ޚަބަރުތައް ބުނާ ގޮތުގައި އެމީހާ މަރުވީ ޓީބީ ޖެހުމުގެ އިތުރުން އެތެރޭގެ ގުނަވަންތައް ހަލާކު ވެގެންނެވެ.

ކަމާ ބެހޭ ބައިނަލްއަގުވާމީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ބަލި 1700 މީހަކަށް ޖެހުމުގެ ބިރު އޮތީ އުފެދިފައެވެ.

އެ ބަލި ޖެހިގެން ޗައިނާއިން ދެ މީހަކު މަރުވެފައިވާއިރު މި ބަލި ޖެހިގެން ތައިލެންޑުގައިވެސް ވަނީ ޑޮކްޓަރަށް ދައްކާފައެވެ. އެގޮތުން އެގައުމުން ދެ މީހަކު ޑޮކްޓަރަށް ދައްކާފައިވާއިރު ޖަޕާނުންވެސް އެ ބަލީގެ އެއް ކޭސް ވަނީ ފެނިފައެވެ.

މި ބަލި ފެތުރެމުންދާން ފެށުމާ ގުޅިގެން އެކި ގައުމުތަކުން ދަނީ ޗައިނާއަށް ދިއުމަށް ޓްރެވަލް އެޑްވައިޒަރީ އިއުލާން ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު