އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ވަކިވެ، އާއްމު ދިރިއުޅުމެއް ފަށަން ތައްޔާރުވެފައިވާކަން އިއުލާން ކޮށްފައިވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލް އެކަން އިއުލާން ކުރެއްވި ފަހުން ޕްރިންސް ހެރީ ފުރަތަމަ ފަހަރަށް އެކަމާއި ބެހޭ ގޮތުން މީޑިއާގައި ވާހަކަ ދައްކަވައިފިއެވެ.

ޕްރިންސް ހެރީ ވިދާޅުވެފައި ވަނީ މި ނިންމުން ނަގަން ނިންމީ ކުއްލިއަކަށް ނޫން ކަމަށާއި އެތައް މަސްތަކެއް ވަންދެން މިކަމާއި ބެހޭ ގޮތުން މަޝްވަރާ ކޮށް، އިތުރު ގޮތްތައް ފެނޭތޯ ބެލި ނަމަވެސް، މިގޮތަށް ކަންތައް ކުރަން ޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

"އަހަންނާ އަންހެނުން ނިންމި މި ނިންމުމަކީ ފަސޭހައިން ކުރި ކަމެއް ނޫން. އެތައް އަހަރެއް ވަންދެން ކުރިމަތިވަމުން އައި ކަންތައް ވަރަށް ރަނގަޅަށް މަޝްވަރާ ކުރުމަށްފަހު އިތުރު ގޮތެއް ނެތިގެން މިހެން ކަންތައް ކުރަން ޖެހުނީ. ކޮންމެ ގޮތެއް ވިޔަސް، އިނގިރޭސިވިލާތަކީ އަހަރެންގެވެސް އަމިއްލަ ފަސްގަނޑު އަދި މި ބިން ދެކެ އަހަރެން އަބަދުވެސް ލޯބިވާނަން" ކެނެޑާ އަށް ދިރިއުޅުން ބަދަލުކުރަން ނިންމަވާފައިވާ ޕްރިންސް ހެރީ ވިދާޅުވިއެވެ.

މިކަމާއި ބެހޭގޮތުން ރާނީ އެލިޒަބެތް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މާމަ ދަރި ހެރީ އަމިއްލަ ދިރިއުޅުމެއް ފަށަން ނިންމި ނިންމުމަށް އިޙްތިރާމް ކުރާ ކަމަށާއި ދެމަފިރިންގެ އިތުރުން ދަރިފުޅު އާޗީވެސް ޝާހީ އާއިލާގެ މެމްބަރުންގެ ހިތްތަކުގައި އަބަދުވެސް އޮންނާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ޕްރިންސް ހެރީ ޝާހީ އާއިލާ ދޫކޮށްލަން ނިންމީ ޝާހީ އާއިލާ އިން ހެރީގެ އަނބިކަނބަލުން މޭގަން އާއި މެދު ބަހައްޓާ ނަސްލީ ތަފާތު ކުރުންތަކުގެ ސަބަބުންނެވެ. އެމެރިކާ އަށް ނިސްބަތްވާ މޭގަން ކުރާ ކަންތައް ޝާހީ އާއިލާ އަށް ކަމު ނުދާއިރު، އެ އާއިލާ އިން މޭގަން ދެކެނީ ކަޅު މީހެއްގެ ގޮތުގައެވެ.

މޭގަން، ޕްރިންސް ހެރީ އަދި އާޗީ

މިކަންތަކުގެ އިތުރުން، ޝާހީ އާއިލާ އިން އިނގިރޭސިވިލާތުގައި ކޮންޓްރޯލް ކުރާ މީޑިއާތަކުންވެސް މޭގަން އާއި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކެތެރިން އާއި މެދު ވަރަށް ބޮޑަށް ތަފާތު ކުރުންތައް ގެންގުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން ކެތަރިން ކަމެއް ކުރުމުން މީޑީއާތަކުން އެކަމަށް ތައުރީފްކޮށް ވާހަކަ ދެއްކި ނަމަވެސް، އެކަމެއް ހަމަ އެގޮތަށް މޭގަން ކުރުމުން އެ މީޑިއާތަކުން މޭގަންގެ ވާހަކަ ގެނެސްދެނީ އާއްމުންގެ މެދުގައި މޭގަން އާއި މެދު ނަފްރަތު އުފެދޭ ގޮތަށެވެ.

ޕްރިންސް ހެރީ އާއި މޭގަން ޝާހީ އާއިލާގައި އުޅެމުން އެމީހުން ޗުއްޓީ ހޭދަ ކޮށްލަން މަރާމާތު ކުރި ގެއަކަށް މިހާރު ވަނީ 3 މިލިއަން އެމެރިކާ ޑޮލަރުވެސް ދައްކަން ޖެހިފައެވެ. އެއީ ޝާހީ އާއިލާ ދޫކޮށްލާތީއެވެ. އޭޕްރިލް 20ގައި ރަސްމީކޮށް އާއިލާ ދޫކޮށްލާ ޕްރިންސް ހެރީ އަށް އެ ދުވަހަކަށް ފަހުގައި ޝާހީ އާއިލާގެ ނަމުގެ އިތުރުން އެކަމުން ލިބޭ އެއްވެސް ފައިދާ އެއް ނުވަތަ އިނާޔަތެއް ލިބުމުގެ ފުރުސަތެއްވެސް ނޯންނާނެއެވެ.

އަންހެނުން މޭގަންގެ ހައްގުގައި ޕްރިންސް ހެރީ އަމިއްލަ އާއިލާ ދޫކޮށްލަން ނިންމުމުން ގިނަ ބަޔަކު ބުނަމުން ދަނީ ޕްރިންސް ހެރީ އަށް ތައުރީފް ކޮށް، ހަގީގީ ލޯބިވާ ފިރިހެނުންނަކީ އެއީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 3>

    ވާއު.. ވަރަށް ސަޅި ނިންމުމެއް

    28
    7
  2. ހަމަދު

    ދެން ދުވަސްކޮޅަކުން އޭނަ މަރާލަން ކަންނޭނގެ ރާވާނީ އޭނަ މަންމަ އަށް ހަދާލި ގޮތަށް

    30
    1