ޔޫކްރެއިނުގައި އަލަށް ފާސްކުރި ގާނޫނާއި އެކު އެ ގައުމުގައި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމުގެ ކުށް ސާބިތުވާ މީހުންނަށް ޖަލުގައި ޙާއްސަ އިންޖެކްޝަނެއް ދޭން ފަށާނެއެވެ.

މި އިންޖެކްޝަން ޖަލުގައި ދިނުމުގެ ސަބަބުން އިންޖެކްޝަން ޖަހާ މީހުންގެ ޖިންސީ ބާރު ވަރަށް ބޮޑަށް ދަށް ވެގެން ދާނެއެވެ. އަދި މި އިންޖެކްޝަން ޖަހަން ބޭނުން ނުވާ މީހުންނަށްވެސް، ކުށް ސާބިތު ވެފައިވާނަމަ އިންޖެކްޝަން ގަދަކަނުން ދެވޭނެއެވެ.

ކުއްޖާގެ ބައްޕަ މަސްތުވުމަށް ފައިސާ ހޯދަނީ މުނިކާފައަށް އަންހެނުން ދީގެން!

އެ ގައުމުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ފުރައްސާރަ ކުރުންތަކުގެ އަދަދު މަދު ކުރުމަށް ގާނޫނަށް ގެނައި މި އިސްލާހާއި އެކު މިފަދަ ކަންތައް ކުރާ މީހުންގެ އަދަދު އެ ގައުމުން ދަށް ވާނެ ކަމަށް ބެލެވެއެވެ.

ރޭޕްގެ ކިއްލާ ތެރެއިން: ކުރިން ނޭނގޭ އެތައް ޙަޤީޤަތެއް

މީގެ އިތުރުން ދެން އެ ގައުމުގެ ގާނޫނަށް ގެނައި ބަދަލާއި އެކު މިފަދަ ކުށްތައް ސާބިތުވާ މީހުންގެ މައުލޫމާތު އާއްމު ކުރުމާއި، އެމީހުން ޖަލުން ދޫކޮށްލުމަށް ފަހުގައިވެސް އުމުރު ދުވަހަށް އެމީހުންގެ ޙަރަކާތްތައް ގާތުން ބެލުމަށް ވަނީ ހަމަޖެހިފައެވެ.

"ބޭބޭ ހޯހޯ، ބޭބޭ ހޯހޯ"

ކުޑަކުދިން ރޭޕް ކުރާ މައްސަލާގައި ޔޫކްރޭނުގެ ގާނޫނު ހަދާ މަޖިލީހުން ބޭއްވި ޙާއްސަ ޖަލްސާ އެއްގައި މި އިސްލާހު ހުށަހެޅި މެމްބަރު ވިދާޅުވީ އެ ގައުމުގައި ކުދިންނަށް ޖިންސީ ފުރައްސާރަ ކުރާ މީހުން އުމުރު ދުވަހަށް ޖަލަށް ލައި، ނުވަތަ މަރާލެވޭނެ ފަދަ ގާނޫނެއް ނެތް ކަމަށާއި އެހެންކަމުން އެމީހުން ޖަލުން ދޫކޮށްލާ އިރަށް އަނެއްކާވެސް އެ ކުށްތަށް ތަކުރާރު ކުރާ ކަމުން އެކަމަށް އޮތް ހައްލަކީ އިންޖެކްޝަން ކަމަށެވެ.

މި ބަދަލާއި އެކު އެ ގައުމުގެ ގިޔަ ބަޔަކު ދަނީ މިއީ ރަނގަޅު ނިންމުމެއްކަން ފާހަގަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކަމަނަ

    ޙާދަ އުފާވެރި ހަބަރެއް

    57
    5
    • އައްޔު

      މިއެތި ކަލެއަށް ޖެހިއްޔާ މަ އުފާވާނީ

      11
      21
  2. ާއައްޔާ

    ހޫން

    21
    3
  3. ބަކުރުބެ

    ޢިންޖިކްޝަން ޖަހާފަ ބާރު ދުއްވާލިއަސް ހިތް މައިތިރިނުވާނެ

    55
    3
  4. ޢާތީ

    ޢިންޖެކުޝަން ޖަހާ ޖިންސީ ގުނަވަނުގެ ބާރު ކަނޑުވާލީމާ ދެން އެމީހުން ބޭނުން ކުރާނީ އަތާއި ފައިގެ އިނގިލިތައް ނުވަތަ ދަނޑިބުރިތައް. މިކަހަލަ ފިރިހެނުންނަށް ގޮތެއް ހުސްނުވާނެ. މުޅިގައިގެ ބާރު ދަށްކޮށްލާ ކަހަލަ އިންޖެކުޝަނެއް އުފައްދިންވީ. ޢޭރުން އަތާއި ފައިންވެސް ބާރު ދަށްވާނެ. ދަނޑިބުރިއެއްގައިވެސް ނުހިފޭނެެެ. 5 ހިއްސުވެސް ގެއްލޭނެ.
    ޢޭރުން ތަންމަތީގައި ނުތެދުވެވިފައި އޮންނާނެއެއްނޫން.

    70
    4
    • ބާތި

      ކަލޭވެސް ތީ އޭގެ މީހެއް

      10
      18
  5. އަލީ

    ރާއްޖެއަށް ވެސް ތިކަހަލަ ގާނޫނެއްބޭނުން.

    53
    4
    • ހަބީބު.....

      ރާއްޖެޔައް ބޭނުންވަނީ އިސްލާމީ ޝަރީއަތް

      13
  6. އިއްސެ

    ކެމިކަލް ކާސްޓްރޭޝަން އަކީ ގިނަ ޤައުމު ތަކުގަ މިފަދަ މީހުންނަށް މިހާރު ބޭނުންކުރާ ފަރުވާއެއް. މިކަމުގެ މައުލޫމާތު ގޫގުލް ކުރައްވާ.

    9
    2
  7. އަޖޭ

    ކަލޭމެން ހާދަ މޮޔައޭ އެބުނާ އިންޖެކްޝަންގެ ސަބަބުން ހިތުގައި އެ އުފެދޭ ފާހިސްބައިވެސް ކެނޑިގެން ދާކަމަށް ވެބްސައިޓްގައި އިނީ އެހެން ކަމަށް ވާނަމަ އޭގެން ނަތީޖާ ފެންނާނެ، އަދި އެމީހުން އެކަހަލަ ހިޔާލުތަކާ ދުރުވާނެ!

    30
    1
  8. ހޫ

    ހުރިހާ ގައުމަކަށް ބޭނުންވޭ ތި އިންޖިކްޝަން.

    21
    2
  9. ޙސހސހ

    ތީގެ ވިހިލީޓަރ ގެ ޑޯޒެއް މުނިކާފަޔަށް ދޭން ފެނޭ. ކާފަޔަށް 15 ލީޓަރ

    31
    • ނައިމް

      މަހީހީ!!!