ޔޫކްރޭނުގެ ފްލައިޓަށް އަމާޒުކޮށް އިރާނުން 2 މިސައިލް ފޮނުވި ކަން އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ޔަގީން ކޮށްދީފިއެވެ.

އިރާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު، 176 މީހުންނާއި އެކީ އީރާނުގެ ވެރިރަށް ޓެހެރާނުން ފުރައިގެން ޔޫކްރެއިންގެ ވެރިކަން ކުރާ ރަށް ކަމަށްވާ ކިއެވް އަށް ދަތުރުކުރި ޔޫކްރޭންގެ ފްލައިޓް ވެއްޓިފައިވަނީ އިރާނުން ފޮނުވި 2 މިސައިލުގެ ސަބަބުން ކަމަށެވެ.

އެ އޮތޯރީޓީގެ ރިޕޯޓުގައި ބުނެފައިވަނީ އިރާނުން ފޮނުވާފައިވަނީ "Tor-M11" ގެ 2 މިސައިލު ކަމަށާއި އެ ފަރާތުން އެ މިސައިލް ފޮނުވާފައިވަނީ ކޮން ސަބަބަކާއި ހުރެ ކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މިސައިލް އަކީ ކައިރި ހިސާބުތަކަށް ހާއްސަ ކޮށްގެން ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރުގެ ރަޝިޔާ) އިން ތައްޔާރުކޮށްފައިވާ މިސައިލެކެވެ.

ރިޕޯޓުގައި ބުނެފައިވަނީ މީސްމީޑިއާގައި ދައުރުވެފައިވާ ވީޑިއޯއަކީ އެއީ އިރާނުން އެ ފްލައިޓަށް އަމާޒުކޮށް ފޮނުވި މިސައިލްގެ ވީޑިއޯ ކަމަށެވެ.

މީގެ ކުރިން އީރާނުން ބުނެފައިވަނީ ޔޫކްރޭންގެ ފްލައިޓް ވެއްޓިފައިވަނީ އޮޅުމަކުން ދެވުނު ހަމާލާއެއްގައި ކަމަށެވެ.

ވެއްޓުނު ބޯޓުގައި 176 މީހުން ތިބި އިރު، އެބޯޓުގައި 167 ފަސެންޖަރުންނާއި ނުވަ ކްރޫން ތިއްބެއެވެ. ފަސެންޖަރުންގެ ތެރޭގައި ހިމެނެނީ އިރާނުގެ 82 މީހުންނާއި، ކެނެޑާއަށް ނިސްބަތްވާ 63 މީހުން، ޔޫކްރޭންގެ 11 މީހުން، ސްވެޑެސް އަށް ނިސްބަތްވާ 10 މީހެއްގެ އިތުރުން، އަފްގާން އަށް ނިސްބަތްވާ 4 މީހުން، ޖަރުމަނަށް ނިސްބަތްވާ ތިން މީހަކާއި، އިނގިރޭސިވިލާތަށް ނިސްބަތްވާ ތިން މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔ

    ވަރަށް ދެރަ.. އެކަމަކު އީރާނުން އެމަރިކާ ސައިޒު ކޮށްފި..މި ދުނިޔޭގައި އެމެރިކާ ގެ ބޭ ހަކައް ހަމަލާ އެއް ދީފަ. އަދި އޭގެ ރައްދު ދޭން އެމަރިކާ އަށް ނުކެރުމަކީ އީރާނުގެ ފެންވަރު ޕެންޓަގަން ގެ މާ ހިރުންނައް އެގޭތީކަމީ ދެ ބަސް ނުވެވޭނެ ހަގީގަތެއް...

    9
    1
  2. އަޙްމަދް

    މިސައިލުން ޙަމަލާދީ ކޮމާޝަލް ފްލައިޓް ވައްޓާލަން އީރާނު ވަރަށް މޮޅުވާނެ!
    އީރާނުން ވައްޓާލި ޔުކްރޭންގެ ފްލައިޓުގައި ދަތުރު ކުރިމީހުންގެ އާއިލާތަށް އީރާނުގެ ދެކެ ވަރަށް ބިރުގަނެއެވެ.
    އެނޫން ބަޔަކު އީރާނު ދެކެ ބިރެއް ނުގަނެއެވެ.