ޗައިނާގައި ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ އެ އިދާރާގެ އެމަޖެންސީ ޕަނަލްގައި ހިމެނޭ ފަރާތްތަކުން ޗައިނާގެ ބެއިޖިންގެ ކަމާއި ބެހޭ ފަރާތްތަކައީ ކުއްލި ބައްދަލުވުމެއް ބާއްވަން ހަމަ ޖެހިފައިވާ ކަމަށެވެ.

މި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

ކޮރޯނާ ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ މީގެ ކުރިން ފެނިފައިނުވާ ކޮރޯނާ ވައިރަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ކަމަށާއި، އެ ބަލި ފެތުރިފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ ވުހާން ގައި ދިރިއުޅެމުން އަންނަ އެއް އާއިލާއެއްގެ ދެމީހުންގެ ފަރާތުން ކަމަށެވެ.

އެފަރާތްތަކުން ބުނެފައިވަނީ އެބަލި ޖެހިގެން މިހާރު މަރުވި މީހުންގެ އަދަދު 6 ކަށް އަރާފައިވާ ކަމަށެވެ. އަދި އެގައުމުން މިހާތަނަށް 300 އަށް ވުރެ ގިނަ ފަރާތްތަކަށް އެބަލި ޖެހިފައިވާ ކަމަށެވެ.

ޗައިނާ ސަރުކާރުން ވަނީ އެ ބައްޔަކީ މީގެ ކުރިން ފެނިފައި ނުވާ ބައްޔެއްކަމަށާއި އޭގެ ނުރައްކަލަކީ ގައިން ގަޔަށް އަރާތީ ކަމަށެވެ. އަދި މިބަލި ކޮންޓްރޯލް ކުރުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކީ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

ވުހާންގެ އިތުރުން ބެއިޖިންގައި އެ ވައިރަސްއަށް 5 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާއިރު، ހުބެއި އިން 270 މީހަކު ވަނީ ޕޮސިޓިވެފައެވެ. އަދި ޝެންހާއި އާއި ގުއަންގްޑޮންގައި މިބައްޔަށް ވަނީ 16 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާބެ

    ތިބަލި އަތުވެއްޖެނަމަ މާލެ އަށް ގެއްލުންވަރަށް ބޮޑުވާނެ! މަގުމައްޗަށްއަރިދަފުހާ ކުޅުޖެހުން ބޭރުމީހުންގެ ތެރޭ ވަރަށް އާއްމު! ސާފުތާހިރުކަން އެހާ ކުޑަ!ތޮއްޖެހިފާ!އަތްދޮވުމުގެ އާދައެއްނެތް!ކެއްސާ ކިބިހިއަޅާކަށް ބަލާލުމެއްނެތް! ޥައި ތަޣައްޔަރުވެފާ! މިތާ ޙެލްތްސިސްޓަމް އޮތީ އަދިވެސް ގަދަ ނިދީގަ!