އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް މަރާލާ މީހަކަށް ތިން މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ހުށައަޅައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އަހުމަދު ހަމްޒާ އެވެ. އޭނާ މިކަން އިއުލާން ކުރެއްވީ އެގައުމުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޓްރަމްޕު މަރާލާ މީހަކަށް އޭނާ ތަމްސީލް ކުރާ، ސުލައިމާނީގެ އުފަން ރަށް، ކާމަންގެ ރައްޔިތުންގެ ފަރާތުން 3 މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ.

މިކަން ހާމަ ކުރެއްވި ނަމަވެސް އެއީ އޭނާގެ ޕާޓީގެ މެމްބަރުން ބޭނުންވާ ގޮތް ކަމެއް އަދި މަޖިލީހުން އެކަމަށް ތާއީދު ކުރާ ކަމެއްވެސް ހާމަވެފައި ނުވެއެވެ.

ޓްރަމްޕް މަރާލާ މީހަކަށް 3 މިލިއަން ޑޮލަރު ދޭނެކަން އެގައުމުގެ މަޖިލިސް މެމްބަރަކު އިއުލާންކޮށްފައި މިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެމެރިކާގެ ޑްރޯން ހަމަލާއެއްގައި، އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ޣާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ސުލައިމާނީ އަވަހާރަކޮށްލަން ދިން ހަމަލާއަކީ އެމެރިކާގެ ރައީސްގެ ސީދާ އޯޑަރަށް ދިން ހަމަލާއެކެވެ.

ޓްރަމްޕު މަރާލާ މީހަކަށް ތިން މިލިއަން ޑޮލަރު ދޭނެ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ބުނެފައިވާއިރު، އީރާނުން މީގެ ކުރިން ވަނީ ޓްރަމްޕުގެ ބޮލަށް 80 މިލިއަން ޑޮލަރު ދޭނެ ކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ިހިއްވަރު

    އީރާން ގެ ހަނގުރާމަ އަކީ ކޮންފަދަ ނާމާން ހަނގުރާމަ އެއް ކަން އެނގެނީ މަދުމީސްކޮޅަކަށް އަހަރުމެން ގެ އައްޑޫ ސިޓީ ކައިރީ ގައި ޑިއޭގޯ ގްރާޞިއާ ނަމަކަށް ކިޔާ ބޮޑު އެއާ ބޭހެއް އެމަރިކާ ގެ އޮވޭ އެތަނައް އީރާނުން ރުންކުރުވާފަ މިސައިލުގެ ވާރޭ އޮއް ސާނެހަނގުރާމަ ފެށިއްޖިއްޔާ. އޭގެ ކެމިކަލާ ރޭޑިއޭޟަން ކުރިމަތީގައި މަރުވާނީ އަހަރުމެން..

    8
    6
  2. ސުލައިމާނު

    ރާއްޖޭގައި އެބަ އުޅޭ ތިޔަ ލާރިކޮޅު ދަމައިގަނެވޭނެހާ ކުޅަދާނަ އައިސިސް ފަހުލަވާނުންތައް.

    1
    1
    • ޅާ

      ލާދީނީ މީހުނަށް ވަކިން ފަސޭހަ ވާނެ. ޓުރަންޕް ވަރަށް ގާތް ކުރާނެ އެކަހަލަ މީހުން