އިނގިރޭސިވިލާތުގެ ޝާހީ އާއިލާ ދޫކޮށް ޕްރިންސް ހެރީ އަންހެނުން މޭގަން މާކަލް އާއި ދަރިފުޅު އާޗީ އާއި އެކު ކެނެޑާ އަށް ދިރިއުޅުން ބަދަލުކޮށްފިއެވެ.

ޝާހީ އާއިލާ ތެރޭގައި މޭގަން އާއި މެދު އާއިލާ މީހުން ބަހައްޓާ ތަފާތު ކުރުންތަކުގެ ސަަބަބުން އެކަންތަކަށް ކެތް ނުކުރެވިގެން ހެރީ ވަނީ ޝާހީ އާއިލާ ދޫކޮށް، އަމިއްލަ ފައި މައްޗައް ތެދުވެ އާދައިގެ ރައްޔިތެއްގެ ގޮތުގައި ދިރިއުޅެން ނިންމާފައެވެ.

ހެރީ އާއި މޭގަން

މީގެ ކުރިން ޕްރިންސް ހެރީ ކެނެޑާ އަށް ބަދަލުވާން އޮތީ އެހެން ތާރީޙެއްގައި ނަަމަވެސް، މިއަދު ހެރީ ވަނީ ކެނެޑާ އަށް ގޮސްފައެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން އަންހެނުން މޭގަން އާއި ދަރިފުޅު އާޗީވެސް ވަނީ އެ ގައުމަށް ހިޖުރަ ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޝާހީ އާއިލާގެ ގަނޑުވަރު ކަމުގައިވާ ބަކިމްހަމް ޕެލެސްގައި އޮތް ހާއްސަ އިވެންޓަކަށް ނުގޮސް ހެރީ ކެނެޑާ އަށް ދިޔައީ އަންހެނުން ކައިރިއަށް ދާން ކެތް މަދުވެފައި ހުރުމުންނެވެ. އަދި ޝާހީ އާއިލާގެ އިވެންޓަށް ހެރީ ނުދިއުމުން މިހާރު އެއީ އޭނާގެ ހަޔާތުގެ ބައެއް ނޫންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

ހެރީ ފްލައިޓުން ފައިބަނީ

ހެރީ ކެނެޑާ އަށް މިހާރު ދިރިއުޅުން ބަދަލު ކުރި ނަމަވެސް، މާޗު މަހު ފެށޭ ބަހާރު (ސްޕްރިންގް) މޫސުން ޖެހުމާއި ހަމައަށް ހެރީ ޝާހީ އާއިލާގައި ނިންމަން ޖެހޭ އެންމެ ފަހުގެ ކަންކަން ނިންމުމަށްޓަކައި އަދި އިނގިރޭސިވިލާތަށް ދާނެއެވެ. ނަމަވެސް މިހާރު ހެރީ އަށް ޝާހީ އާއިލާ އިން އަރުވާފައިވާ ލަގަބެއްވެސް ނުވަތަ އެހެނިހެން އެއްވެސް އިނާޔަތެއްވެސް ނުލިބޭނެއެވެ.

މުއްސަނދިކަމާއި ފަސޭހަ ދޫކޮށް، އަންހެނުންނަށްޓަކައި ބޮޑު ގުރުބާނީ އެއް ވުމުން ގިނަ ބަޔަކު އަންނަނީ ޕްރިންސް ހެރީ އަށް ތައުރީފްކޮށް އެއީ ހަގީގީ ފިރިއެއް ކަމަށް ބުނަމުންނެވެ. ހެރީ އާއި މޭގަން މިހާރު އަންނަނީ ކެނެޑާ އިން ގެެއެއް ގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Wާިަލި

    ސެލިއުޓް ނަގަން ހެރީއަށް

    53
    3
  2. Anonymous

    ޢާއިލީ ލޯތްބަކީ ވެސް ހާދަ މުހިންމު އެއްޗެކޭ

    21
  3. ސާމިޔާ

    ލޯބީގެލާމަސީލެއް .. މަންމާފުޅުގެނިންމެވުމާވެސް ވަރަށްއެއްގޮތް ..

    24
    1
  4. ޝާޝާ

    އަހަރެން ވެސް ގެންދެބަ ... ޕްލީޒް

  5. އާޔާ

    ރިއަލް ލައިފް ޑިޒްނީ ކަޕްލް 3>