ބަޑި ޖަހައިގެން މީހުން މެރުން ހައްދުފަހަނައަޅާފައިވާ އެމެރިކާގައި ބަޑި ޖަހާ 17 މީހުން މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ އެމެރިކާގެ ފްލޮރިޑާގެ މެޖޯރީ ސްޓޯމަން ޑޮގްލަސް ހައި ސްކޫލްގައެވެ. ސްކޫލްގެ ކިޔެވުން ކުރިއަށް ދަނިކޮށް ހަތިޔާރު ހިފައިގެން ހުރި ފިރިހެނަކު ބަޑި ޖަހާ 17 މީހުން މަރާލުމުގެ އިތުރުން އިތުރު އެތައް ބަޔަކު ވަނީ ޒަހަމްކޮށްލާފައެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރެއިން 12 މީހުން މަރާލާފައި ވަނީ ސްކޫލްގެ އިމާރާތުގެ އެތެރެއިންނެވެ. ދެ މީހަކު ސްކޫލްގެ ބޭރުގައި މަރާލާފައި އޮތް އިރު އެކަކު މަރާލާފައި ވަނީ ސްކޫލް ކައިރިން މަގުމަތިންނެވެ. އަދި ދެމީހަކު މަރުވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ބަޑިން ހަމަލާ ދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ އަކީ ހާދިސާ ހިނގި ސްކޫލްގައި ކުރިން ކިޔެވި 19 އަހަރުގެ ފިރިހެނެއް ކަމަށްވާ ނިކޮލަސް ކްރޫޒް އެވެ.

ފުލުހުން ބުނީ ނިކޮލަސްގެ އަތުން ރައިފަލެއް ފެނިފައިވާ ކަމަށާއި އޭނާ މިޖަރީމާ ހިންގި އިރު އިތުރު ހަތިޔާރުތަކެއް ބޭނުން ކޮށްފައިވުން އެކަށީގެންވާތީ އިތުރު ހަތިޔާރެއް ފެނޭތޯ ބަލަމުން އަންނަ ކަމަށެވެ.

ނިކޮލަސް އަކީ ސްކޫލްގައި މިހާރު ކިޔަވަމުންދާ ދަރިވަރެއް ނޫންކަން ކަށަވަރު ކުރެވުނު ނަމަވެސް އޭނާ ސްކޫލުން ވަކިވީ ކީއްވެކަން އަދި ތަޙްޤީޤަށް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އއއ

    ރައީސުން ޕޯޑިއަމް ތަކަށް އަރާ ދައްކާ ވާހަކަކުގެ ސަބަބުން ސަޕޯޓަރަކު މިފަ އަމަލެއް ހިންގުމަށް ޖެހިލުމެއް ނުވާނެ.

  2. އަހުމަދު

    ފުރަތަމަ ތިމާގައުމުއިސްލާހުކޮއްބަލަ

  3. ޖައުފަރު

    އަވަހަށް އިންޑިއާ ސިފައިން ފޮނުވާ

  4. އަޙުމަދު

    އެމްބަސަޑަރު ކީކޭބާ މިކަމާ ބުނަނީ؟ ފުރަތަމަ އަމިއްލަ ގައުމުގެ ޒުވާނުން މައިތިރި ކޮށްބަލަ އެހެން ކަމަކާ ނޫޅެ.

  5. ޓްރަމްޕް

    ދެން ބުނޭ ސިކުޑީގެ މައްސަލަހުރި ޒުވާނެކޭ

  6. ޢާދަންބެ

    ކޮބާ ހީވޭ ކަމެއްހެން......ޝކރއޔ

  7. ޢާދަންބެ

    ދެން ބުއްދިހަމަ ނުޖެހޭ މީހެކޭ....

  8. ހުސައިން އާދަމް

    ދިވެހިން އެމެރިކާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލަން

  9. ފެނަ

    ތިނުވާނެ ޓެރެރިޒަމަކަށް. ތިވާނީ އޯޓިޒަމް ހަމަލަޔަކަށް