ސީރިއާގެ އިދްލީބްގައި ތިބި ސީރިއާގެ ސިފައިންގެ ތެރެއިން 40 ސިފައިން މަރާލައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ އިދްލީބްގައި ސީރިއާ ސިފައިން ސުންނީ މުސްލިމުންނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.

ޕްރެސް ޓީވީ ނޫހުން ބުނީ، މި ހަމަލާތަކުގައި މިހާތަކަށް 80 އަށްވުރެ ގިނަ ސީރިއާ ސިފައިން ޒަހަމްވެފައި ވާ ކަމަށެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހަމަލާތަށް ދީފައިވަނީ "އަލް ނަސްރް" ޓެރަރިސްޓު ޖަމާއަތުން އެކި ވައްތަރުގެ ހަތިޔާރު ބޭނުންކޮށްގެނެވެ. ސީރިއާ ސިފައިންގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމުގައިވާ "ސަނާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތައް ދިނުމުގައި، އުޅަނދުފަހަރު ބޭނުންކޮށްގެން ސިފައިންގެ ގަޔަށް އަރުވާ ޗިސްކޮށްލުން ކަހަލަ އަމަލުތައްވެސް ވަނީ ހިންގާފައެވެ.

އެ ނޫހުން ބުނެފައިވާ ގޮތުގައި މި ހަމަލާތަށް ދީފައި ވަނީ އިދްލީބުގެ އަލް-ސަމަކާ އަދި އަލް-ތާހް ގައި ތިބި ސިފައިން އެތަނުން ފައްސާލުމުގެ ބޭނުމުގައެވެ.

މިހާރު ސީރިއާ ސިފައިންނާއި ނަސްރު ޖަމާއަތުގެ މީހުންގެ މެދުގައި ދަނީ ކުރިމަތިލުންތައް ކުރިއަށް ދަމުންނެވެ. އެހެން ނަމަވެސް ސީރިއާ ސިފައިންގެ ދެމުންދާ ހަމަލާތައް ކުރީ ބަޔާލައި ހުއްޓާލާނެ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

އިއްޔެވެސް މި ދެފަރާތުގެ މެދުގައި ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. އަދި މި ހަމަލާތަކުގައިވެސް އެތައް ގެއްލުމެއް ސީރިއާ ސިފައިންނަށް ލިބިފައިވާކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އިތުރު ތަފްސީލް އަންނަނީ....

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުންނީ

    ކަލޭމެން ޞީއީ ސުންނީ ހަނގު ރާމަ ހުއްޓާލަބަލަ އެކަތި ގަނޑަކަށް ވެގެން އީސް ރާއީލައް ނިކަން ކަމެއް ކޮށް ބަލަ. ސުންނީ މުސްލިމުން ދެކެ އީ ރރރާން ރުޅިއަ ންނަނީ ކީއްވެ ބާ؟

    6
    3
  2. އަލިފް

    އިރާގް ސީރިޔާ އެސަރައްދު ހަލާކު ކުރީ އެމެރިކާ އާ ރަޝިޔާއިން ބޮން އަޅައިގެންނެވެ.

    4
    7
    • ނިށާ

      އެ މަރިކާ ހަތިޔާރު ފޯރުކޮށްދެނީ އައި އެސް އަށް ބައްޞާރު ވައްޓާލަންވެގެން ރަޟިއާ ހަ މަލާ ދެނީ ޑައިރެކްޓް އައި އެސް އަށް ބައްޞާރު ދަ މަހައްޓަން ވެގެން.

      20
      1
      • ހަމޭ

        ވާނުވާ އެނގިގެން ވާހަކަ ދައްކާ

        3
        31
        • ީއެނގޭ

          އެ މަރިކާ ބޭނުންވަނީ އީރާން ކިބައިން އިސްރާއީލު ސަލާމަތް ކުރަން..ބައްޟާރު ގެ ސަރުކާރު ކޮންޓްރޯލް ކުރަނީ ގުދްސް ފޯސްއިން..އެހެން ވެގެން ބައްޟާރު ވައްޓާލަންވެގެން އުލެނީ..

          3
          1