މިވަގުތު ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ޗައިނާ އިން ފެނުނު ކޮރޯނާވައިރަސް ހަލުވި ކަމާއި އެހެން ގައުމުތަކަށް ފެތުރެމުންދާކަމެވެ. މި ވައިރަސް މިހާރުވެސް އެހެން ގައުމުތަކަށް ފެތުރެން ފަށާފައި ވާއިރު، މި ވައިރަސް ޗައިނާ މީހުންގެ ގަޔަށް އެރީ ވާލު ސޫޕެެއްގެ ސަބަބުން ކަމަށް ބެލެވެން ފަށައިފިއެވެ.

ޗައިނާގެ ވުހާން ޕްރޮވިންސުން އެންމެ ފުރަތަމަ ފެނުނު މި ވައިރަސް އިންސާނުންގެ ގަޔަށް އަރަން ފެށީ ވާލެއްގެ ފަރާތުން ކަމަށް އެ ގައުމުގެ ސައިންސްވެރިން ވަނީ ދާދި ފަހުން ބުނެފައެވެ. ސައިންސްވެރިން ބުނެފައި ވަނީ މިހާރު ދައުރުވަމުންދާ ވައިރަސް އިން ވާލުގެ ހަށިގަނޑުން އެކަނި ފެންނަ މާއްދާއެއް ފެންނަމުންދާ ކަމަށެވެ.

މި ވައިރަސް އެންމެ ފުރަތަމަ ޖެހުނީ ވުހާންގެ މަސް މާރުކޭޓެއްގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށެވެ. އެތަނުގައި ވާލު ސޫޕުވެސް ވިއްކާ އިރުގައި ވުހާންގެ ރައްޔިތުންގެ މެދުގައި ވާލު ސޫޕަކީ ވަރަށް މަގުބޫލު އެއްޗެކެޗެ. ކޮރޯނާވައިރަސް އަކީ ފުރަތަމަ ޖަނަވާރުންނަށް ޖެހޭ ވައިރަސް އެއް ކަމުގައި ވާއިރު، މި ވައިރަސް އިންސާނުން ގަޔަށް އަރަނީ މިފަދަ ޖަނަވާރުތަކުގެ ކިބައިންނެވެ. އެންމެ މީހަކަށް ވައިރަސް ޖެހުނު ނަމަވެސް، މިއީ ގައިން ގަޔަށް އަރާ ވައިރަސް އެއް ކަމުން އެހެން މީހުންނަށްވެސް ނޭނގި ހުރެ ވައިރަސް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.

މި ބަލި ޖެހިގެން ޗައިނާ އިން މިހައިތަނަށް 17 މީހަކު މަރުވެފައި ވާއިރު 600ށް ވުރެން ގިނަ މީހުން ވަނީ ވައިރަސް އަށް ޕޮސިޓިވް ވެފައެވެ. އަދި ވައިރަސް ދަނީ ހަލުވި ކަމާއި އެކު ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޢަބްދުއްލަޠީފު

  ވާލުތައް މަރާހުސްކުރޭ................

  48
  7
 2. ޢަންސާރު

  ކާފަރުންނާ ހެދި މުޅި ދުނިޔެ ހަލާކެއްގެ ތެރެއަށް

  130
  5
 3. ލާލާ

  ވާޓް!؟؟ އެމީހުން ވާ ވެސް ކާންފެށީތަ ކޮންއިރަކު ކިހިނެއް ކޮންތާކު

  49
  5
 4. ޑިމޮކްރަސީ

  ޙަރާމެއްހަލާލެއް ނުކާކަށް އެއްޗެއްނޯވޭ އިންސާނުންގެ މަސްވެސް ކަނީ ތިކަހަލަ ޖާހިލުން ނަށް ރަގަޅުވާނީ ﷲ ގެ ކޯފާއެއް އައިސްގެންވެސް ބަޔަކަށް ތެދުމަގުފެނުން

  116
  7
  • ޝާލް، ރ.ވާދޫ

   ﷲގެ ކޯފާ އަންނަނީ ހަމައެކަނި އެކާމީހުނަކަށްނޫން. މުސްލިމު ގައުމުތަކާ ކަމާ ނުބެހޭ މީހުންވެސް މިކަމުގެ ތެރެޔަށް އެބަ ބޭނޭ.

   15
   1
 5. ޓޖސޖ

  ޢެސިޔަ ގެ ގައުމުތަކު ގަ ތިޔަ ފަޑު ފަޑު ގެ ސުފިކައި އުޅެ ވަރަށް ގިނައިން ކުއްތަވެސް އެމިހުންކައިހަދަ

  10
  1
 6. ނަފްސް

  މިހެން މިވަނީ ޗައިނާ މީހުންނަށް ހެޔޮ ކޮންމެ އެއްޗެއް ޖެހުނަސް ކާންވީ، އެއްވެސް ޖަނަވާރެއް މި މީހުން ނުކައި ދުލެއްނުކުރޭ ދެން ބަލިތައްވެސް ޖެހޭނެ އެންނު، ތި މީހުން ހުޅުމާލެ ގޮނޑަށް މަރުވެގެން އެއްލާލާ ބުޅާވެސް ކާ ބައެއްތީ.

  18
  1
 7. މޮޔަބެ

  ރާއްޖެއަށް އަންނަ 33% ޓުއަރިސްޓުންނަކީ ޗައިނާ ޓުެަރިސްޓުން... އެކަށީގެންވާ ފިތަވަޅުއަޅާ ރައްޔިތުންނާއި ބަންގާޅުން ހޭލުންތެރިކުރަންޖެހޭ....

  22
  1
 8. ޣާތީ

  ޗައިނާގަ މުސްލިމުންނަށް ކުރާ އަނިޔާއިން ކޯފާ ތިލައްވަނީ

  21
  2
  • ޑިމޮކްރަޓިސްޓް، ރ.ވާދޫ

   މުސްލިމުންނަށް ތިބަލި ނުޖެހޭ؟

   5
   2
 9. Anonymous

  🤮🤮🤮🤮

  4
  1
 10. ަސދ

  ހުޅުމާލޭގަ ސްޕައިސް ކެފޭ ކައިރީ ހުންނަ ޗައިނާ ރެސްޓޮރަންޓް ބަލާބަ.. ނުކާ އެއްޗެއް ނެތް. ނޭނގެ އިންސާނުން ނުކާ ކަމެއްވެސް. 🤮🤮🤮🤮🤮

  10
 11. ތެދު

  އެކަކަށް ޖައްސަވާ ބަލާ ހާސް މީހުނަށް ޖެހޭނެ ޔާ
  ﷲ އެއްމެހައި މުސްލިމް އުއްމަތް މިފެތުރެމުންދާ
  ކޮރޯނާ ވައިރަސްގެ ނުރައްކަލުން ސަލާމަތް ކުރައްވާނދޭވެ އާމީން:

  30
  1
 12. ވިސްނޭ މީހާ

  ތި ޗައިނާ އިން ކީ ރިތި ގު ރުއާން ބަދަލުކުރާނެ ކަމަށް ބުނިތާ އަދި މާގިނަދުވަހެއް ނުވޭ ތި ބައްޔެއްގެ ވާހަކަ ދެކެވެންފެށީ. އެމީހުނައް ހީވަނީ އެމީހުން ބޭނުންހާ ގޮތެއް މުސްލިމުނައް ހަދާފަ އަދި މާތްﷲ ގެ ކަލާންފުޅައްވެސް އެމީހުން ބޭނުންގޮތެއް ހެދިދާނޭ....ކާފަރުނާއް އަޒާބު ދައްކަވާނެ މިދުނިޔެމަތީގަ ވެސް.... އެކަލާންގެ ކުޅަދުންވަންތަކަން ކިތަންމެހާވެސް ބޮޑު.... ަ ަަަަަ

  11
  2