ހަލުވި ކަމާއެކު ފެތުރެމުން އަންނ ކޮރޯނާ ވައިރަސްަ ފްރާންސް އިންވެސް ފެނިއްޖެއެވެ. މިއީ ޔޫރްޕްގެ ޤައުމަކުން މިވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ. މިހާތަނަށް ދެ މީހަކު މި ވައިރަސް ޖެހިފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

މިވައިރަސް މިއަދު ވަނީ ރާއްޖެ ހިމެނޭ ސަރަހައްދު ކަމަށްވާ، ސައުތް އޭޝިޔާގެ ޤައުމެއް ކަމަށްވާ ނޭޕާލް އިންވެސް ފެނިފައެވެ.

ފްރާންސްގައި މިވައިރަސް ފެތުރެމުންދާކަން އެޤައުމުގެ ސިއްޙީ ކަންކަމާ ބެހޭ އިދާރާއިންވަނީ ޔަޤީކޮށްދީފައެވެ. ޔޫރަޕްގެ ފުރަތަމަ ކޭސް މިއަދު ފްރާންސްއިން ފެނުނުއިރު، މިއަދު އިނގެރޭސިވިލާތުންވަނީ މިވައިރަސްއަށް ޝައްކު ކުރެވޭ 14 މީހަކު ޓެސްޓް ކޮށްފައިވާ ކަމަށާއި އަދި ބަލި ނެތް ކަމަށް ތަޙްލީލްތަކުން ދައްކާފައިވާ ކަމަށް ބުނެފައެވެ.

ޗައިނާގެ ވުހާން އިން މިދިޔަ މަހު ފަހުކޮޅު ފެނުނު ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި އަދިވެސް ފެތުރެމުން ދާއިރު ބަލި ކޮންޓްރޯލް ކުރަން ޗައިނާ އިން ވަނީ ބައެއް ސިޓީތަކުން ބޭރަށް ދަތުރު ކުރުން މަނާކޮށްފައެވެ. އަދި އެސިޓީތަކަށް ދަތުރު ކުރެވެން ހުރި ހުރިހާ މަގެއް ވަނީ ބަންދުކޮށްފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ އެއާޕޯޓްތަކުގައި މިހާރު ވެސް ފަސެންޖަރުން ސްކްރީން ކުރުން ކުރިއަށް އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    އަލްޙަމްދުލިﷲ !

    4
    1