ޗައިނާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އިންޑިއާ އިން ހަތް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް އެމީހުންގެ ހާލަތު ބަލަމުންދާކަމަށް ބުނެފިއެވެ. ނަމަވެސް ކޮރޯނާވައިރަސް އަށް ޓެސްޓް ކުރަން އަދި ނިންމާފައި ވަނީ ދެމީހެކެވެ. އެ ދެމީހުންގެ ސާމްޕަލް މިހާރު ވަނީ ޓެސްޓް ކުރަން ފޮނުވާފައެވެ.

އިންޑިއާ އިން މިއަދު ބުނީ އިންޑިއާގެ ހަތަރު ސިޓީއަކުން 11 މީހަކު ފުރަތަމަ އޮބްޒަވޭޝަންގައި ބާއްވައިގެން ހާލަތު ބަލަން ފެށި ކަމަށާއި ނަމަވެސް މިހާރު ހަތަރު މީހަކުގެ ގައިގަ ކޮރޯނާވައިރަސް ނެތް ކަމަށް ނިންމާ އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ތިބީ ހަތް މީހެކެވެ.

މި އެންމެންނަކީ ވެސް ޗައިނާ އިން އިންޑިއާ އަށް އައި މީހުންނެވެ. މިހާރު ހޮސްޕިޓަލްގައި ތިބި މީހުންގެ ގައިން ހުމުގެ އަސަރާއި ކެއްސުން ފަދަ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. މިހާރު ހޮސްޕިޓަލްގައި ތިބީ ކެރަލާގެ ހަތް މީހެކެވެ.

ކެރަލާ އިން ފުރަތަމަ 80 މީހެއްގެ ހާލަތު ސިއްހީ އޮފިޝަލުން ބެލިއެވެ. ނަމަވެސް އޭގެ ތެރެއިން 73 މީހެއްގެ ކިބައިން އެއްވެސް އަލާމާތެއް ފެންނަން ނެތުމުން އެންމެން ވަނީ ދޫކޮށްލާފައެވެ.

އަދި މިހާތަނަށް ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަސް ފެނިފައި ވަނީ ނޭޕާލް އިން އެކަންޏެވެ. ކޮރޯނާވައިރަސް ޖެހިފައި ވަނީ ޗައިނާގެ ވުހާންގައި ތައުލީމް ހާސިލް ކުރަން އުޅޭ ނޭޕާލްގެ ދަރިވަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމިގިލީ މީހާ

    ރާއްޖެ މި ބަލި އައުމުގެ ކުރިން. ޗައިނާއިން މިދުވަސް ކޮޅު ރާއްޖެ ފަތުރުވެރިން އައުން މަނާ ކުރާން ޖެހޭ. ރާއްޖެތެރޭ މީހުން ވެސް މާލެ ނުގޮސް އެމީހެއްގެ ރަށުގައި ތިބުމައް. ރައްކާވެ ތިބީޔާ ދުވަހެއް.

    38
  2. ޖަހާންގީރު

    އަލްޙަމްދުލިﷲ !

    10
    2
  3. ނޯ ޗޮއިސް

    މޯލްޑިވިއަންގެ ކްރޫައިން ޗައިނާ އަށް ދާއިރު ފްލައިޓުގަ މާސްކު އެޅުން މަނާ

  4. ސުޓާފް

    މޯލްޑިވިއަން އެއަރޕޯޓް ސުޓާފުން ވެސް މާސްކް އެޅުން މަނާ..ކޮބާތޯ އިންސާފް.އެމް ޑީ ގޭގަ އޮތީމަ ނުޖެހޭނެ ކަމަށް ތަ ހީކުރާނީ..